Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެޓީވީގައި ރޯކޮށްލި މައްސަލަ

ރާއްޖެޓީވީގައި ރޯކޮށްލި މައްސަލައިގެ ދައުވާލިބޭ މީޢާދުގެ ބަންދު މުރާޖަޢާ މާދަމާ

މި ޖަރީމާގެ ސަބަބުން 11.65 މިލިއަން ރުފިޔާގެ ގެންލުން ރާއްޖެޓީވީއަށް ލިބުނު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 އޯގަސްޓު 2021 | ހޮނިހިރު 13:59
ރާއްޖެޓީވީގައި ރޯކޮށްލުމުގެ ދައުވާލިބޭ ހ. ގަސްވާ މުޙައްމަދު މީޢާދު

ރާއްޖެޓީވީގައި ރޯކޮށްލުމުގެ ދައުވާލިބޭ ހ. ގަސްވާ މުޙައްމަދު މީޢާދު

"ރާއްޖެޓީވީ"ގައި ރޯކޮށްލި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ހ. ގަސްވާ މުޙައްމަދު މީޢާދުގެ ބަންދު މުރާޖަޢާކުރުމުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ އާދީއްތަ ދުވަހުގެ މެންދުރު 13:30އަށެވެ.

ރާއްޖެޓީވީ ހިންގަމުން ގެންދިޔަ އިމާރާތުގައި ރޯކޮށްލުމުގެ ޖަރީމާ ހިންގާފައިވަނީ 2013ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ. ރާއްޖެޓީވީގެ ސްޓޫޑިއޯ ހިންގަމުން ދިޔަ ބީކޭޓީ އިމާރާތުގައި އަލިފާން ރޯކޮށްލައި ހުރިހާ އިކުއިޕްމެންޓެއް އަންދައި އަޅިއަށް ހަދާލާފައިވަނީ، ރާއްޖެޓީވީއަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ލިބި، އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށެވެ. އެގޮތުން މި ޖަރީމާގެ ސަބަބުން 11.65 މިލިއަން ރުފިޔާގެ ގެންލުން ރާއްޖެޓީވީއަށް ލިބިފައިވެއެވެ.

މާސްކު އަޅައިގެން ތިބި 5 މީހުން ރާއްޖެޓީވީ ހުރި އިމާރާތަށް ވަދެ ސްޓޫޑިއޯގައި ރޯކޮށް އަންދައި އަޅިއަށް ހަދާލިތާ އެތައް އަހަރެއް ފާއިތުވެގެން ދިޔައިރު ވެސް އެކަމުގައި އިންސާފު ލިބިފައެއް ނެތެވެ. މި 5 މީހުން ރާއްޖެޓީވީ ހުރި މި ޖަރީމާ ހިންގި މަންޒަރު ފެންނަން ހުރި ނަމަވެސް، އެ މައްސަލަ އޭރު ކަމާ ގުޅުންހުރި އިދާރާތަކުން އެކަށީގެންވާ ގޮތެއްގައި ބަލާފައެއް ނުވެއެވެ.

ސްޓޭޝަނުގައި ރޯކޮށްލާފައިވަނީ، ކުރިންވެސް އެކިފަހަރުމަތިން ސްޓޭޝަންގެ މަސައްކަތްތައް ހުއްޓުވުމަށް އޭރު ތިއްބެވި ސިޔާސީ އެކި ބޭފުޅުން މަސައްކަތްކޮށް ކާމިޔާބު ނުވުމުންކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ. މި މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކުން ބަލާފައި ނުވާތީ، ރާއްޖެޓީވީއަށް އިންސާފު ލިބޭނެ ގޮތަކަށް މައްސަލަ ބަލައި ދިނުމަށް އެދި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީހަށްވެސް ވަނީ އެ މައްސަލަ ހުށައަޅާފައެވެ.

ރާއްޖެޓީވީއަށް އިންސާފު ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރެވުނެވެ. މި މައްސަލައިގައި ބަދަލު ނަގައި ދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ، އެ ކޯޓުން ބޭރުކޮށްލިއިރު، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް މައްސަލަ ހުށަހެޅުނެވެ. އެއަށްފަހު އައު ސަރުކާރު އައުމުން ރާއްޖެޓީވީން އަނެއްކާވެސް އިންސާފު ހޯދުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން 2018ވަނަ އަހަރު ރާއްޖެޓީވީގެ ފަރާތުން އޭރުގެ ޕްރޮސެކިއުޓަރ ޖެނެރަލް ޢާއިޝަތު ބިޝާމްއާ ބައްދަލުކޮށް މި މައްސަލަ އަލުން ރިވިއު ކޮށްދެއްވުމަށް އެދުނެވެ. އޭރު ހުންނެވި ޕީޖީގެ ފަރާތުންވެސް އުއްމީދީ ވާހަކަތަކެއް އަޑުއިވުނެވެ. ނަމަވެސް މަގާމުން އިސްތިއުފާދެއްވާފައި ވަޑައިގެންނެވި އިރުވެސް، މި މައްސަލައިގައި އިންސާފު ލިބޭނެ އެއްވެސް އަލިމަގެއް ފެނިފައެއް ނުވެއެވެ.

ރިޔާސީ އިންތިޚާބަށްފަހު އެކިއެކި މީޑިއާ ތަކުންނާއި ސިޔާސީ ބައެއް ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުންނާއި އަދި ފުލުހުންނާއި، "މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން"އިން ހާމަކޮށްފައިވާ އެކި އެކި މައުލޫމާތުތަކަށް ބަލާއިރު މިކަމުގައި އޭރުގެ ދައުލަތުގެ އެންމެ އިސްފަރާތްތަކުން ބައިވެރި ވެފައިވާކަމަށް ތުހުމަތު ކުރެވެއެވެ.

މިގޮތުން ރައިސުލްޖުމްހޫރިއްޔާއާއި ރައިސުލްޖުމްހުރިއްޔާގެ ނައިބު އަދި ދައުލަތުގެ ބައެއް ވަޒީރުންނާ ފުލުހުންގެ އިސްފަރާތްތަކުގެ ބައިވެރިވުން އޮތްކަމަށް ގަބޫލުކުރެވޭ ހެކިތައް ތަޙުޤީޤީ އިދާރާތަކަށް ފަހުން ލިބިފައިވާކަން އެނގެއެވެ. އެކަން ހާމަވާ ސަބަބަކީ ސްޓޭޝަން ރޯކޮށްލި ދުވަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް "މިޝަން އެކޮމްޕްލިޝްޑް"ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު މެސެޖް ކުރެއްވިކަން ހާމަވެފައި ވާތީއެވެ.

މަރު ކޮމިޝަނުން އެކުލަވާލި ރިޕޯރޓުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ނާޒިމުގެ ބަޔާނާއި ހަވާލާދީ ބުނެފައިވަނީ ރާއްޖެޓީވީ ރޯކޮށްލި ދުވަހު ނާޒިމް އިންނެވީ ރައީސް ޔާމީނު އަރިހުގައި ތާސް ކުޅުއްވަން ކަމަށާއި، އަދީބުގެ މެސެޖް އައުމުން މެސެޖް ވިދާޅުވީވެސް އޭނާ ކަމަށެވެ. 

މި ހާދިސާއަށްފަހުވެސް ރާއްޖެޓީވީގެ ޓްރާންސްމިޝަން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކުންފުނީގެ މެނޭޖްމަންޓުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިއަދު ރާއްޖެޓީވީން ވަނީ ބޮޑެތި ކުރިއެރުންތަކެއްވެސް ހޯދާފައެވެ. އެގޮތުން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ރާއްޖެޓީވީ ބަލައިލެވޭގޮތަށް ރާއްޖެޓީވީގެ ސިގްނަލް ސެޓެލައިޓުވެސް މިހާރު ވަނީ އަޕްލިންކް ކޮށްފައެވެ.

ރާއްޖެޓީވީ ނޫސްވެރިންކްރިމިނަލް ކޯޓްރާއްޖެ ޓީވީ

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު