Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަލްމާން މިސްކިތް

ސަލްމާން މިސްކިތް ހުޅުވުމަށް ސައުދީގެ ވަފުދު ރާއްޖެ އައިސްފި، މަޝްވަރާތައް މާދަމާ ފަށަނީ

ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާތައް ހޯމަ ދުވަހު ފަށާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 29 އޯގަސްޓު 2021 | އާދީއްތަ 08:53
ކިންގް ސަލްމާން މިސްކިތް

ކިންގް ސަލްމާން މިސްކިތް

ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް ސައުދީގެ ވަފުދު ރާއްޖެ އައިސްފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މި ވަފުދުގައި އިސްކޮށް ހަރަކާތްތެރި ވެވަޑައިގަންނަވަނީ ސައުދީ އަރަބިއްޔާގެ އިސްލާމިކް އެފެއާޒްގެ އަންޑަރ ސެކްޓަރީ އައްވަދު ސަބްތީ އަލްނީޒީ ކަމަށެވެ. އަދި ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާތައް ހޯމަ ދުވަހު ފަށާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކިންގް ސަލްމާން މިސްކިތަކީ ސައުދީ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ބިނާކޮށްފައިވާ މިސްކިތަކަށްވާއިރު އެ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ސައުދީ ސަރުކާރުން ވަނީ ފާޅުކޮށްފައެވެ. ސަލްމާން މިސްކިތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި ޖުމުލަ 4000 މީހުންނަށް ނަމާދު ކުރެވޭއިރު ތިންވަނަ ފަންގިފިލާގައި 40 ޖާގައިގެ 4 ކްލާސްރޫމާއި، 15 ޖާގައިގެ 5 ސެމިނަރ ރޫމް ހުންނާނެއެވެ. ހަތަރު ވަނަ ފަންގިފިލާގައި ލައިބްރަރީއަކާއި، 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއް ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކިންގް ސަލްމާން މިސްކިތުގެ ފަސްވަނަ ފަންގިފިލާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 300 މީހުންގެ ޖާގައިގެ މަލްޓި ޕާރޕަސް ހޯލެއްގެ ގޮތުގައެވެ.

މި މިސްކިތަކީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސަޢުދުގެ ހިލޭ އެހީގެ ދަށުން ބިނާކުރި މިސްކިތެކެވެ. މި މިސްކިތުގެ މަސައްކަތް ކޮށްފައި ވަނީ ތުރުކީވިލާތުގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމަށްވާ އަލްކޭ-ޓަރމެކްސްއިންނެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މިސްކިތް ބިނާކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2017 ގައެވެ. މިސްކިތުގެ މަސައްކަތުގެ އަގަކީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އެވެ.

ކިންގް ސަލްމާން މިސްކިތް ބެލެހެއްޓުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށްވާނެ ކަމަށާއި އެއީ ވަރަށް ބޮޑު ޚަރަދެއް ހިނގާނެ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވަނީ ވިދާޅުވެފައެވެ. ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ ސަލްމާން މިސްކިތް މިހާރު އިމާރާތްކޮށްފައި ހުރި ސަރަަހައްދަކީ ވަރަށް ބޮޑަށް އުދައިގެ އަސަރު ކުރާ ސަރަހައްދަކަށްވުމުން ކުރިއަށް އޮތްތާނގައި ގެއްލުމާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މިސްކިތުގެ ބައެއް ކަންތައްތައް ބެލެހެއްޓުމުގެ ކަންކަން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ގޯތިތެރެ ސާފުކުރުމާއި ނަމާދު ކުރާ ބައި ބެލެހެއްޓުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އެ މަސައްކަތްތައް ކުރިއަށް ގެންދާއިރު ފާހަގަވި އެއްކަމަކީ ލޮނުގެ އަސަރުގެ ކޮށްގެން ބައެއް ދިމާތަކުން ދަބަރު ހިލުމުގެ މައްސަލަ ދިމާވާ ކަމަށާއި ފިނިކުރުމަށްޓަކައި މިސްކިތް ބޭރުގައި ބަހައްޓާފައި ހުރި ޔުނިޓުތަކަށް ވެސް ދަބަރުގެ އަސަރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އެތަން ބެލެހެއްޓުމަކީ ސަރުކާރަށް ވަރަށް އުނދަގޫކަމަށް ވާނެ ކަމަށާއި އުދަ އަރަމުންދާތީ މިވަގުތު އެކަމަށް ހައްލެއް ހޯދުމަށް ވަކި ކަންތައްތަކެއް ރޭވިފައިނުވާ ކަމަށެވެ. މިސްކިތް ހުޅުވި، އެތަނުގެ މަސައްކަތް ކުރަން ފެށުމުން ގެންނަން ޖެހޭނީ ކޮންކަހަލަ ބަދަލުތަކެއްތޯ އެނގިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ސަލްމާން މިސްކިތް އަދި ހުޅުވާފައިނުވާއިރު އެ މިސްކިތުގެ ކޮޕީރައިޓް މައްސަލާގައި ދައުވާކުރާނެ ބުނެ އިސްލާމިކް މިނިސްޓްރީއަށް ވަނީ ސިޓީއެއް ލިބިފައެވެ.  މިނިސްޓަރު ވިދާޅުވީ މެލޭޝިއާގެ ކުންފުންޏަކުން މި ސިޓީ މިނިސްޓްރީއަށް ފޮނުވާފައިވާ ކަަމަށެވެ. އަދި އެ ކުންފުނީގެ ޑިޒައިނެއް ކޮޕީކޮށްގެން ބޭނުންކޮށްފައިވާ ކަމަށާއި ކިންގް ސަލްމާން މިސްކިތުގެ ޑިޒައިނަށް ގެނެސްފައިވަނީ ކުޑަ ބަދަލެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ކުންފުނީގެ މީހުންގެ އަތުގައި ހުރިހާ ލިޔެކިޔުންތަކާއި ހެކިތައް އެބަހުރި ކަަމަށާއި އޭގައި ބައިވެރިވި މީހުންގެ ފޮޓޯތައް ވެސް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު އިތުރަށް ވިދާޅުވީ އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތެރޭގައި ވެސް ބައްދަލުވުންތައް ބޭއްވި ކަމަށާއި މި މައްސަލާގައި މެލޭޝިއާ ކުންފުނީގެ ހައްޤު ހޯދުމަށްޓަކައި މަސައްކަތްކޮށް، ކޯޓަށް ދާނެ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ. އެ ސިޓީއާ ގުޅޭ މައްސަލަ މިހާރު އެޓަރނީ ޖެނެރަލްގެ އޮފީހާ ހަވާލުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކިންގް ސަލްމާން މިސްކިތުގެ ޑިޒައިނަކީ ކޮޕީ ޑިޒައިނެއްގެ ކަމަށް ބުނެ މީގެ ކުރިން ވެސް ގިނަ އަދަދެއްގެ އާންމުން ވަނީ ފާޑުކިޔާފައެވެ. އަދި މިސްކިތް ހުޅުވުން ލަސްވަނީ ވެސް މިކަމާ ގުޅިގެން ކަމަށް އެ މީހުން ބުނެފައިވާއިރު މިސްކިތް ހުޅުވުން ލަސްވަނީ މިކަމާ ގުޅިގެން ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިންގް ސަލްމާން މިސްކިތް

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާމީ ކުތުބުޚާނާއަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި

އިސްލާމީ ކުތުބުޚާނާއަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި

16 ޖުލައި 2025
ވަކި ވަގުތެއްގައި ސަލްމާން މިސްކިތް ބަންދުކުރުން، އާންމުންގެ ކަންބޮޑުވުން އިންތިހާއަށް، ސަރުކާރުގެ ބަހެއް ނެތް

ވަކި ވަގުތެއްގައި ސަލްމާން މިސްކިތް ބަންދުކުރުން، އާންމުންގެ ކަންބޮޑުވުން އިންތިހާއަށް، ސަރުކާރުގެ ބަހެއް ނެތް

10 ޖޫން 2024
ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

07 ޖޫން 2024
ކިންގް ސަލްމާން މިސްކިތުގެ އޭސީ ސިސްޓަމް ރަނގަޅުކުރުމަށް 6 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވޭ: މިނިސްޓަރު

ކިންގް ސަލްމާން މިސްކިތުގެ އޭސީ ސިސްޓަމް ރަނގަޅުކުރުމަށް 6 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވޭ: މިނިސްޓަރު

09 މެއި 2024
މަސް ކަނޑާފައި ކަރުގޮހޮރު އުކަންވެސް ވަކިތަނެއް ނެތް

މަސް ކަނޑާފައި ކަރުގޮހޮރު އުކަންވެސް ވަކިތަނެއް ނެތް

26 ފެބުރުއަރީ 2023

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު