Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ވެކްސިނޭޝަން

އިތުރު 407 މީހުން ކޮވިޑުން ދިފާއުވުމަށް ވެކްސިން ފުރިހަމަކޮށްފި

27 އޯގަސްޓު 2021 | ހުކުރު 17:43

ބުރާސްފަތި ދުވަހު ވެކްސިން ޖަހާފައި ވަނީ ޖުމްލަ 1773 މީހުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 27 އޯގަސްޓު 2021 | ހުކުރު 17:43
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން އައްޑޫގައި ވެކްސިން ދެނީ

ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން އައްޑޫގައި ވެކްސިން ދެނީ

ބުރާސްފަތި ދުވަހު ރާއްޖޭގައި ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާފައި ވަނީ 407 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ބުރާސްފަތި ދުވަހު ވެކްސިން ޖަހާފައި ވަނީ ޖުމްލަ 1773 މީހުންނެވެ. އެއީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހި 407 މީހުންގެ އިތުރުން ފުރަތަމަ ޑޯޒް ޖެހި 1366 މީހުންނެވެ.

ފުރަތަމަ ޑޯޒް ޖެހި 1366 މީހުންގެ ތެރެއިން މާލެ ސަރަހައްދުން ވެކްސިން ޖަހާފައި ވަނީ 385 މީހުންނެވެ. އަދި އަތޮޅުތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 981 މީހުންނެވެ. ބުރާސްފަތި ދުވަހު ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހި 407 މީހުންގެ ތެރެއިން މާލެ ސަރަހައްދުން ވެކްސިން ޖަހާފައި ވަނީ 266 މީހުންނެވެ. އަތޮޅުތެރެއިން ވެކްސިން ޖަހާފައި ވަނީ 141 މީހުންނެވެ.

މިއާއެކު ރާއްޖޭގައި ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 301،078ށް އަރާފައެވެ. އަދި 381،745 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

އޮގަސްޓު މަހުގެ ނިޔަލަށް ރާއްޖޭގެ ވެކްސިންޖެހޭ އާބާދީގެ 90 އިންސައްތައަށް ވެކްސިންގެ ދެ ޑޯޒް ޖެހުމަށް ސަރުކާރުން އަމާޒުހިފާފައިވާއިރު، މިހާރު ދަނީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެސް ވެކްސިން ދެމުންނެވެ. އެގޮތުން 10 ދުވަހުގެ ތެރޭގައި 30،109 ދަރިވަރުން ފައިޒަރ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ވެކްސިން ލިބުނުހާ އަވަހަށް ސްކޫލް ދަރިވަރުންނަށް ވެކްސިން ދޭން ފަށާފައިވާއިރު، މިހާރު ވަނީ އިތުރު ކެޓަގަރީތަކަކަށް ވެކްސިން ދޭން ފަށާފައެވެ. އެއީ ދިފާއީ ނިޒާމު ދަށް މީހުންނާއި، މާބަނޑު މީހުންގެ އިތުރުން މިހާތަނަށް ކޮވިޑް-19ގެ އެއްވެސް ވެކްސިނެއް ނުޖަހާ ތިބި 60 އަހަރުން މަތީގެ މީހުންނެވެ.

ރާއްޖޭގައި ބޭނުންކުރުމުގެ އެމަޖެންސީ ހުއްދަ އެޗްޕީއޭ އިން ދީ، މިހާތަނަށް ޖަހާފައިވާ ވެކްސިންތަކަކީ ކޮވިޝީލްޑް ވެކްސިން، އެސްޓްރަޒެނެކާ ކޮވިޑް ވެކްސިން، ފައިޒަރ އަދި ބައޯއެންޓެކްގެ ކޮވިޑް-19 ވެކްސިންގެ އިތުރުން ޗައިނާގެ ސިނޮފަރމް ކުންފުނީގެ ކޮވިޑް ވެކްސިނެވެ.

ކޮވިޑް-19ކޮވިޑް-19 ވެކްސިންކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމް

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
19 އޯގަސްޓު 2025

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް