Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެންޓިލޭޓަރު ޚިޔާނާތް

ވެންޓިލޭޓަރު މައްސަލަ: ދައުވާ ނުކުރާތީ، އަމީންއާއި އިތުރު ބައެއްގެ މައްސަލަ ފައިލްކޮށްފި

20 އޯގަސްޓު 2022 | ހޮނިހިރު 07:44

ތަހުގީގު ފުރިހަަމަކުރުމަށް ޕީޖީން އޭސީސީއަށް މައްސަލަ ފޮނުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 އޯގަސްޓު 2022 | ހޮނިހިރު 07:44
ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

ކޮވިޑް-19އާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ މައްސަލައިގައި ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ހިމެނޭހެން އިތުރު ބައެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފައިލްކޮށްފިއެވެ.

ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ މައްސަލައިގައި 11 ފަރާތެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ 14 އޮކްޓޫބަރު 2020ގައެވެ. އެހެންނަމަވެސް ތަހުގީގު ފުރިހަަމަކުރުމަށް ޕީޖީން އަނެއްކާވެސް މައްސަލަ އޭސީސީއަށް ފޮނުވީއެވެ.

Advertisement - newsAdvertisement

ތަހުގީގު އިތުރަށް ފުރިހަމަކުރުމަށް ޕީޖީ އޮފީހުން އަންގާފައިވާ ކަންކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަލުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 31 އޮކްޓޫބަރު 2021ގައެވެ. އޭރު އޭސީސީން ބުނެފައިވަނީ 14 އޮކްޓޫބަރު 2020ގައި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ 11 ފަރާތުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާމެދު ކޮމިޝަނުން އޭރު ނިންމާފައިވާ ނިންމުމަށް ބަދަލު ގެނެސްފައި ނުވާނެކަމަށެވެ.

އޭސީސީން ވަނީ މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ 11 ފަރާތަށް އިތުރު ދައުވާތަކެއް ކޮށްދިނުމަށް އެދިފައެވެ. އެގޮތުން މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ގާނޫނު ނަންބަރު: 02/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނު)ގެ 13 ވަނަ މާއްދާގެ ދަށުން، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކުރުމަށް ވަނީ އެދިފައެވެ.

އެހެންނަމަވެސް ޕީޖީން ވަނީ މި މައްސަލަ އަނބުރާ ފޮނުވާލާފައެވެ.

ރާއްޖެއެމްވީއާ ވާހަކަފުޅުދައްކަވަމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޕީޖީން އެ މައްސަލަ ދައުވާ ނުކޮށް އަނބުރާ ފޮނުވާލާފައިވާތީ އެ މައްސަލަ މިހާރު ފައިލްކޮށްފައިވާކަމަށެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ، ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތާއެކު ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ތެރެއިންނެވެ. 

ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީން ބޮޑެތި އޮޅުވާލުންތަކެއް ހިނގާފައިވާ ކަމަށް ފާހަގަވީ، ކޮވިޑާ ގުޅިގެން ކޮށްފައިވާ ޚަރަދުތައް ރައްޔިތުންގެ މަޖިލީހުގެ އެންގުމަށް، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހެދި އޮޑިޓަށް ފަހުއެވެ. ނަމަވެސް ޕީޖީ އޮފީހުން މައްސަލަ އަނބުރާ ފޮނުވާލީ މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުކުރެވޭ މިންވަރަށް ހެކި ހުށައަޅާފައި ނުވާކަމަށް ބަޔާންކޮށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންއަމީން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!

17 ނޮވެމްބަރު 2025
ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!
12 ނޮވެމްބަރު 2025

އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

12 ނޮވެމްބަރު 2025
އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް
10 ނޮވެމްބަރު 2025

ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

10 ނޮވެމްބަރު 2025
ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް
09 ނޮވެމްބަރު 2025

މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ

09 ނޮވެމްބަރު 2025
މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ
10 ސެޕްޓެމްބަރު 2025

ފްލެޓާ ގުޅޭގޮތުން އެފްޑީސީން ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އޭސީސީއަށް

10 ސެޕްޓެމްބަރު 2025
ފްލެޓާ ގުޅޭގޮތުން އެފްޑީސީން ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އޭސީސީއަށް
08 އޯގަސްޓު 2025

"މި ސަރުކާރު ފާހަގަކުރެވެނީ ބައި އަޅަން ޖެހޭ މީހުންނަށް ބައި ނޭޅީމަ، ކޮރަޕްޝަންގެ މައްސަލަ ބަލާ ސަރުކާރެއްގެ ގޮތުގައި."

08 އޯގަސްޓު 2025
"މި ސަރުކާރު ފާހަގަކުރެވެނީ ބައި އަޅަން ޖެހޭ މީހުންނަށް ބައި ނޭޅީމަ، ކޮރަޕްޝަންގެ މައްސަލަ ބަލާ ސަރުކާރެއްގެ ގޮތުގައި."
20 އެޕްރީލު 2025

ފުލުހުންގެ އެހީތެރިކަމާއެކު އެގްރިކަލްޗަރ މިނިސްޓްރީއަށް އޭސީސީން ވަދެއްޖެ

20 އެޕްރީލު 2025
ފުލުހުންގެ އެހީތެރިކަމާއެކު އެގްރިކަލްޗަރ މިނިސްޓްރީއަށް އޭސީސީން ވަދެއްޖެ
18 އެޕްރީލު 2025

އައިޔޫއެމްއިން ހައްގުނޫން މީހަކަށް ވަޒީފާ ދިން މައްސަލާގައި ދެ ބޭފުޅަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް

18 އެޕްރީލު 2025
އައިޔޫއެމްއިން ހައްގުނޫން މީހަކަށް ވަޒީފާ ދިން މައްސަލާގައި ދެ ބޭފުޅަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް
28 ފެބުރުއަރީ 2025

ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި

28 ފެބުރުއަރީ 2025
ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި
27 ފެބުރުއަރީ 2025

ގެދޮރުވެރިޔާ ފުލެޓް ލިސްޓް އާއްމުކޮށްފި

27 ފެބުރުއަރީ 2025
ގެދޮރުވެރިޔާ ފުލެޓް ލިސްޓް އާއްމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް