ކ. މާލެ
|
29 އޯގަސްޓް 2021 | އާދީއްތަ 06:52
ކޮވިޑް ވެކްސިން
ކޮވިޑް ވެކްސިން
ރޮއިޓަރސް
ކޮވިޑް-19 ވެކްސިނޭޝަން
ބުރާސްފަތި ދުވަހު ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހީ 111 މީހުން
 
އޮގަސްޓު މަހުގެ ނިޔަލަށް ރާއްޖޭގެ ވެކްސިންޖެހޭ އާބާދީގެ 90 އިންސައްތައަށް ވެކްސިންގެ ދެ ޑޯޒް ޖެހުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައި
 
ހުކުރު ދުވަހު ވެކްސިން ޖަހާފައިވަނީ އަތޮޅުތެރޭގައި އެކަނި
 
ފުރަތަމަ ޑޯޒް ޖެހީ 157 މީހުން

ހުކުރު ދުވަހު ރާއްޖޭގައި ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާފައި ވަނީ 111 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ބުރާސްފަތި ދުވަހު ވެކްސިން ޖަހާފައި ވަނީ ޖުމްލަ 268 މީހުންނެވެ. އެއީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހި 111 މީހުންގެ އިތުރުން ފުރަތަމަ ޑޯޒް ޖެހި 157 މީހުންނެވެ. ހުކުރު ދުވަހު ވެކްސިން ޖަހާފައިވަނީ އަތޮޅުތެރޭގައި އެކަންޏެވެ.

މިއާއެކު ރާއްޖޭގައި ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 301،109ށް އަރާފައެވެ. އަދި 381،902 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ފުރަތަމަ ޑޯޒް ޖެހުމަށްފަހު ދެ ވަނަ ޑޯޒް ނުޖަހާ މިހާރު ތިބީ 80،793 މީހުންނެވެ.

އޮގަސްޓު މަހުގެ ނިޔަލަށް ރާއްޖޭގެ ވެކްސިންޖެހޭ އާބާދީގެ 90 އިންސައްތައަށް ވެކްސިންގެ ދެ ޑޯޒް ޖެހުމަށް ސަރުކާރުން އަމާޒުހިފާފައިވާއިރު، މިހާރު ދަނީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެސް ވެކްސިން ޖެހުމުގެ ކަންތައްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން 10 ދުވަހުގެ ތެރޭގައި 30،109 ދަރިވަރުން ފައިޒަރ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް