Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލީކުވިކަމަށް ބުނާ ރެކޯޑިންތަކާ ގުޅޭ މައްސަލަ

ލީކުވިކަމަށް ބުނާ އޯޑިއޯ ރެކޯޑިންތަކާ ގުޅިގެން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

31 އޯގަސްޓު 2021 | އަންގާރަ 04:40

މައްސަލަ މަޖިލީހުން ބޭރު ކޮށްލާފައިވާއިރު އެކަމަށް ނެގުނު ވޯޓުގައި ބައިވެރި 20 މެންބަރުން މި ބިލު ބަލައިގަތުމަށް ނުފެންނަކަމަށް ވޯޓު ދެއްވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 31 އޯގަސްޓު 2021 | އަންގާރަ 04:40
މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް

މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް

ލީކުވިކަމަށް ބުނާ އޯޑިއޯ ރެކޯޑިންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހަޅުއްވާފައިވަނީ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. މި މައްސަލަ މަޖިލީހުން ބޭރު ކޮށްލާފައިވާއިރު އެކަމަށް ނެގުނު ވޯޓުގައި ބައިވެރި 20 މެންބަރުން މި ބިލު ބަލައިގަތުމަށް ނުފެންނަކަމަށް ވޯޓު ދެއްވިއެވެ. އަދި 7 މެންބަރަކު ވަނީ މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.

Advertisement - newsAdvertisement

މައްސަލަ ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް 5 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ކޮށްފައިވަނީ ނުޙައްޤުން ކަމަށާއި އެއީ ފާސިޤު ހެކި އުފައްދައިގެން ކޮށްފައިވާ ސިޔާސީ ޙުކުމެއްކަމަށް ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު ތަކުރާރުކޮށް ބުނަމުންދަނިކޮށް، ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމުގެގޮތުން، ޙުކުމްކުރި ބެންޗުގައި ތިބި ފަނޑިޔާރުންނަށް ރިޝްވަތު ދީ، ބިރުދައްކާފައިވާކަން އެނގޭ އޯޑިއޯތަކެއް ލީކުވެފައިވާ ކަމަށެވެ.

މެންބަރު ވިދާޅުވީ ރައީސް ޔާމީނަށް ޙުކުމްކުރި ފަނޑިޔާރަކަށް ލިބޭނެކަމަށް ކުރިން އަންގާފައިވާ މަގާމުގެ ކުރިއެރުން ލިބިފައިވާއިރު، ބެންޗުގައި ދެން އިން ފަނޑިޔާރަކަށް ލިބޭނެކަމަށް ބުނެފައިވާ މަޤާމުގެ ކުރިއެރުން ލިބިފައި ނުވާކަމުގެ ޝަކުވާއާއި އެ ފަނޑިޔާރު ރައީސް ޔާމީނަށް ނުޙައްޤު ޙުކުމްކުރި ބެންޗުގައި އިނީ، ޙުކުމުގައިވާ އެއްޗެއް ނޭނގޭ ޙާލުގައި ވެސް، ސަރުކާރުން އަންގާފައިވާތީކަން އެ އޯޑިއޯތަކުން ދޭހަވާ ކަމަށެވެ.

ލީކުވެފައިވަނީ, މަނީ ލޯންޑަރިންގގެ ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތުން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ތާވަލުކުރިތަނާ، ޔާމީނަށް ހުކުމް ކުރެއްވި ފަނޑިޔާރަކާގުޅޭ އޯޑިއޯއެކެވެ.

މި މައްސަލައާ ގުޅިގެން ޖޭއެސްސީން ބުނީ ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ، ތަޢައްޞުބުން އެއްކިބާވެ، ޤާނޫނު އަސާސީއާއި ޤާނޫނާ އެއްގޮތަށް ކަންތައްތައް ނިންމުމުގައި ދެމިތިބެންޖެހޭ ބައެއްކަމަށެވެ.

ޖޭއެސްސީން ބުނީ އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒުފޯރުވާކަމަށް ކުރެވޭ ތުހުމަތުތަކަކީ، ފަނޑިޔާރު ގޭގެ އިތުބާރު ނެގެހެއްޓުމާއި، ފަނޑިޔާރު ގޭގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކައި ވަކިން ޚާއްސަ ސަމާލުކަމެއް ދީގެން ކޮމިޝަނުން ތަހުގީގު ކުރާނެ ކަމެއް ކަމަށެވެ.

މި އޯޑިއޯއަކީ ސައްހަ އޯޑިއޯއެއް ނޫންކަން އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވާ ގޮތުގައި މި އޯޑިއޯއަކީ ރައީސް ޔާމީނުގެ މައްސަލަ ތާވަލުކުރުމުން އެކަމުގެ ފޯކަސް ބަދަލުކޮށްލުމަށާއި، ޝަރީޢަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން ބަޔަކު އަޑީގައި ތިބެގެން އުފައްދާފައިވާ އޯޑިއޯއެކެވެ.

އެ މައްސަލަ ބެއްލެވި 5 ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީ ޙުސައިން ފާއިޒް ރަޝާދުކަމަށް ބުނާ ބޭފުޅަކު ވާހަކަ ދައްކަވާ މި އޯޑިއޯގައި އޭނާ ވަނީ ޔާމީނަށް ކޯޓުން ހުކުމް ކުރީ ގާޒީން "ރަހީނުކޮށްގެން"ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވާފައެވެ. އޭނާ ވަނީ ސިޔާސީ މީހުންގެ މައްސަލަ ބެލުމަކީ ފާޑެއްގެ ކަމެއް ކަމަށް ވިދާޅުވެ, ނުހައްގުން ހުކުމެއް ކޮށް ޖަލުގައި ދުވަސްތައް ހޭދަކުރައްވަން ޖެހުމަކީ ރައީސް ޔާމީނަށް އޮންނަ ތާއީދު ވެސް އިތުރުވެގެން ހިނގައިދާނެ ކަމެއްކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން، ޔާމީންގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވީ, ބިރު ދެއްކުމުންކަމަށް ވެސް އޯޑިއޯގައި ބުނެއެވެ. އެގޮތުން ބިރު ދެއްކުމުން އޮތީ ދެ ގޮތެއް ކަމަށް ވިދާޅުވެ، އެއްގޮތަކީ ބިރާ ދެކޮޅު ހެދުންކަމަށާއި އަނެއް ގޮތަކީ ބިރާ އެއްކޮޅަށް ހުކުމް ކުރުން ކަމަށް އޭނާ އޯޑިއޯގައި ވިދާޅުވެއެވެ.

ރައްޔިތުންގެ މަޖިލިސްއާދަމް ޝަރީފު އުމަރު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
29 ސެޕްޓެމްބަރު 2025

ބީއެމްއެލް އިން ރ. ވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

29 ސެޕްޓެމްބަރު 2025
ބީއެމްއެލް އިން ރ. ވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
29 ސެޕްޓެމްބަރު 2025

ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި

29 ސެޕްޓެމްބަރު 2025
ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް