Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަގޭ ރިޕޯޓް

ސިޔާސީ ތަރިތައް އޮއްސެނީ ހިފަހައްޓާލަން ނޭގުމުންތަ؟

2 ސެޕްޓެމްބަރު 2021 | ބުރާސްފަތި 11:26

ސިޔާސީ ޕާޓީތަކުގެ ނިޒާމު ފުރާފުރިހަމަވެގެން އައުމަށް ވަގުތު ބޭނުންވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 2 ސެޕްޓެމްބަރު 2021 | ބުރާސްފަތި 11:26
އެމްޑީޕީގެ ޖަލްސާއެއްގެ ތެރެއިން

އެމްޑީޕީގެ ޖަލްސާއެއްގެ ތެރެއިން

އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ އޭނާއަށް ލިބޭ ހިތްހަމަޖެހުމެވެ. އޭނާއަށް އޮތް މިނިވަންކަމެވެ. މިރާއްޖޭގެ ދިގު ތާރީޚުގައި ސިޔާސީ ގޮތުން އަރައިގެންއައި ކޮންމެ ތަރިއެއް މެދު އުޑުގައި ފިޔަޖެހުމަށްފަހު އޮއްސިގެން ގޮސްފައިވަނީ ކަރަށް މެހިގެންދާ މަޅި އަމިއްލަ ލޮލަށް ނުފެނިގެންނެވެ.

އެމްޑީޕީއަކީ މިރާއްޖެ ބަދަލުކުރުމަށް ނިކުމެ މަސައްކަތް ފަށައިގަތް މީހުންގެ އުންމީދެވެ. އެޕާޓީ ބިޔަވެ ބޮޑުވެގެން ގޮސް އެއީ މިއަދު މިގައުމުގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. ވެރިކަން އެކުރަނީ ދެވަނަ ފަހަރަށެވެ. އެހެން ގައުމުތަކާ ޚިލާފަށް މިގައުމުގައި ޕާޓީ ނިޒާމު ތައާރަފުވެގެން ފުރާ ފުރިހަމަވެގެން އައުމަށް ވަގުތު ބޭނުންވިއެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ދިވެހިންނަށް މަލްޓި ޕާޓީ ސިސްޓަމް މުޅިން އައު ވުމޭވެސް ބުނެވިދާނެއެވެ.

Advertisement - newsAdvertisement

ދިވެހިންނަށް މިހާރު ލިބިފައިވާ ގާނޫނުއަސާސީގެ ދަށުން 2008 ގައި ބޭއްވި ރިޔާސީ އިންތިޚާބާ ހަމަޔަށް ދަތުރުކުރިއިރު ވެރިކަމަކީ ވަކި މީހަކަށް އޮތް އެއްޗެއް ނޫން ކަމުގެ އަޑު އޮތީ ގަދަވެފައެވެ. އަނިޔާވެރިކަމުގެ ކުރިމަތީގައި އެމްޑީޕީން އެދުވަހު ބެހެއްޓި އައްޑަނައިގައި އޮތީ ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމެވެ. އަދި ވެރިކަމަކީ އަބަދުމެ އެކަކަށް ޚާއްސަވެގެންވާ އެއްޗެއް ނޫން ކަމަށެވެ.

އެންމެ ފުރަތަމަ 2008ގައި އުފެދުނު އެމްޑީޕީގެ ވެރިކަމުގައި ނިއުޅި އެއްލިގެންދިޔަ ކިތަންމެ ސަފްހާއެއް އަޅުގަނޑުމެން ދުށީމެވެ. ނުކުރާންޖެހޭ ކިތަންމެ ކަމެެއް ކުރެވި ވެރިކަމާ ހަމަޔަށް އައުމަށް ދަތުރުކުރި “ވަތަން އެދޭ” ބިޔަ ކޯލިޝަން ރޫޅިގެން ދިޔަ ގޮތް ހަނދާނުން ފޮހެވިގެން ނުދެއެވެ. ކޯލިޝަން ރޫޅުމަށް ފަހު ވެރިކަމުގެ ވަށައިގެން ނަގަމުންދިޔަ ބިޔަ ރާޅުތައް ބިންދަމުން ދިޔައީ ސީދާ އޮޑީގެ އެތެރެއަށެވެ. މާސިންގާ ކަނޑުގައި އެހެންނަގާ ރާޅުގައި އަޑިޔަށް ފެތިގެންދާ އޮޑިއެއް ސަލާމަތްކުރަން ހުރިތަނުން ތައްޔާރުވެގެން ހަރަކާތްތެރިވާން ތިބޭނީ ދިވެހި ސަލާމަތީ ޚިދުމަތުގައި ހަރަކާތްތެރިވާ ބޭފުޅުންނެވެ. އެހެން ނަމަވެސް ދިޔަވެ ކޮޅުފަސްކޮޅު ލޮނުގައި އޮތް އޮޑިއަކަށް އެދުވަހު ފުރިހަމަ އެހީތެރިކަމެއް ނުލިބުނެވެ. ކޮންމެއަކަސް ވީގޮތެއް އެއޮތީވެ ނިމިގޮސްފައެވެ. ލިބޭ ބާރެއް ހިފެހެއްޓުމުގައި އިދިފުށަށް ވިޔަސް ވެރިމީހާ ލެނގިލަންޖެހޭނީ ބިންދައިގެންނުދާ މިންވަރަށެވެ.

ވެރިކަމާ ހިފާ ހިފުމުގައި 2013 ގައިވެސް އެމްޑީޕީ އިން ވާދަކުރަން ނިކުތީ މިޒަމާނުގެ ބަހުރުވައިން ބުނާނަމަ ފިސާރި “ގަދަ” ކޮށެވެ. ލިޔެވިފައި އޮތް މެނިފެސްޓޯއާ އަތުގައި އޮތް އެއްްޗެއް ހިފައިގެން އަލުން ވެރިކަމާ ހަވާލުވުމަށެވެ. ނަމަވެސް އިންތިޚާބުގެ 2 ވަނަ ބުރުގައި 2008 ގައި އެމްޑީޕީއާއެކު އެކުގައި މަސައްކަތްކުރި ޕާޓީތައް އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރާކަށް އެއްބަހެއް ނުވިއެވެ. އޭރު ކުރެވުނު މަޝްވަރާތަކާ އެމަޝްވަރާތަކުން ނިކުތް ނަތީޖާ އެންމެ ގާތުން އަޑުއިވުނު ބޭފުޅަކަށް ވާނީ މިހާރުގެ އެމްޑީޕީގެ އެންމެ އިސްލީޑަރު އިބުރާހިމް މުހައްމަދު ސާލިހެވެ. އެދުވަހު ދެކެވިފައި ހުރީ ލައްކަ ވާހަކައެވެ. އެވާހަކަތަކާއި ތަޖުރިބާ އެމަނިކުފާނުގެ ވެރިކަމުގައި ބޭނުން ކުރައްވާނެއެވެ.

އިރުއަރަމުން އޮއްސެމުން ކަޅުފޮއި އަނދިރި ރޭތައް ބައްދަލުކޮށް އަލުން އަލިވިލެމުން ދުވަސްތައް މަސްތަކަށް ބަދަލުވެ، މަސްތައް އަހަރުތަކަށް ބަދަލުވެގެން ދިޔައީއެވެ. އަލުން އެމްޑީޕީގެ ވެރިކަމެއް މިވަނީ އުފެދިފައެވެ. އެކަމަކު އަނެއްކާ ވެސް ގިނަ ޕާޓީތައް އެކުލެވޭ ގޮތަށެވެ.

ކުރީފަހަރާ މިފަހަރާ އެމްޑީޕީއަށް ވެސް އަދި ގުޅިފައިވާ ޕާޓީތަކަށް ވެސް އޮތް ތަފާތަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު ގެންގުޅުއްވާ އުސޫލުތަކުގައި އޮތް ތަފާތެކެވެ. ދިވެހިން ބޭނުންވިފަދަ ވެރިކަމެެއް އަލުން އުފެއްދުމަށް ކުރެވުނު ގިނަ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރެއްވި އެންމެހާ ފަރާތްތައް ބާކީ ކޮށްލުމެއްނެތި ކުރިއަށްދާ ކުރިޔަށް ދިޔުމެވެ. އެމްޑީޕީ ބިޔަވެބޮޑުވެގެން އައުމުގައި ކުރިމަތިވި ރަނގަޅު ކަންކަން ރޫޅާނުލައި ހިފެހެއްޓުމެވެ. ސަރުކާރަކީ ރައްޔިތުންކަމާއި، ބާރުތައް ފެށިގެން އަންނަނީ ވެސް ރަައްޔިތުންގެ ކިބައިން ކަމަށް ގަބޫލު ކުރެއްވުމެވެ. ރައްޔިތެއްގެ ހިތްހަމަޖެހުމާ މިނިވަންކަން ވެރިކަމުގައި ހުންނަވާއިރު ފުރިހަމައަށް ވަޒަންކުރެވިފައި އޮތުމެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުރައީސް ނަޝީދު

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2025

ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން: ރައީސް ނަޝީދު

23 އޮކްޓޯބަރު 2025
ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން: ރައީސް ނަޝީދު
18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
17 އޮކްޓޯބަރު 2025

އުމްރާނީ ހުރިހާ މަސައްކަތްތަކެއް "އިހަށް މަޑުކޮށްލާ": ރައީސް ނަޝީދު

17 އޮކްޓޯބަރު 2025
އުމްރާނީ ހުރިހާ މަސައްކަތްތަކެއް "އިހަށް މަޑުކޮށްލާ": ރައީސް ނަޝީދު
16 އޮކްޓޯބަރު 2025

ރައީސް ނަޝީދު ރައީސް މުއިއްޒު އަށް: ޒިންމާދާރު ކަމެއް، އަމާޒެއް، ޕްލޭނެއް ނެތް!

16 އޮކްޓޯބަރު 2025
ރައީސް ނަޝީދު ރައީސް މުއިއްޒު އަށް: ޒިންމާދާރު ކަމެއް، އަމާޒެއް، ޕްލޭނެއް ނެތް!
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް