Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގްރީން ފަންޑުގައި ހުރި ފައިސާ

ގްރީން ފަންޑުގައި ހުރި ފައިސާގެ އަދަދު 1 ބިލިއަނަށް

ފުރަތަމަ ހަ މަހު 184.4 މިލިއަން ރުފިޔާ ވަނީ ފަންޑުން ޚަރަދުކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 27 އޯގަސްޓު 2021 | ހުކުރު 17:17
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

އަހަރުގެ ފުރަތަމަ ހަ މަސް ނިމުނު އިރު ރާއްޖޭގެ ގްރީން ފަންޑުގެ ބެލެންސް އެއް ބިލިއަނަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ ހަ މަހު ގްރީން ފަންޑަށް ޖުމްލަ 398.9 މިލިއަން ރުފިޔާ ޖަމާވި އިރު، 184.4 މިލިއަން ރުފިޔާ ވަނީ ފަންޑުން ޚަރަދުކޮށްފައެވެ. އަދި ޖޫން މަސް ނިމުނު އިރު ގްރީން ފަންޑުގައި ޖުމްލަ ހުރީ 1.02 ބިލިއަން ރުފިޔާއެވެ.

Advertisement - newsAdvertisement

މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ގްރީން ފަންޑު ރިޕޯޓް ދައްކާގޮތުން 59.9 މިލިއަން ރުފިޔާ ގްރީން ފަންޑަށް ވަނީ ޖަމާކޮށްފައެވެ. އެއީ ރިސޯޓްތަކުން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 56.9 މިލިއަން ރުފިޔާ އާއި ހޮޓާ ތަކުން ލިބުނު 883,379.82 ރުފިޔާގެ އިތުރުން ގެސްޓް ހައުސްތަކުން ލިބުނު 1.08 މިލިއަން ރުފިޔާ އަދި ސަފާރީތަކުން ލިބުނު 1.01 މިލިއަން ރުފިޔާއެވެ.

ވަކިވަކި އަތޮޅުތަކުން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އަދަދުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދެއް ލިބިފައި ވަނީ ކ. އަތޮޅުންނެވެ. އެއީ 21.1 މިލިއަން ރުފިޔާއެވެ. މާލެ ސިޓީން ގްރީން ޓެކުހުގެ ގޮތުގައި ލިބިފައި ވަނީ 551,201.88 ރުފިޔާއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖޫން މަހު ސަރުކާރުން ވަނީ ގްރީން ފަންޑުން 25.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އޭގެ ތެރޭގައި އަތޮޅުތެރޭގެ އެކި ރަށްރަށުގެ ފެނާއި ނަރުދަމާ އާއި ތަފާތު އެކި މަޝްރޫއުތައް ހިންގުމަށް ކުރި ޚަރަދު ހިމެނެއެވެ.

އަހަރު ފެށުނު އިރު ގްރީން ފަންޑުގައި 809.6 މިލިއަން ރުފިޔާ ހުރި އިރު، އަހަރުގެ ޖެނުއަރީ މަހު ގްރީން ފަންޑަށް 57.3 މިލިއަން ރުފިޔާ ވަނީ އިތުރުވެފައެވެ. އަދި 12.9 މިލިއަން ރުފިޔާ ވަނީ ފަންޑުން ޚަރަދުކޮށްފައެވެ. ފެބްރުއަރީ މަހު ފަންޑަށް އިތުރުވި 63.5 މިލިއަން ރުފިޔާ އާއި އެމަހު ޚަރަދު ކުރި 58 މިލިއަން ރުފިޔާއާ އެކު ފެބްރުއަރީ މަހުގެ ނިޔަލަށް ގްރީން ފަންޑުގައި ޖުމްލަ ހުރީ 859.6 މިލިއަން ރުފިޔާއެވެ. މާޗު މަހު ގްރީން ފަންޑަށް 93.4 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ އިރު، މިއީ މި އަހަރުގެ މިހާތަނަށް ފަންޑަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ޖަމާވި މަހެވެ. އެމަހު ދައުލަތުން ވަނީ ގްރީން ފަންޑުން 31.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

އޭޕްރިލް މަހު ފަންޑަށް 72 މިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު، ޚަރަދުކޮށްފައި ވަނީ 9.8 މިލިއަން ރުފިޔާއެވެ. އަދި މެއި މަހު ފަންޑަށް 52.7 މިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު، ފަންޑުން ޚަރަދުކޮށްފައި ވަނީ 46.3 މިލިއަން ރުފިޔާއެވެ. ޖޫން މަހު ފަންޑަށް ޖަމާވި އަދަދާއި ފަންޑުން ކުރި ޚަރަދާ އެކު ޖޫން މަހު ގްރީން ފަންޑުގެ ބެލެންސްގައި ހުރީ 33.9 މިލިއަން ރުފިޔާއެވެ.

ގްރީން ޓެކުހަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓެކުހަކަށް ވުމުން، ފަތުރުވެރިން އައުން މަަދުވާނަމަ ގްރީން ފަންޑަށް ޖަމާވާ ފައިސާ މަދުވާނެއެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ސަފާރީ، ރިސޯޓް އަދި ހޮޓެލްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ދުވާލަކަށް 6 ޑޮލަރު ނަގައެވެ. އަދި ގެސްޓް ހައުސްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ދުވާލަކަށް 3 ޑޮލަރެވެ.

ގްރީން ފަންޑްފިނޭންސް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު