Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑުގައި ދުނިޔެއިން 4.5 މިލިއަން މީހުން މަރުވުން

ކޮވިޑުގައި ދުނިޔެއިން 4.5 މިލިއަން މީހުން މި ދުނިޔެއާ ވަކިވެއްޖެ- ބަލީގެ ނުރައްކާތެރިކަމަށް ކުޑަވެސް ބަދަލެއް ނާދޭ

ފާއިތުވި ހަފްތާގައި ދުވާލަކު އެވްރެޖުކޮށް 1،290 މީހުން އެމެރިކާގައި މި ބަލީގައި ވަނީ މަރުވެފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2021 | ބުދަ 03:53
 އެންމެ ގިނަ މީހުން މަރުވަމުން އަންނަ ގައުމަށް ބަލާއިރު ލިސްޓުގެ އެންމެ ކުރީގައި އުޅެނީ އެމެރިކާ

އެންމެ ގިނަ މީހުން މަރުވަމުން އަންނަ ގައުމަށް ބަލާއިރު ލިސްޓުގެ އެންމެ ކުރީގައި އުޅެނީ އެމެރިކާ

ކޮވިޑް-19ގެ ބިރުވެރިކަމާ ނުރައްކާތެރިކަމުގެ ވާހަކައަކީ މުޅިން އައު ވާހަކައަކަށް ނުވިޔަސް ކޮންމެ ދުވަހުވެސް އެތައް ބަޔަކަށް މި ބަލީގެ ސަބަބުން އަންނަނީ ގެއްލުން ވަމުންނެވެ. މި ބަލި އެތަކެއް އާއިލާތަކެއް ބިކަކޮށް ނިކަމެތި ކޮށްލާފައިވާއިރު އިންސާނާގެ ހަމަލޮލަށް ނުފެންނަ މި ކުޑަކުޑަ ވައިރަހުގެ ސަބަބުން އެތައް ބަޔަކު މި ފަނާވަނިވި ދުނިޔެއާ ވަކިވެއްޖެއެވެ. އެތައް ބައެއްގެ ލޮލުން ކަރުނަ އޮހޮރާލައިފިއެވެ.

ކޮވިޑް ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 4.5 މިލިއަނަށް އަރާފައިވާ ކަމަށް އެންމެ ފަހުގެ ތަފާސްހިސާބުން މިވަނީ ދައްކާފައެވެ. އެންމެ ގިނަ މީހުން މަރުވަމުން އަންނަ ގައުމަށް ބަލާއިރު މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ މިހާތަނަަށް އެންމެ ގިނަ ކޮވިޑްގެ ކޭސްތައް ރިޕޯޓުކޮށްފައިވާ އެމެރިކާއެވެ. ފާއިތުވި ހަފްތާގައި ދުވާލަކު އެވްރެޖުކޮށް 1،290 މީހުން އެމެރިކާގައި މި ބަލީގައި ވަނީ މަރުވެފައެވެ

މީގެ އިތުރުން ފިލިޕީންސްގައި ކޮވިޑް ޖެހޭ މީހުންނާއި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ރިކޯޑް މިންވަރަކަށް އޮގަސްޓް މަހުގެ ތެރޭގައިިވަނީ ގޮސްފައެވެ. އެ ގައުމުގައި ކޮވިޑްގެ ހާލަތު ގޯސްވާން ފަށާފައިވަނީ އިޤްތިޞާދީ ހަރަކާތްތަކަށް ޖާގަ ދިނުމުގެގޮތުން ކެޕިޓަލް ސިޓީ ހިމެނޭ ސަރަހައްދުގައި ކޮވިޑު ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދީފައިވަނިކޮށެވެ.

އެގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެގައުމުގައި ކޮވިޑް ޖެހުނު މީހުންގެ 1.8 އިންސައްތަ މީހުން ވަނީ މަރުވެފައެވެ. އޮގަސްޓް މަހު ކޮވިޑް ޖެހިގެން މަރުވި މީހުންގެ މިންވަރު ހުރީ 1.5 އިންސައްތައިގައެވެ. އަދި ޖުލައި މަހު މަރުވި ރޭޓް ހުރީ 1.9 އިންސައްތައިގައެވެ.

ކޮވިޑްގެ ސަބަބުން އެތަކެއް ބަޔަކު މަރުވެފައިވާއިރު މި އަހަރުގެ ޑިސެމްބަރު މަހުގެ އެކެއްގެ ކުރިން ޔޫރަޕުގެ ގައުމުތަކުން 236،000 މީހުން މި ބަލީގައި މަރުވެދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ)ން ވަނީ ދީފައެވެ.

ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން އަންނައިރު ވެކްސިން ޖަހާ މީހުންގެ އަދަދު ދަށަށްދާތީ ކޮވިޑް ފެތުރުން ހުއްޓުވުމަށް ހުރަސްތަކެއް ކުރިމަތިވަމުން އަންނަ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ދީފިއެވެ.

އެކަމާގުޅިގެން ވާހަކަދައްކަވަމުން ޑަބްލިޔުއެޗްއޯއިން ޔޫރަޕަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރ ހާންސް ކްލޫގާ ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ޔޫރަޕްގެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިތުރުވެ އެބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުން އައިސްފައިވަނީ ކަންބޮޑުވާ މިންވަރަށް ކަމަށެވެ. ޑެލްޓާ ވޭރިއަންޓް ހަލުވިކަމާއެކު ފެތުރެމުން އަންނައިރު ފިޔަވަޅުތަކަށް ލުއިތައް ދެމުން އައުމާއި މީހުން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގެ ސަބަބުން ކޭސްތައް އިތުރުވަމުން އަންނަކަމަށް ހާންސް ވިދާޅުވިއެވެ.

ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އޭޕްރީލް މަހު ދަށަށްގޮސްފައިވެއެވެ. އޭގެފަހުން ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ކޭސްތައް އަންނަނީ އިތުރުވަމުންނެވެ.

ހާންސް ވިދާޅުވީ ޔޫރަޕްގައި ހިމެނޭ 53 ގައުމުގެ ތެރެއިން 33 ގައުމެއްގައި ފާއިތުވި ދެ ހަފްތާގައި ކޭސްތައް ފެންނަ މިންވަރު ވަނީ 10 އިންސައްތަ އިތުރުވެފައެވެ. އޮގަސްޓް އެންމެ ފަހު ހަފްތާގައި ރަޝިޔާ، ފްރާންސް، އިނގިރޭސިވިލާތް، ތުރުކީ އަދި ސްޕެއިންއިން ވަނީ އެންމެ ގިނައިން ކޭސްތައް ފެނިގެން ރިޕޯޓްކޮށްފައެވެ. މީގެއިތުރުން ފާއިތުވި ހަފްތާގައި ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 11 އިންސައްތަ އިތުރުވެފައެވެ.

އިނގިރޭސިވިލާތުގައި ޖުލައި މަހުގެ ފަހުން ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭހުގެ އަދަދު ފާއިތުވި ހަފުތާގައި އިތުރުވެފައިވާކަމަށް އެގައުމުގެ ސަރުކާރުން ބުނެފައިވާއިރު އެ ހަފުތާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު އޭގެކުރީ ހަފުތާ އާ އަޅާބަލާއިރު ވަނީ 9.1 އިންސައްތަ އިތުރުވެފައެވެ. ބަލި ޖެހިގެން މަރުވި މީހުންގެ އަދަދުވެސް ވަނީ ހަމަ އެމިންވަރަށް މަތިވެފައެވެ.

ކޮވިޑް ބަލީގައި އެތައް ބަޔަކު މި ދުނިޔެ ދޫކޮށްފައިވާއިރު މި ބަލީގެ ނުރައްކާތެރިކަމާ ބިރުވެރިކަން އަދިވެސް އިންތިހާއަށް އެބައޮތެވެ. ބަލީގެ އިތުރު އައު ވޭރިއަންޓްތައް އަދިވެސް ފެންނަމުން ދާއިރު މީގެން ބައެއް ވޭރިއަންޓުތަކުން ކުރާ އަސަރާއި ނުރައްކާ މިންވަރު އަދި ހޯދިފައެއް ނުވެއެވެ. ވުމާއެކު ބަލިން ދިފާއުވުމަށް މިވަގުތަށް އޮތް ހަމައެކަނި އޮތް ހަތިޔާރަކީ ވެކްސިންކަމަށްވާތީ، ވެކްސިން ޖެހުމަށް ޑަބްލިއުއެޗްއޯއިން ވަނީ ހުރިހާ ގައުމުތަކަށް ގޮވާލާފައެވެ.

ކޮވިޑް-19ކޮވިޑް-19 ވެކްސިން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު