Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަމީންގެ ޓްރަރިޒަމް މައްސަލަ

ލިބުނު ފުރުސަތުގައި ހެކި ހުށަހެޅިފައި ނުވުމުން މުރާޖައާކުރި މައްސަލަ ވެސް އަމީނާ ދެކޮޅަށް!

އޭނާ ހަނގުރާމަތަކަށް މީހުން ފޮނުވާކަމަށް ދައުލަތުން ވަނީ ބުނެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 25 އޯގަސްޓު 2021 | ބުދަ 09:32
އަމީންގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލައިގައި މީގެ ކުރިން ކުރިއަށް ގެންދިޔަ އަޑުއެހުމެއްގެ ތެރެއިން

އަމީންގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލައިގައި މީގެ ކުރިން ކުރިއަށް ގެންދިޔަ އަޑުއެހުމެއްގެ ތެރެއިން

ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރާކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީނަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އަމީނަކީ ރާއްޖޭގެ އައިއެސްގެ ލީޑަރު ކަމަށާއި، ހަނގުރާމަތަކަށް އޭނާ މީހުން ރެކްރޫޓް ކުރާ ކަމަށް އެންމެ ފަހުން މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ފާހަގަކޮށްފައިވެއެވެ. އަމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަމުން ގެންދަވަނީ އިސްގާޒީ އަހުމަދު ޝަކީލެވެ.

މައްސަލަ ގޮސްފައިވާ ހިސާބު:

އަމީނަށް ހެކި ހުށަހަޅަން ފުރުސަތު ގެއްލިފައިވާ އިރު، އިބްތިދާއީ މަރުހަލާގައި އަމީނަށް ހެކި ހުށަހަޅަން ފުރުސަތު ދިނެވެ. ނަމަވެސް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވި އެ އަޑުއެހުމުގައި އަމީންގެ ފަރާތުން ހުށަހަޅާނެ ހެއްކެއް ނެތް ކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް އެންމެ ފަހުން މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި އިބްތިދާއީ ބަޔާން އިއްވަމުން އަމީންގެ ވަކީލް އަހުމަދު ޔާމީން ވަނީ ދިފާއީ ހެކި ހުށަހަޅަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. ދައުލަތުގެ ދައުވާތަކަށް އަމީން އިންކާރު ކުރާ ކަމަށާއި، އެ ދެ ދައުވާއަކީ ވެސް އެއްވެސް ހަގީގަތެއް ނެތް އަސްލެއް ނެތް ވާހަކަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ދައުވާތަކެއް ކަމަށް ދިފާއީ ވަކީލު ވިދާޅުވެ، ދިފާއުގައި ހެކި ހުށަހަޅަން ބޭނުންވާ ކަމަށް ބުނެފައިވެއެވެ. މި މައްސަލަ ބައްލަވާ ގާޒީ، އިސްގާޒީ އަހުމަދު ޝަކީލް ވަނީ އިބްތިދާއީ މަރުހަލާ ފެށުމަށް ވެސް ހެކި ހާމަކުރުމަށް އަމީނަށް އެކަށީގެންވާ މުއްދަތެއް ލިބުނު ކަމަށް ވިދާޅުވެ، އެ މުއްދަތުގެ ބޭނުން ނުހިފައި މި މަރުހަލާގައި ހެކި ހުށަހަޅަން ފުރުސަތަށް އެދުނު ނަމަވެސް، އެ ފުރުސަތު ދެވެން ނެތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ ނިންމެވުން މުރާޖައާ ކޮށްދެެއްވުން ދިފާއުން އެދިފައިވާތީ ބުދަ ދުވަހު ވަނީ މި މައްސަލައިގެ އިތުރު އަޑުއެހުމެއް ކުރިއަށް ގެންގޮސްފައެވެ.

ބުދަ ދުވަހުގެ ޝަރީއަތް:

ބުދަ ދުވަހުގެ އަޑުއެހުމަކީ ދިފާއުން ހުށައަޅާފައިވާ ހެކި ބަލައިނުގަތުމަށް ޝަރީއަތުން ނިންމެވި ނިންމެވުން މުރާޖައާ ކޮށްދިނުން އެދި އަމީންގެ ވަކީލުގެ ފަރާތުން ހުށައެޅުއްވި މައްސަލައާއި ގުޅިގެން ކުރިއަށް ދިޔަ އަޑުއެހުމެކެވެ. ދިފާއުން ވަނީ އަމީންގެ މައްސަލައިގައި ދައުލަތުން ތަފާތުކުރުން ގެންގުޅޭކަމަށް ތުހުމަތުކޮށްފައެވެ. ދިފާއުން ވަނީ ޝަަފަވީ 5 ހެއްކެއް ހުށައަޅަން ބޭނުންވާކަން ފާހަގަކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ގާޒީ ޝަކީލު ވިދާޅުވީ، ދިފާއުން ހުށަހަޅާފައިވާ 5 ހެކިންނަކީ ވެސް އަމީން ދަންނަ ފަރާތްތައް ކަމަށާއި، އޭނާގެ ދީނީ ފިކުރާއި އޭނާއާ ގުޅޭ ކަންކަން ދަންނަ ފަރާތްތަކެއްކަމަށްވާތީ ހުށަހަޅާ ހެކިތަކެއްކަން ދިފާއުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ޝަރީއަތުން ބެލި ބެލުމުގައި މި ހާލަތުގައި ހެއްކެއް ހުށައެޅުމުގެ ފުރުސަތު އަރުވާނަަމަ އެ ހެއްކަކީ ކުރިން ދިޔަ މަރުޙަލާތަކުގެ ފަހުން ވުޖޫދުވި ހެއްކަކަށް ވާން ޖެހޭނެކަމަށް ޤަބޫލު ކުރެއްވޭ ކަމަށެވެ. އެގޮތުން މި ހެކިންނަކީ ކުރިން ވެސް ތިބޭނެ ހެކިންކަމަށް ގާޒީ ޝަކީލު ވިދާޅުވިއެވެ. އަދި ކިތާބީ ހެކިތަކަކީ ވެސް ކުރިން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ހެކިތަކެއްކަން ފާހަގަ ކުރައްވައި ގާޒީ ވިދާޅުވީ، އަލަށް ފާޅުވި އެއްވެސް ހެއްކެއް ނެތް ކަމަށެވެ. ވުމާއެކު އާންމު އުސޫލުން ބަލާއިރު މިއީ ކުރަން ހުށަހެޅެން އޮވެ، ހުށަހަޅާފައި ނުވާ ހެކިތަކަކަށްވާތީ މި ހެކިތައް ބަލައިގަތުމަށް އިއުތިރާޒް ކުރައްވާކަމަށް ގާޒީ ޝަކީލު ވިދާޅުވިއެވެ.

ދެން މި މައްސަލައިގައި އޮތީ ހެކިބަސް ނެގުން ކަމަށް ވާތީ އެކަމަށް ތިން އަޑުއެހުމެއް ވަނީ ތާވަލުކޮށްފައެވެ. އެއީ މި މަހުގެ 26 ވަނަ ދުވަހަށް އެއް އަޑުއެހުން އަދި އަންނަ މަހަށް ދެ އަޑުއެހުމެވެ. މައްސަލައިގެ ހުލާސާ ބަޔާން އަންނަ މަހު 29 ގައި އިއްވައި، އޮކްޓޯބަރު މަހުގެ ފަހު ކޮޅު ނުވަތަ ނޮވެމްބަރު މަހުގެ ކުރީކޮޅު ހުކުމް އިއްވޭނެ ކަމަށް ވެސް އިސް ގާޒީ ވިދާޅުވިއެވެ.

އަމީން އަކީ އެމެރިކާއިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ. އަމީނަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން އޭނާ އަށް މާލީ ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާފައިވެއެވެ.

އަމީންޓެރަރިސްޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓެރަރިސްޓް ޖަމާޢަތްތަކާއި، ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު މުރާޖާކުރުމަށްފަހު އާންމުކޮށްފި

ޓެރަރިސްޓް ޖަމާޢަތްތަކާއި، ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު މުރާޖާކުރުމަށްފަހު އާންމުކޮށްފި

10 އޮކްޓޯބަރު 2023
ޓެރަރިޒަމް އޮޕަރޭޝަން: 5 މީހަކު ޝަރީއަތް ނިމެންދެން ބަންދު

ޓެރަރިޒަމް އޮޕަރޭޝަން: 5 މީހަކު ޝަރީއަތް ނިމެންދެން ބަންދު

20 ނޮވެމްބަރު 2022
އަމީނަށް ކުރާ ދައުވާ: "ސެންސިޓިވް" ވާހަކަތަކެއް ދިފާއުން ދައްކަން ބޭނުންވާތީ އަޑުއެހުން ސިއްރު

އަމީނަށް ކުރާ ދައުވާ: "ސެންސިޓިވް" ވާހަކަތަކެއް ދިފާއުން ދައްކަން ބޭނުންވާތީ އަޑުއެހުން ސިއްރު

26 ސެޕްޓެމްބަރު 2022
ނަޝީދުގެ އިތުރުން މައުމޫނާއި ޤާސިމްގެ ލޭ ހުއްދަވާނެކަމަށް ތަސްލީމު ބުނި: ސިއްރު ހެކިވެރިއެއް

ނަޝީދުގެ އިތުރުން މައުމޫނާއި ޤާސިމްގެ ލޭ ހުއްދަވާނެކަމަށް ތަސްލީމު ބުނި: ސިއްރު ހެކިވެރިއެއް

19 ސެޕްޓެމްބަރު 2022
ވެންޓިލޭޓަރު މައްސަލަ: ދައުވާ ނުކުރާތީ، އަމީންއާއި އިތުރު ބައެއްގެ މައްސަލަ ފައިލްކޮށްފި

ވެންޓިލޭޓަރު މައްސަލަ: ދައުވާ ނުކުރާތީ، އަމީންއާއި އިތުރު ބައެއްގެ މައްސަލަ ފައިލްކޮށްފި

20 އޯގަސްޓު 2022

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު