Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު ވަސީލަތް ގާއިމުކުރުން

ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ބިޔަ މަޝްރޫއެއްގައި ސޮއިކޮށްފި

ފުޓްބޯޅަ، އެތުލެޓިކްސް، ވޮލީ، ބާސްކެޓް، ޓީޓީއަށް ވަސީލަތްތައް ގާއިމުކުރާނެ

އަތޫފް އާތިފް
އަތޫފް އާތިފް | 2 ސެޕްޓެމްބަރު 2021 | ބުރާސްފަތި 10:52
ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ބިޔަ ބޮޑު މަޝްރޫއެއްގައި ސޮއިކޮށްފިއެވެ.

ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ 40 މިލިޔަން ޑޮލަރުގެ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އެކްސިމް ބޭންކް އަދި ދިވެހި ސަރުކާރުން ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ. ލައިން އޮފް ކްރެޑިޓްއަކީ އިންޑިޔާގެ ހާރިޖީ ވަޒީރު ޑރ. ސ. ޖައިޝަންކަރް ފެބްރުއަރީ މަހުގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ގައި ހުށަހުހެޅުއްވި ލޯނެކެވެ.

އިންޑިއާ އިން ރައީސް އިބްރާހިމް ސޯލިހްގެ ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ދެއްވާ ހާއްސަ އަހަންމިއްޔަތު ބަލައިގަނެ، ފަހުރުވެރިކަމާއި އެކު ބައިވެރިވެއެވެ. މިގޮތުން މި ފަންޑުން ތަރައްޤީ ކުރާނީ ދިވެހިންގެ ޝައުގުވެރިކަން ހުންނަ ކުޅިވަރު ވަސީލަތްތައް ތަރައްޤީކޮށް އުންމީދު ތައް ފުރިހަމަ ކުރުމަށެވެ.

މި ލައިން އޮފް ކްރެޑިޓް ބޭނުން ކުރާނީ ފުޓްބޯޅަ، އެތްލެޓިކްސް، ވޮލީބޯޅަ، ބާސްކެޓްބޯޅަ ޓޭބަލްޓެނިސް، އަދި އެހެނިހެން އިންޑޯގޭމްސް ކުޅެވޭ ސްޓޭޑިއަމް އާއި ދަނޑުތައް އަދި އެކުވެނި ބިނާކުރުމަށެވެ. މި ފަންޑުގެ މަގްސަދަކީ އިންޑިއަން އޯޝަންސް ގޭމްސްތައް ރާއްޖޭގައި ބޭއްވުމަށް މަގުފަހި ވުމެވެ.

ކުޅިވަރުގެ ކުރިއެރުވުމަށް ވެދެވޭ ތައީދަކީ ވަރަށް އުއްމީދީ ގުޅުމަކަށް ވާނެ ކަމަށް ބެލެވެއެވެ. ކުރީގެ ހާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް ރާއްޖޭއަށް 2019ގައި ކުރެއްވި ދަތުރުފުޅެއްގައި ރާއްޖޭގެ ސަރުކާރުން އެދިލެއްވި ކްރިކެޓް ދަނޑު ބިނާކުރުމަށް އެހީއަށް ވަގުތުން އެއްބަސްވެލެއްވި އެވެ. ހުޅުމާލޭގައި ހަދާ ކްރިކެޓް ދަނޑު އެއީ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ފުރަތަމަ އެއްބަސްވެވުނު އެއް މަޝްރޫޢުއެވެ. މި މަޝްރޫޢު މިހާރު ވަނީ ޓެންޑަރ ކުރުމުގެ މަރުހަލާގައެވެ.

ރައީސް އިބްރާހިމް ސޯލިހް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވި ރާއްޖޭގައި ކްރިކެޓް ތަރައްޤީ ކުރުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ބޯރޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ އާއި ގުޅިގެން ދިވެހި ކޯޗުން އަދި އަމްޕަޔަރުން ވަނީ ތަމްރީނުކުރެވިފައެވެ. މި ޕްރޮގްރާމްގެ ދަށުން ދިވެހި އަންހެން އަދި ފިރިހެން ކްރިކެޓް ޓީމުން، ޗެންނައީގައި ހުންނަ ޕްރިމިއަރ ސެންޓަރ ފޯ ސްޕޯޓްސް ސައިންސްގައި 1 މަސް ދުވަހުގެ ޓްރެއިނިންގް ކޭމްޕެއްގައި ބައިވެރިވި ވާނެއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ނޮވެމްބަރ 2020 ގައި ކުރެއްވި ދަތުރުފުޅުގައި ވަނީ ކުޅިވަރުގެ ދާއިރާއިން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ޒިންމާދާރު މުއައްސަސާތަށް ފާހަގަ ކުރެވޭ ފްރޭމްވަރކް އެއް ހެދުމަށް މެމޮރެންޑަމް އޮފް އަންޑަސްޓޭންޑަންއެއްގައި ސޮއިކުރައްވާފައެވެ.

ކުޅިވަރު ކުރިއެރުވުމަކީ އިންޑިއާއިން ރާއްޖޭގެ ތަރައްޤީ އަށް ވެދޭ އެހީގެ ވަރަށް ބޮޑު އެއް ބައެކެވެ. 200މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން 61 ރަށުގައި އައުޓް ޑޯ ޖިމްތައް ދަނީ ތަރައްޤީކުރެވެމުންނެވެ. އަދި މާލޭ ސިޓީގެ މަޤުބޫލު އެކުވެނި ޓްރެކް ވެސް ވަނީ މި އެހީގެ ދަށުން ތަރައްޤީކޮށް ޖެނުއަރީ މަހުގައި ހުޅުވާފައެވެ.

ކުޅިވަރާ ބެހޭ ވުޒާރާ

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2024

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ
21 ޖުލައި 2024

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

21 ޖުލައި 2024
ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް
01 ސެޕްޓެމްބަރު 2023

ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި

01 ސެޕްޓެމްބަރު 2023
ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި
18 ޖުލައި 2023

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް

18 ޖުލައި 2023
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް
09 މެއި 2023

ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް

09 މެއި 2023
ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް
08 މެއި 2023

ޤައުމު، ޤައުމަކަށް ވަނީ، ފަންނުވެރިންގެ ބުރަ މަސައްކަތުން: ރައީސް

08 މެއި 2023
ޤައުމު، ޤައުމަކަށް ވަނީ، ފަންނުވެރިންގެ ބުރަ މަސައްކަތުން: ރައީސް
08 މެއި 2023

ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާރޓް ފެސްޓިވަލް ފަށައިފި

08 މެއި 2023
ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާރޓް ފެސްޓިވަލް ފަށައިފި
09 އެޕްރީލު 2023

މާޒިޔާ އަށް ފައިސާ ދީފައި އެހެން ކުލަބުތައް "ބާކީ" ވެފައި

09 އެޕްރީލު 2023
މާޒިޔާ އަށް ފައިސާ ދީފައި އެހެން ކުލަބުތައް "ބާކީ" ވެފައި
24 މާރިޗު 2023

"ކްރިއޭޓިވް އައިލްސް" ކުރެހުމުގެ ހަރަކާތް ފަށައިފި

24 މާރިޗު 2023
"ކްރިއޭޓިވް އައިލްސް" ކުރެހުމުގެ ހަރަކާތް ފަށައިފި
18 މާރިޗު 2023

ނިހާޔާ، ނަބާހާ، ހުޒާމް، މާޖިދާ، އަޒްމީން، ދީމާ، އަދި ރާހިލް ވެސް އެވޯޑް ހޯދައިފި

18 މާރިޗު 2023
ނިހާޔާ، ނަބާހާ، ހުޒާމް، މާޖިދާ، އަޒްމީން، ދީމާ، އަދި ރާހިލް ވެސް އެވޯޑް ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު