Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްޓެލްކޯ ލޯގޯ ބޭނުންކުރާ މައްސަލަ

ސްޓެލްކޯގެ ލޯގޯ ޖަހާފައިވަނީ ޗައިނާ ކުންފުނިން ފިފްތް ޕަވަރ ޕްރޮޖެކްޓަށް ބޭނުންކުރާ ވެހިކަލްތަކެއްގައި

ފިފްތް ޕަވަރ ޕްރޮޖެކްޓަކީ ޗައިނާގެ ޑޮންގްފަންޑް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއި ސްޓެލްކޯ ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 31 އޯގަސްޓު 2021 | އަންގާރަ 07:27
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީ

ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީ

ސްޓެލްކޯގެ ލޯގޯ ޖަހާފައިވާ ވެހިކަލްތަކަކީ ޗައިނާ ކުންފުނިން ފިފްތް ޕަވަރ ޕްރޮޖެކްޓަށް ބޭނުންކުރާ ވެހިކަލްތަކެއްކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ލޯގޯ ޖަހައިގެން ޗައިނާގެ ކުންފުންޏަކުން ވެހިކަލްތަކެއް ބޭނުންކުރާކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެގޮތުން މި ވެހިކަލްތައް މިހެން ބޭނުންކުރުމަކީ ހުއްދަދެވިގެންވާނެކަމެއް ނޫންކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނަމުންނެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭގޮތުން ރާއްޖެ އެމްވީއާ ވާހަކަދައްކަވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވަނީ ސްޓެލްކޯގެ ލޯގޯ ޖަހާފައިވާ ވެހިކަލްތަކަކީ ޗައިނާ ކުންފުނިން ފިފްތް ޕަވަރ ޕްރޮޖެކްޓަށް ނުވަތަ ގްރޭޓަރ މާލޭ ކަނެކްޝަން ގްރިޑަށް ބޭނުންކުރާ ވެހިކަލްތަކެއްކަމަށެވެ. ގްރޭޓަރ މާލެ ސަރަހައްދުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ ފިފްތް ޕަވަރ ޕްރޮޖެކްޓަކީ ޗައިނާގެ ޑޮންގްފަންޑް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއި ސްޓެލްކޯ ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި ސަބަބައްޓަކައި މި ޕްރޮޖެކްޓަށް ބޭނުންކުރުމަށް ޗައިނާ ކުންފުނިން ރާއްޖެ އެތެރެކޮށްފައިވާ ވެހިކަލްތަކުގައި ސްޓެލްކޯގެ ލޯގޯ ޖަހައިގެން ބޭނުންކުރަމުންދާކަމަށް ވިދާޅުވިއެވެ.

ގްރޭޓަރ މާލޭ ކަނެކްޝަން ގްރިޑް މަޝްރޫއަކީ ހަކަތައިގެ ދާއިރާއިން ރާއްޖޭގައި މިހާތަނަށް ހިންގޭ އެންމެ ބިޔަ މަޝްރޫޢެވެ. ގްރޭޓަރ މާލެ އިންޓަރ-ކަނެކްޝަން މަޝްރޫޢުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. އެހެންނަމަވެސް ސްޓެލްކޯއިން ބުނީ ކުރިއަށް އޮތް މަހުގެ ތެރޭގައި މިކަނެކްޝަންއިން ހަކަތަ ފޯރުކޮށްދޭ މިންވަރު ބަލައި ވަޒަންކުރަމުންދާނެ ކަމަށެވެ. ގްރޭޓަރ މާލޭ އިންޓަރ ކަނެކްޝަންގެ މަސައްކަތުގެ ދަށުން މާލެއާއި ހުޅުމާލެއާއި ހުޅުލޭގެ ކަރަންޓު އެއްވިއުގައަކުން މިހާރުވަނީ ގުޅާލާފައެވެ.

އިންޓަރ-ކަނެކްޝަން މަޝްރޫޢުގެ ދަށުން މާލެއާއި ހުޅުމާލޭގައި 95 މެގަވޮޓްގެ 4 ޓްރާންސްފޯމަރު، އަދި ހުޅުލޭގައި 8 މެގަވޮޓްގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މި މަޝްރޫޢުގެ ކަނެކްޝަން ކޭބަލް އަޅާފައިވަނީ ސިނަމާލެ ބްރިޖުގެ ދަށުންނެވެ. 3 ސަރަޙައްދުގެ ކަރަންޓު އެއްވިއުގައަކުން ގުޅާލުމަށް ޖުމްލަ 6 ކޭބަލް މެދުވެރިކޮށް އަޅާފައިވާ މިއިންޓަރ-ކަނެކްޝަން ކޭބަލަކީ 100 މެގަވޮޓްގެ ހަކަތަ ފޯރުކޮށްދެވޭނެ ނެޓްވޯކް ކޭބަލްއެކެވެ.

ސްޓެލްކޯ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ
03 ޑިސެމްބަރު 2025

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟
15 ނޮވެމްބަރު 2025

ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

15 ނޮވެމްބަރު 2025
ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި
26 އޮކްޓޯބަރު 2025

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް
21 ސެޕްޓެމްބަރު 2025

ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

21 ސެޕްޓެމްބަރު 2025
ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު