Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަމީންގެ ޓެރަރިޒަމް ޝަރީއަތް

އަމީންއަށް ކުރާ ދައުވާ އެހެން ދުވަހަކަށް ރީޝެޑިއުލް ކުރަނީ

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އިސްގާޒީ އަހުމަދު ޝަކީލް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 މާރިޗު 2022 | އާދީއްތަ 07:15
ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީން

ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީން

ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރާކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މުހައްމަދު އަމީނުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން އެހެން ދުވަހަކަށް ރީޝެޑިއުލް ކުރުމަށް ނިންމައިފިއެވެ.

މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ އާދިއްތަ ދުވަހުގެ ހެނދުނު 09:30 އަށެވެ. އެގޮތުން އަޑުއެހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ ވީޑިއޯ ކޮންފަރެންސްކޮށެވެ. އެހެންނަމަވެސް، ދިފާއުން ވަނީ ކޯޓަށް ހާޒިރުވެގެން ޝަރީއަތް ކުރިއަށް ގެންދަން ބޭނުންވާކަން ފާހަގަކޮށްފައެވެ. ވުމާއެކު، މައްސަލަ ބައްލަވާ ގާޒީވެސް ނިންމެވީ މިމައްސަލަ ކޯޓަށް ހާޒިރުވެގެން ކުރިއަށް ގެންދިއުމަށް މައްސަލަ އެހެން ދުވަހަކަށް ރީ ޝެޑިއުލް ކުރެއްވުމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އިސްގާޒީ އަހުމަދު ޝަކީލެވެ.

އަމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ކުރިއަށް މިގެންދަނީ އޭނާގެ ދައުވާތައް ހައިކޯޓުން ބާތިލުކުރީ ރަނގަޅަށް ނޫންކަމަށާއި، އެ މައްސަލަ ކްރިމިނަލް ކޯޓުގައި ބަލަމުންދިޔަ ހިސާބުން ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމް ކުރެއްވުމާއި ގުޅިގެންނެވެ.

އަމީނަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ބަންދުކޮށްފައިވާ މީހެއްކަމަށްވާތީ އޭނާގެ މައްޗަށް ދައުވާކުރަން ޖެހޭ މުއްދަތުގައި ދައުވާކޮށްފައި ނުވާކަމަށް ބުނެ އަމީންގެ ފަރާތުން ދައުވާތައް ބާތިލުކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށައެޅިއެވެ. ހަމައެއާއެކު، ދެ ދައުވާއަކީވެސް އެއް ވާގިއާތަކެއްގެ މައްޗަށް އުފުލާފައިވާ ދައުވާތަކެއްކަމަށް ބުނެ އަމީންގެ ފަރާތުން ވަނީ ދައުވާތައް ބާތިލުކޮށްދިނުން އެދި ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ.

ނަމަވެސް އެ ހުށައެޅުން ޤަބޫލު ނުކުރުމުން އަމީންގެ ފަރާތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށް، ހައިކޯޓުން މި މައްސަލަ ނިމުނީ އަމީންއާއި އެއްކޮޅަށެވެ.

ހައިކޯޓުގެ ނިންމުމުގައި ބުނެފައިވަނީ އަމީން ބަންދުކޮށްފައިވަނީ ޓެރަރިޒަމްގެ ގާނޫނުގެ ބަދަލުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ނަމަވެސް, ދައުވާ ކުރުމަށް މުއްދަތު ގުނާފައިވަނީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކަމަށެވެ.

އަމީނުގެ ދައުވާތައް ބާތިލުކުރުމަށް ހައިކޯޓުން ނިންމާފައިވާގޮތާމެދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހިތްހަމަ ނުޖެހޭތީ އެ ގަޒިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްގެން، އެ ދައުވާތައް ބާތިލުކުރީ ރަނގަޅަށް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފައެވެ.

އަދި އަމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި އޭރު ބަލަމުން ދިޔަ ހިސާބުން ކުރިއަށް ގެންދިއުމަށް ވެސް ހުކުމުގައި ބަޔާން ކޮށްފައިވެއެވެ. އެއާއެކު މި މައްސަލައިގެ އަޑުއެހުންތައް އައު ގަޒިއްޔާ ނަންބަރަކާއެކު އަނެއްކާވެސް ކޯޓުގައި މިވަނީ ފަށާފައެވެ.

އަމީންދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

28 ޖޫން 2025
ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

04 ޖޫން 2025
މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

05 މެއި 2025
މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި

މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި

16 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު