Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަރުލަމާނީ ނިޒާމް

ބަރުލަމާނީ ނިޒާމެއް ގެންނަން އުޅެނީ ވަކި މީހަކަށް ވެރިކަމާއި ބާރުތައް ނުލިބިގެން – ގާސިމް

ބަރުލަމާނީ ނިޒާމް ގެންނަ ވާހަކައެއް މެނިފެސްޓޯގައި ނޯންނާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 26 އޯގަސްޓު 2021 | ބުރާސްފަތި 07:50
ރައީސް ނަޝީދު (ކ) އަރިހުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް (ވ)

ރައީސް ނަޝީދު (ކ) އަރިހުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް (ވ)

ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން މަސައްކަތް ކުރަނީ ވަކި މީހަކަށް ވެރިކަމާއި ބާރުތައް ނުލިބިގެން ކަމަށް، ސަރުކާރު ހިންގާ ކޯލިޝަންގެ ދެވަނައަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ މީޑިއާ މެދުވެރިކޮށް ގާސިމް ދެއްކެވި ވާހަކައިގައި ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގެ ތަޖްރިބާ ދިވެހި ރައްޔިތުން ހާސިލްކޮށްފައިވާ ކަމަށާއި، ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވެސް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރަކު ބަހައްޓައިގެން ކުރި މަސައްކަތުގެ ނަތީޖާ ފެންނަން އެބައޮތް ކަމަށެވެ. އަނެއްކޮޅުން ބަރުލަމާނީ ނިޒާމެއްގައި ރައީސަކު ހުންނަ އިރު، ސަރުކާރުގެ ވެރިޔަކާއި ދައުލަތުގެ ވެރިއަކާ ހުންނަ އިރު ދެ ބޭފުޅުން ތަޅައިގަނެ ބޮޑު މައްސަލައެއް ދިމާވާނެ ކަމަށެވެ. އަދި މިއީ ބޮޑު ޚަރަދެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި ރައީސަކީ އެއްވެސް ބާރެއް ނެތް މީހެއް ކަމަށާއި، ދައުލަތުގެ ޚަރަދު ދެކޮޅު ނުޖެހިގެން އުޅޭ އިރު ރައީސަކު ބަލަހައްޓަން ބޮޑު ސިންގާ ގަނޑުވަރަކާ އެއްޗެހި ދީފައި ބެހެއްޓުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ގާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމެކޭ ކިޔައިގެން އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ކަމަށާއި، އެމަނިކުފާނަށް ވަގިވެރިވާ ބަޔަކު އެކަމަށް ޕެޓިޝަނެއް ހައްދަވައިގެން އެބަ އުޅުއްވާ ކަމަށެވެ. އަދި އަނެއްކޮޅުން ބަރުލަމާނީ ނިޒާމުގެ ވެރިއަކަށް އަންނަ މީހާއަކީ ރާއްޖޭގެ އޮތް އެންމެ ކުޑަ ދާއިރާއިން ހޮވިގެން އަންނަ މެންބަރެއް ކަމުގައި ވިޔަސް އެ ޕާޓީއަށް މީހުން ހަމަވެއްޖެއްޔާ ނުވަތަ އެހެން ޕާޓީއަކާ ކޯލިޝަން ހަދައިގެން ކަމުގައި ވާނަމަ ނުވަތަ މަޖިލީހުގެ 50 އިންސައްތަ އަގުލަބިއްޔަތު ލިބިފައިވާނަމަ ބަރުލަމާނީ ނިޒާމުގެ ތެރެއިން އެމީހަކަށް ބޮޑުވަޒީރުކަމަށް އާދެވޭނެ ކަމަށެވެ.  

ގާސިމް ވިދާޅުވީ ރައީސުލްޖުމްހުރިއްޔާއަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ހުރިހާ އެންމެންގެ ތާއިދު ލިބި، ބޭނުންވާ ކަންކަން އޮޅުން ފިލުވައި އެއް އިންތިޚާބަށްވުރެ ގިނަ އިންތިޚާބުގައި ވެރިކަމުގައި ތިބޭ ބަޔަކު އެއްފަހަރަށްވުރެ ގިނަ ފަހަރު ދާންޖެހުމަކީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުން ތިބި ހާލު ވެސް އެނގިގެންދާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ ބަރުލަމާނީ ރިޔާސީ ނިޒާމުގެ މައްސަލައިގައި ބަރުލަމާނީ ނިޒާމަކަށް ދިއުމަކީ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި މެނިފެސްޓޯގައި އެވާހަކަ ނޯންނާނެ ކަމަށާއި، މެނިފެސްޓޯގައި އެ ވާހަކަ އޮތް ކަމަށް ބައެއް ބޭފުޅުން ވާހަކަ ދެއްކި ނަމަވެސް އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

ބަރުލަމާނީރިޔާސީ ނިޒާމުރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގާސިމް އިބްރާހީމްރައީސް ނަޝީދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާ އަށް މީހުން ދިއުން މަދުކުރުމަށް ގާސިމު ކުރި ޕޯސްޓާ އެކު މީހުން ރަތައް!

ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާ އަށް މީހުން ދިއުން މަދުކުރުމަށް ގާސިމު ކުރި ޕޯސްޓާ އެކު މީހުން ރަތައް!

03 އޮކްޓޯބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ކާޑެއްދޫ ސަރުކާރަށް ހަވާލު ކުރާތީ 18 މިލިއަން ޑޮލަރު ގާސިމް އަށް ލިބޭކަން ހާމަ ވެއްޖެ

ކާޑެއްދޫ ސަރުކާރަށް ހަވާލު ކުރާތީ 18 މިލިއަން ޑޮލަރު ގާސިމް އަށް ލިބޭކަން ހާމަ ވެއްޖެ

22 އޯގަސްޓު 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025
ގެއްލުން ނުވާނަމަ ސަރުކާރާއެކު ޑީލެއްގެ ދަށުން ކާޑެއްދޫ އެއަރޕޯޓް ދޫކޮށްލަން މިހުންނެވީ ތައްޔާރަށް: ގާސިމް

ގެއްލުން ނުވާނަމަ ސަރުކާރާއެކު ޑީލެއްގެ ދަށުން ކާޑެއްދޫ އެއަރޕޯޓް ދޫކޮށްލަން މިހުންނެވީ ތައްޔާރަށް: ގާސިމް

18 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު