Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޫތު މިނިސްޓްރީގެ ދިރާސާ

ޒުވާނުން ކުށްތަކަށް އަރައިގަންނަ ސަބަބު ދެނެގަތުމަށް ޔޫތު މިނިސްޓްރީއިން ހާއްސަ ދިރާސާއެއް

މައިގަނޑު ބޭނުންތަކުގެ ތެރޭގައި ޒުވާނުން ކުށްތަކަށް އަރައިގަންނަ ސަބަބާއި، މިންވަރު އަދި އެ ކުށްތަކަށް ދިއުމަށް މަގުފަހިވާ ސަބަބުތައް ދެނެގަތުން ހިމެނޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 25 އޯގަސްޓު 2021 | ބުދަ 09:18
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާއިލް އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާއިލް އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ޒުވާނުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ފުރަތަމަ ދިރާސާގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުން ސޮއިކޮށްފައި ވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އާއި އެކުއެވެ. ޔޫތު މިނިސްޓްރީގެ މިދިރާސާ ކުރިއަށް ގެންދާނީ އެމްއެންޔޫ މެދުވެރިކޮށެވެ.

Advertisement - newsAdvertisement

ޔޫތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް އެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ.

އެއްބަސްވުމުގައި ސޮއިކުރައްވައި ވާހަކަދައްކަވަމުން ޑރ. ޝެހެނާޒް ވަނީ މި ދިރާސާ ކުރިޔަށްގެންދާ މައިގަނޑު ބޭނުންތަކުގެ ތެރޭގައި ޒުވާނުން ކުށްތަކަށް އަރައިގަންނަ ސަބަބާއި، މިންވަރު އަދި އެކުށްތަކަށް ދިއުމަށް މަގުފަހިވާ ސަބަބުތައް ދެނެގަތުން ހިމެނޭ ކަމަށް ވިދާޅުވެފައެވެ. އަދި ތަކުރާރުކޮށް ޒުވާނުން ކުށްތަކަށް އަރައިގަންނަ ސަބަބުތައް ދެނެގަތުމަކީ ވެސް މިފަދަ ދިރާސާއެއް ކުރިއަށް ގެންދިއުމުގެ އެއް ބޭނުން ކަމަށް ޑރ. ޝެހެނާޒް ވިދާޅުވިއެވެ.

އޭގެ އިތުރުން، ޤާނޫނުގައި ތަކުރާރުކޮށް ކުށްކުރުމުން އަދަބު ދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމުގެ އިތުރުން ދެ ޖިންސުގެ ޒުވާނުން ވަޒީފާތަކަށް ނުނިކުންނަ ސަބަބުތައް ދެނެގަތުމަކީ ވެސް މިދިރާސާގެ އެއް ބޭނުން ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

ޔޫތު މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި ދިރާސާގެ ތެރެއިން ޒުވާނުންގެ މިޒާޖާއި ޒުވާނުން ކަންކަމާދޭތެރޭ ދެކޭގޮތް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވަޒީފާއަށް ނުގޮސް ތިބުމުގެ ސަބަބުން ޒުވާނުންގެ މިޒާޖަށް އަންނަ ބަދަލުތައް ދެނެގަތުމާއި، ޒުވާނުންގެ ދިރުއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަންނަ ބަދަލުތަކުގެ އިތުރުން ޒުވާނުންގެ ހުސްވަގުތު ހޭދަކުރާ ގޮތް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ދިރާސާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ބޮޑެތި އަދި ކުދި އާބާދީ ހިމެނޭ ރަށްތަކުން މައުލޫމާތު ނެގުމަށް ހަމަޖެހިފައިވާއިރު، ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުން ހދ، ށ، ބ، ކ، އދ، މ، ދ، ލ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއިން މައުލޫމާތު އެއްކުރެވިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.

ތިން ފޭސް އަކަށް ބަހާލައިގެން ހަ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މިދިރާސާގެ ފޭސް 1 ގައި ހިމެނެނީ ޕްލޭން ނިންމުން ކަމަށްވާއިރު ފޭސް 2 ގައި ހިމެނެނީ ޑޭޓާ ހޯދުމެވެ. އަދި ފޭސް 3 އެކުލެވެނީ ރިޕޯޓް ހުށަހެޅުމަށެވެ.

ޔޫތު މިނިސްޓްރީގެ އަމާޒަކީ މި ދިރާސާ މެދުވެރިކޮށް، މި ކަންތައްތައް ހޯދައި ޒުވާނުންނަށް އެކަންތައްތައް ހައްލުކުރާނެ މަގުތައް ފަހިކޮށްދީ، މުޖުތަމައުގެ ކުށްކުރާ ޒުވާނުން މަދުކޮށް ދުޅަހެޔޮ ޒިންމާދާރު ޒުވާނުން ބިނާކުރުމެވެ.

ޔޫތު މިނިސްޓްރީމޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

02 ޑިސެމްބަރު 2025
އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

29 ނޮވެމްބަރު 2025
އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް

ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް

29 އޮކްޓޯބަރު 2025
ވެރިކަމަށް އަންނަތާ 3 މަސް ތެރޭ ނިންމަން ވައުދުވި ކުނަހަންދޫ ފުޓުސަލް ދަނޑުގެ މަސައްކަތް ހުއްޓިފަ

ވެރިކަމަށް އަންނަތާ 3 މަސް ތެރޭ ނިންމަން ވައުދުވި ކުނަހަންދޫ ފުޓުސަލް ދަނޑުގެ މަސައްކަތް ހުއްޓިފަ

06 އޯގަސްޓު 2025

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު