Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް ތަފާތުވާނެ، މުޅި ބްރިޖަށް ކަރަންޓު ދޭނީ ސޯލާ ޕެނަލުން!

މުޅި ބްރިޖަށް ކަރަންޓު ފޯރުކޮށްދެނީ ސޯލާ ޕެނަލްތަކުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 26 އޯގަސްޓު 2021 | ބުރާސްފަތި 17:19
ތިލަ-މާލެ ބްރިޖުގެ ތްރީޑީ ފޮޓޯއެއް

ތިލަ-މާލެ ބްރިޖުގެ ތްރީޑީ ފޮޓޯއެއް

ތިލަފުއްޓާއި މާލެ ގުޅުވައިދޭ ބްރިޖަށް ބޭނުންވާ ކަރަންޓު އުފައްދާނީ ސޯލާ ޕެނަލް ބޭނުންކޮށްގެން ކަމަށް ތިލަމާލެ ބްރިޖް ޕްރޮޖެކްޓުގެ އެސިސްޓެންޓް މެނޭޖަރ މުޙައްމަދު ޖިނާޙު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ތިލަމާލެ ބްރިޖުގެ މަޝްރޫއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޖިނާހު ވިދާޅުވީތިލަމާލެ ބްރިޖު ބިނާކުރެވިގެންދާނީ ތިލަމާލެ ބްރިޖާ ވަރަށް ތަފާތުކޮށް ކަމަށެވެ. އެގޮތުން މި ބްރިޖުގައި އުޅަނދު ދުއްވަން ޚާއްސަކޮށްފައިވާ ލޭނުގެ އިތުރުން މީހުން ހިނގާބިނގާވެ އުޅުމަށް ވަކި ފަޅިއެއް އެއްކޮށް ޚާއްސަ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބްރިޖަށް ބޭނުންވާ ކަރަންޓު އުފައްދާނީ ސޯލާ ޕެނަލްތަކުން ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޕްރޮޖެކްޓްގެ ޑައިރެކްޓަރ މަހުޖޫބު ޝުޖާއު ވިދާޅުވީ މި ޕްރޮޖެކްޓު އެކުލަވާލި އިރުވެސް ބްރިޖަށް ބޭނުންވާ އެކި ކަންކަމަށް ސޯލާ ޕެނަލް މެދުވެރިކޮށް ކަރަންޓު އުފައްދޭނެ ގޮތްތަކަށް ބަލާފައިވާނެ ކަމަށެވެ. އަދި ކުރިއަށް އަންނަން އޮތް މަޝްރޫއުތަކުގައި ވެސް ރާއްޖޭގެ ތިމާވެއްޓާއިމެދު ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖުގައި ހިމެނެނީ ކޮޅަކަށް ދުއްވާ ދެ ލޭނެވެ. އެއިން ކޮންމެ ލޭނެއްގައި 3.35 މީޓަރު ހުންނާނެއެވެ. އަދި 3 މީޓަރު ފުޅާމިނުގެ ބައިސްކަލު ދުއްވާ ސަރަހައްދަކާއި، ވޯކްވޭއެއް ގާއިމްކުރެއެވެ. މި ބައި އިންނާނީ ބްރިޖުގެ އެއް ފަޅީގައެވެ. ބްރިޖުގެ އަނެއް ފަޅި ޚާއްސަކުރެވޭނީ ހައި ވޯލްޓޭޖް ކަރަންޓު ކޭބަލްތަކާއި އަދިވެސް އެހެނިހެން ކަރަންޓާއި ގުޅުންހުރި ކަންކަމަށެވެ. މުޅި ބްރިޖު ވެސް ބިނާކުރެވިގެންދާނީ މިގޮތަށެވެ.

3 ބްރިޖު ގުޅާލަދޭ މަގުތަކާއެކު، 6.7 ކިލޯމީޓަރަށް މި ބްރިޖު ދެމިގެންދާނެއެވެ. ހަމައެކަނި، މާލެއާއި ވިލިގިލި ގުޅާލަދޭ ފުރަތަމަ ބްރިޖުގެ ދިގުމިން ވެސް، މިވަގުތު ފެންނާން އޮތް ބްރިޖަށްވުރެ ދިގުވާނެއެވެ. އެއީ ގާތްގަނޑަކަށް 1.3 ކިލޯމީޓަރުގެ ދިގު ބްރިޖެކެވެ. އެހެންކަމުން، ރައީސް ޞާލިޙުގެ ސަރުކާރުން، އެ މަޝްރޫޢެއްގެ މަސައްކަތް، ދެ އަހަރުގެ ތެރޭގައި، ނިންމަން އަމާޒު ހިފައިފައިވާ، މި ބިޔަބޮޑު މަޝްރޫޢު، ވެގެންދާނީ، ރާއްޖޭގެ ތާރީޚުގައި ފެނިގެންދާނެ، އޭގެ އެންމެ ބޮޑު މަޝްރޫއަށެވެ.

ގްރޭޓަރ މާލޭގެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫޢު ނިންމަން ލަނޑުދަނޑި ކަނޑަ އަޅައިފައިވަނީ، 2023 ގެ އެޕްރީލް ނުވަތަ މޭމަހާ ހިސާބަށެވެ. އަދި މި މަޝްރޫޢު ނިންމައި، މި ބިޔަ ބްރިޖު ހުޅުވިގެން ދާއިރު، މި ސަރުކާރުގެ މިވަގުތުގެ ސިޔާސަތަކީ، އެއްވެސް ޓޯލެއް ނެގުމެއްނެތި، ރައްޔިތުންނަށް އެ މަގުތަކުން، ހިލޭ ދަތުރު ކުރެވޭނެ ބްރިޖަކަށް ވުމެވެ.

ތިލަމާލެ ބްރިޖްވިލިމާލެމާލެ ސިޓީމިނިސްޓްރީ އޮފް ހައުސިން

ކޮމެންޓް

އިތުރަށް ކިޔާލަން

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

24 ނޮވެމްބަރު 2025
"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު