Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19، ވެކްސިނޭޝަން

ހޮނިހިރު ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖެހީ 334 މީހުން

ހޮނިހިރު ދުވަހު ވެކްސިން ޖަހާފައި ވަނީ ޖުމްލަ 1114 މީހުން

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 30 އޯގަސްޓު 2021 | ހޯމަ 03:23
ރިސޯޓްތަކުގައި ވެކްސިންޖެހުމުގެ ޕްރޮގްރާމްގެ ތެރެއިން

ރިސޯޓްތަކުގައި ވެކްސިންޖެހުމުގެ ޕްރޮގްރާމްގެ ތެރެއިން

ހޮނިހިރު ދުވަހު ރާއްޖޭގައި ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާފައި ވަނީ 334 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ހޮނިހިރު ދުވަހު ވެކްސިން ޖަހާފައި ވަނީ ޖުމްލަ 1114 މީހުންނެވެ. އެއީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހި 334 މީހުންގެ އިތުރުން ފުރަތަމަ ޑޯޒް ޖެހި 780 މީހުންނެވެ. ހޮނިހިރު ދުވަހު ފުރަތަމަ ޑޯޒު ޖަހާފައިވަނީ މާލެ ސަރައްދުން 258 މީހުންނާއި އަތޮޅުތެރެއިން 522 މީހުންނެވެ. އަދި ދެވަނަ ޑޯޒް ޖަހާފައިވަނީ މާލެ ސަރަހައްދުން 188 މީހުންނާއި އަތޮޅުތަކުން 146 މީހުންނެވެ.

Advertisement - newsAdvertisement

މިއާއެކު ރާއްޖޭގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 301،523ށް އަރާފައެވެ. އަދި 382،677 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ފުރަތަމަ ޑޯޒް ޖެހުމަށްފަހު ދެ ވަނަ ޑޯޒް ނުޖަހާ މިހާރު ތިބީ 81،154 މީހުންނެވެ.

އޮގަސްޓު މަހުގެ ނިޔަލަށް, ރާއްޖޭގެ ވެކްސިންޖެހޭ އާބާދީގެ 90 އިންސައްތައަށް ވެކްސިންގެ ދެ ޑޯޒް ޖެހުމަށް ސަރުކާރުން އަމާޒުހިފާފައިވާއިރު، މިހާރު ދަނީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެސް ވެކްސިން ދެމުންނެވެ. އެގޮތުން 10 ދުވަހުގެ ތެރޭގައި 30،109 ދަރިވަރުން ފައިޒަރ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމް

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2022

ކޮވިޑް-19 ވެކްސިންގެ ދެވަނަ ބޫސްޓަރ ޑޯޒް 1391 މީހުން ޖަހައިފި

21 ނޮވެމްބަރު 2022
ކޮވިޑް-19 ވެކްސިންގެ ދެވަނަ ބޫސްޓަރ ޑޯޒް 1391 މީހުން ޖަހައިފި
07 ނޮވެމްބަރު 2022

1381 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

07 ނޮވެމްބަރު 2022
1381 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި
24 އޮކްޓޯބަރު 2022

1366 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

24 އޮކްޓޯބަރު 2022
1366 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި
10 އޮކްޓޯބަރު 2022

1345 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

10 އޮކްޓޯބަރު 2022
1345 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި
26 ސެޕްޓެމްބަރު 2022

1338 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ފުރިހަމަކޮށްފި

26 ސެޕްޓެމްބަރު 2022
1338 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ފުރިހަމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު