Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިލެކްޓްރޯނި މުއާމަލާތްތަކާ ބެހޭ ގާނޫނު

އިލެކްޓްރޯނި މުއާމަލާތްތަކާ ބެހޭ ގާނޫނަކީ ތަރައްގީގެ ނަމުގައި ރާއްޖެއިން އަޅާ މުހިއްމު ފިޔަވަޅެއް - ސަލީމް

ޖެމްސް ބޭނުންކުރަމުން އަންނަތާ 10 އަހަރު ވެގެން ދިޔައިރުވެސް މި ނިޒާމަށް އެކަށީގެންވާ ތަރައްގީއެއް ލިބިފައެއް ނެތް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 31 އޯގަސްޓު 2021 | އަންގާރަ 02:13
އަހުމަދު ސަލީމް - ހޯރަފުށި ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރ

އަހުމަދު ސަލީމް - ހޯރަފުށި ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރ

އިލެކްޓްރޯނި މުއާމަލާތްތަކާ ބެހޭ ގާނޫނަކީ ތަރައްގީގެ ނަމުގައި ރާއްޖެއިން އަޅާ ވަރަށް މުހިއްމު ފިޔަވަޅެއްގެ ފެށުން ކަމުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އިލެކްޓްރޯނިކް މުއާމަލާތްތަކާބެހޭ ބިލާ ގުޅޭ ގޮތުން ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ސަލީމް ވިދާޅުވީ، ތަރައްގީއަކީ ކޮންކްރީޓުން ހާސިލްކުރާ އެއްޗެއް ނޫން ކަމަށެވެ. ސަލީމް ވިދާޅުވީ، ރާއްޖޭގައި އިދާރީ ގޮތުން ސަރުކާރު ހިންގަމުން އައިސްފައިވަނީ އެހާ ރަނގަޅަކަށް ނޫން ކަމަށާއި، ޖެމްސް މެދުވެރިކޮށް ފޮނުވާ ސިޓީތަކަށް ޖަވާބު ނުލިބޭ ވާހަކައަކީ ވަރަށް ގިނައިން އަޑު އިވޭ އަދި އެކަން މަޖިލިސް މެމްބަރުންނަށް ވެސް ތަޖުރިބާ ކުރެވޭ ކަމެއް ކަމަށެވެ.

ސަރުކާރުގެ އެކި ޚިދުމަތްތައް ހޯދުމަށް އެދި، ލިޔެކިޔުންތައް އީމެއިލް ކުރި ނަމަވެސް އޭގެ ހާރޑް ކޮޕީ ވެސް ގެންދަން ޖެހޭ ކަމަށާއި، މިކަމުގެ ސަބަބުން އާއްމު ރައްޔިތުންނަށް އުފުލަން ޖެހޭ ތަކުލީފުތައް ބޮޑު ކަމަށް މެމްބަރު ވިދާޅުވިއެވެ. ހަގީގީގަތަކީ އެއްވެސް ވުޒާރައެއްގައި ރަނގަޅު ޑާޓާބޭސްއެއް އަދި އާކައިވް ކުރާނެ ސިސްޓަމެއް ނެތްކަން ކަމުގައި މެމެބަރު ވިދާޅުވިއެވެ.

މި ސަރަަހައްދަށް ބަލާއިރުވެސް ރާއްޖެ އޮތީ، މިކަހަލަ ކަންކަމުގައި ވަރަށް ފަހަތުގައި ކަމަށާއި، ޖެމްސް ބޭނުންކުރަމުން އަންނަތާ 10 އަހަރު ވެގެން ދިޔައިރުވެސް މި ނިޒާމަށް އެކަށީގެންވާ ތަރައްގީއެއް ލިބިފައި ނެތްކަން ސަލީމް ފާހަގަކުރެއްވިއެވެ. ސަލީމް ވިދާޅުވީ، އެންމެ ކުޑަ މިންވަރަށް ބަލާއިރު އިލެކްޓްރޯނިކް ސޮއި ވެސް ސިޓީއެއްގައި ބޭނުން ނުކުރެވޭ ކަމަށެވެ.

ޚަރަދު ކުޑަކޮށް ވިޔަފާރިތައް ހިންގުމަށް އޮންނަ ޕްރެޝަރު ދުނިޔޭގައި ވެސް ބޮޑުވަމުން އަންނައިރު، ރާއްޖޭގައި ވިޔަފާރިތައް މި ގޮތަށް ހިންގުމަށް އޮތް އެންމެ ބޮޑު ހުރަހަކީ، ރާއްޖޭގައި އިލެކްޓްރޯނިކް މުއާމަލާތާ ބެހޭ ގާނޫނެއް ނެތުން ކަމަށާއި، ބިލުގެ ޒަރިއްޔާއިން މި ކަންކަމަށް ހައްލު ލިބިގެންދާނެ ކަަމަށެވެ. މި ބިލު ގާނޫނެއްގެ ގޮތުގައި ވުޖޫދުވެގެން އަންނައިރު، އިލެކްޓްރޯނިކް ޒަރިއްޔާއިން ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުންތަކަށް ގާނޫނީ ހައިސިއްޔަތު ލިބިގެންދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

އާއްމުންގެ ހިތުގައި މިފަދަ މުއާމަލާތަކަށް އިތުބާރު އުފެއްދުމަށް ބިލުގައި މުހިއްމު ނުކުތާތަކެއް ފާހަގަކުރަން ޖެހޭ ކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ، ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް އެއް އުސޫލަކުން ގަވައިދުތައް ހަދަން ނިންމައިފިނަމަ ނެރެން ބޭނުންވާ ނަތީޖާ ނެރެން ފަސޭހަވާނެ ކަމަށެވެ.

އިލެކްޓްރޯނިކް މުއާމަލާތްތަކާބެހޭ ބިލަކީ، އިލެކްޓްރޯނިކް ސޮއި އަދި ޓްރަސްޓްގެ ޚިދުމަތްތައް ހިމެނޭގޮތަށް، ދިވެހިރާއްޖޭގައި އަދި ދިވެހިރާއްޖޭން ބޭރުގައި ކުރެވޭ އިލެކްޓްރޯނިކް މުއާމަލާތްތަކަށް ގާނޫނީ ހައިސިއްޔަތު ދިނުމަށް ހުށަހަޅާފައިވާ ބިލެކެވެ.

މި ބިލު ގާނޫނަކަށް ވެގެން އަންނައިރު، އިލެކްޓްރޯނިކް މުޢާމަލާތްތަކުގެ ޑޭޓާ މެސެޖުތަކުގެ ގާނޫނީ ހައިސިއްޔަތު ގާނޫނުގައި ކަނޑައެޅިގެންދާނެއެވެ. ޑޭޓާ މެސެޖު ހެކީގެގޮތުގައި ބަލައިގަތުމާއި، ހެކީގެ ގޮތުގައި ދެވޭ ބުރަދަން ވެސް ހިމެނިފައިވާނެއެވެ. އަދި އިލެކްޓްރޯނިކް އެއްބަސްވުންތަކަށް ގާނޫނީ ހައިސިއްޔަތު ދިނުމުގެ އުސޫލުތައް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު