Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަސްޓަމްސްގެ ޚިދުމަތް ފުޅާކުރުން

ކަސްޓަމްސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފި

މި މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 411 ދުވަހުން

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 29 އޯގަސްޓު 2021 | އާދީއްތަ 19:43
މި މަޝްރޫޢޫގެ އެއްބަސްވުމުގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް

މި މަޝްރޫޢޫގެ އެއްބަސްވުމުގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް

އައްޑޫ ސިޓީ މަރަދޫގައި ތަރައްޤީކުރާ ކަސްޓަމްސްގެ ސަރަހައްދީ މައި އޮފީސް އިމާރާތްކުރުމުގެ މަޝްރޫޢު ބަޔަކާ ހަވާލުކޮށްފިއެވެ.

ކަސްޓަމްސްއިން, ދެކުނު ސަރަހައްދުގެ ސަރަހައްދީ މައި އޮފީސް އިމާރާތްކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢޫގެ އެއްބަސްވުމުގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފްއެވެ. އަދި އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޝިހާދު އިބްރާހީމެވެ.

Advertisement - newsAdvertisement

411 ދުވަހުގެ ތެރޭގައި ނިންމުމަށް އެބަސްވެފައިވާ, މި އޮފީސް އިމާރާތުގެ މަޝްރޫޢަކީ 22.3 މިލިޔަން ރުފިޔާގެ މަޝްރޫޢެއްކަމަށް ކަސްޓަމްސްއިން ބުނެއެވެ. މި މަޝްރޫޢާ ގުޅޭގޮތުން ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސް ވިދާޅުވީ އައްޑޫގައި ހަދާ ކަސްޓަމްސްގެ ސަރަހައްދީ އޮފީސް އިމާރާތާއެކު އެސިޓީގައި ކަސްޓަމްސްއިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާވެ، ވިޔަފާރިވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

އައްޑޫ ސިޓީ މަރަދޫގައި ކަސްޓަމްސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް ޢިމާރާތްކުރުމަށް ބޭނުންވާ ބިން ދޫކުރުމުގެ އެއްބަސްވުމުގައި ސިޓީ ކައުންސިލާއެކު ކަސްޓަމްސްއިން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ކަސްޓަމްސްއިން އަންނަނީ މާލެ ސިޓީގެ އިތުރުން، ރާއްޖޭގެ 9 ސަރަޙައްދެއްގައި އެ މުއައްސަސާގެ އޮފީސްތައް ޤާއިމުކޮށް ޚިދުމަތް ދެމުންނެވެ. 

މޯލްޑިވްސް ކަސްޓަމްސް ސާރވިސް

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2025

51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް

16 ނޮވެމްބަރު 2025
51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް
13 ނޮވެމްބަރު 2025

ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް

13 ނޮވެމްބަރު 2025
ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
29 އޮކްޓޯބަރު 2025

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!

29 އޮކްޓޯބަރު 2025
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!
29 އޮކްޓޯބަރު 2025

ސިނގިރޭޓު ވަގަށް އެތެރެ ކުރި މައްސަލާގައި ވަކި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް

29 އޮކްޓޯބަރު 2025
ސިނގިރޭޓު ވަގަށް އެތެރެ ކުރި މައްސަލާގައި ވަކި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު