Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ޤައުމީ މަޖިލިސް

ނަފުރަތު އުފެއްދުމަށް މަގުފަހިވާގޮތަށް ހުރި ބައިތައް ބަލައި، ތަޢުލީމީ މަންހަޖަށް ބަދަލުގެންނަނީ!

މެއި 6 ކޮމިޓީއިން ވަނީ އެޑިއުކޭޝަން އަދި ޔޫތް މިނިސްޓްރީއާއި ވަނީ ބައްދަލުކޮށްފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 29 އޯގަސްޓު 2021 | އާދީއްތަ 02:36
އެމްޑީޕީގެ ޤައުމީ މަޖިލީހުގައި މެއި 6 ކޮމިޓީގެ މަސައްކަތުގެ މަޢުލޫމާތު އަރުވަނީ

އެމްޑީޕީގެ ޤައުމީ މަޖިލީހުގައި މެއި 6 ކޮމިޓީގެ މަސައްކަތުގެ މަޢުލޫމާތު އަރުވަނީ

ސްކޫލް ފޮތްތަކުގައި ނަފުރަތު އުފެއްދުމަށް މަގުފަހިވާގޮތަށް ހުރި ބައިތައް ބަލައި، ތަޢުލީމީ މަންހަޖަށް ބަދަލުގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

މެއި 6 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ހަރުކަށި ފިކުރާއި ނަފުރަތު އުފެދޭފަދަ ކަންކަން ނައްތާލުމަށް ކުރާ މަސައްކަތް ސަރުކާރުން ވަނީ އިތުރުކޮށްފައެވެ. މި ހަމަލާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއިން ނެރުނު ރިޕޯޓާއެކު މި މަސައްކަތްތައް އަވަސްކުރުމަށް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއިން ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށައި، އެކި މުއައްސަސާތަކާ ބައްދަލުކުރަމުންނެވެ. މިކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން އެމްޑީޕީގެ މެއި 6 ކޮމިޓީގެ މުޤައްރިރު ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފް ވިދާޅުވީ އެންމެ ފަހުން އެ ކޮމިޓީއިން އެޑިއުކޭޝަން މިނިސްޓްރީއާއި ޔޫތް މިނިސްޓްރީއާ ބައްދަލުކުރެއްވިކަމަށެވެ.

Advertisement - newsAdvertisement

އެޑިއުކޭޝަން މިނިސްޓްރީއާއެކު އޮގަސްޓް 26 ވަނަ ދުވަހު ބޭއްވި ބައްދަލުކުރެއްވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވަނީ އެ މިނިސްޓްރީއިން 241 ކޮމިޓީގެ ރިޕޯޓްގެ ރިކޮމެންޑޭޝަންތަކަށް އަމަލުކުރަމުންދާގޮތުގެ ތަފުސީލު އަރުވާފައެވެ. އެގޮތުން ހަރުކަށި ފިކުރަށް ސްކޫލް ކުދިންގެ ފިކުރު ބަދަލުކުރުމަށް އެކުދިންގެ ވިސްނުމާ ކުޅެން މަސައްކަތްކުރާކަން އެ މިނިސްޓްރީއަށް ވަނީ ފާހަގަވެފައެވެ. އެގޮތުން އިންޓަނެޓް މެދުވެރިކޮށް ކުދިން ގްރޫމްކުރުމަށް މަސައްކަތް ކުރަމުންދާއިރު، މިކަމަށް ބެލެނިވެރިން އަހުލުވެރިކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އަދި މިކަމަށް ޚާއްސަ އަތްމަތީ ފޮތެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން މިކަން ހައްލުކުރުމުގައި މުދައްރިސުންގެ ދައުރު ބޮޑުއިރު، އެކަމަށް ޚާއްސަ ޕްރޮގްރާމްތައް ހިންގުމަށް ވެސް ވަނީ ރާވާފައެވެ.

ހޮނިހިރު ދުވަހުގެރޭ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ސްކޫލް ފޮތްތަކުގައި ނަފުރަތު އުފެއްދުމަށް މަގުފަހިވާގޮތަށް ހުރި ބައިތައް ބަލައި، ތަޢުލީމީ މަންހަޖަށް ބަދަލުގެނައުމުގެ މަސައްކަތް ފަށައިފައިވާކަން ހާމަކޮށްފައެވެ. މީގެ އިތުރުން ހަރުކަށި ފިކުރު ހުއްޓުވަން ދަރިވަރުންނަށް ޚާއްސަ ޕްރިވެންޝަން ޕްރޮގްރާމްތަކާއި، އިހުތިރާމްކުރުމުގެ މުހިންމުކަމާއި، ކްރިޓިކަލް ތިންކިންގް އަދި ޓޮލަރެންސް ފަދަ މައުލޫތަކަށް ޚާއްސަ ސެޝަންތައް ހިންގުމަށް ދަނީ ރާވަމުންނެވެ.

ޔޫތް މިިނިސްޓްރީއާ މިހާރު ހަވާލުވެ ހުންނެވި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމް އިސްވެ ހުންނަވައި މެއި 6 ކޮމިޓީއާ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ޒުވާނުންނަކީ މިފަދަ ނުރައްކަލެއް ނައްތާލުމުގައި އެންމެ މުހިންމު ދައުރު އަދާކުރާ ބައެއްގެ ގޮތުގައި އެއްބަސްވެ އެކަމަށް ޚާއްސަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކޮށްފައެވެ. އެގޮތުން އޯލެވެލް ނިންމާ އަދި އޭލެވެލް ނުނިންމާ ދަރިވަރުންގެ އުމުރުފުރާއަށް ޚާއްސަކޮށް ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. މި ޕްރޮގްރާމްތައް އިތުރަށް ފުރިހަމަކުރުމަށް ބޭރުގެ އެހީ ހޯދުމަށް ވެސް ވަނީ ނިންމާފައެވެ. އެހެންނަމަވެސް މިކަންކަމުގެ އިތުރު ތަފުސީލެއް ހާމަކޮށްފައެއްނުވެއެވެ.

މޭ6ޓެރާރއެޓޭކްމިނިސްޓްރީ އޮފް އެޑިއުކޭޝަން ޔޫތު މިނިސްޓްރީމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

02 ޑިސެމްބަރު 2025
އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

29 ނޮވެމްބަރު 2025
ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް

ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް

29 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު