Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަރުލަމާނީ ނިޒާމަށް ތާއިދުކުރުން

ޕެޓިޝަންގައި ސޮއިކުރާ މީހުންގެ ޖުމްލަ އަދަދު މި ހަފްތާގެ ނިޔަލަށް ހާމަކުރެވޭނެ

24 އޯގަސްޓު 2021 | އަންގާރަ 08:06

ޕެޓިޝަންގައި ސޮއިކުރުމުގެ ކަންތައްތައް އެއް ސަރަހައްދަށްވުރެން ގިނަ ސަރަހައްދުތަކުގައި ކުރިއަށްދޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 އޯގަސްޓު 2021 | އަންގާރަ 08:06
އެމްޑީޕީގެ ބައެއް މެމްބަރުން ހުށަހަޅާ ފެޓިޝަންގައި ސޮއިކުރި ބައެއް މަޖިލިސް މެމްބަރުން

އެމްޑީޕީގެ ބައެއް މެމްބަރުން ހުށަހަޅާ ފެޓިޝަންގައި ސޮއިކުރި ބައެއް މަޖިލިސް މެމްބަރުން

ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ޕެޓިޝަންގައި ސޮއިކުރާ މީހުންގެ ޖުމްލަ އަދަދު މި ހަފްތާގެ ނިޔަލަށް ހާމަކުރެވޭނެ ކަމަށް އެމްޑީޕީގެ ޕެޓިޝަން ކޮމެޓީން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫތު ދެއްވަމުން އެ ކޮމެޓީގެ މެމްބަރަކު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން ބައެއް ބޮޑެތި ރަށްތައް ކަމަށްވާ އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ޕެޓިޝަންގައި ސޮއިކުރުމުގެ ކަންތައްތައް އެއް ސަރަހައްދަށްވުރެ ގިނަ ސަރަހައްދުތަކުގައި ކުރިއަށްދާނެ ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން ޕެޓިޝަންގައި ސޮއިކުރާ މީހުންގެ ޖުމްލަ އަދަދު ލިބޭނީ މި ހަފްތާގެ ނިޔަލަށް ކަމަށެވެ. މެމްބަރު އިތުރަށް ވިދާޅުވީ ޕެޓިޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން މަޖިލީހުގެ ބައެއް މެމްބަރުން ވެސް ޕެޓިޝަންގައި ސޮއިކުރަމުން އަންނައިރު މަޖިލިސް މެމްބަރުންނާއި އިސް މަޤާމުތަކުގައި އުޅުއްވާ ބޭފުޅުންގެ ގާތަށް ގޮސް، ސޮއި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް މި ޕެޓިޝަންގައި މަޖިލީހުގެ 14 މެމްބަރަކު ސޮއިކުރައްވާފައިވާއިރު އެ މެމްބަރުންނަކީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)އާއި ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އީވާ އަބްދުﷲއާއި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާއި ގައްދޫ ދައިރާގެ މެމްބަރު އަހްމަދު ޒާހިރާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި  ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާނާއި ނ. ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގާއި މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދެވެ.

ނިޒާމު ބަދަލުކުރުމަށް އެމްޑީޕީން ވީ ވައުދު ރައީސް ފުއްދަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ބުނެ އެމްޑީޕީގެ ބައެއް މެމްބަރުން ފެޓިޝަނެއް ހުށަހަޅަން ތައްޔާރުވަމުންދާއިރު ގުޅިފައިވާ ޕާޓީތަކުން އެކުލަވާލި މެނިފެސްޓޯގައި ބަރުލަމާނީ ނިޒާމު ގެންނަން ވައުދުވެފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.

މަބްރޫކް ވިދާޅުވީ ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ވާހަކަ އޮތީ އެމްޑީޕީން ފުރަތަމަ ތައްޔާރުކުރި ޖަޒީރާ މެނިފެސްޓޯގައި ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުން އެކުލަވާލި މެނިފެސްޓޯގައި އެކަން ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މަރުހަބާ ވިދާޅުވާ ކަމެއް ކަމަށެވެ.

ރައީސް ޞާލިޙް މީގެ ކުރިން ވެސް ވިދާޅުވެފައިވަނީ ރާއްޖޭގައި އޮންނާނެ ނިޒާމެއް ކަނޑައަޅާނީ ރައްޔިތުން ކަމަށެވެ. މަބްރޫކް ވިދާޅުވީ ރައީސްގެ ހަމައެކަނި އަމާޒަކީ ވައުދުތައް ފުއްދެވުން ކަމަށެވެ.

މި ހަރަކާތް ހިންގާ މެމްބަރުން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕެޓިޝަނުގައި ސޮއިކުރުމުގެ ކަންތައްތައް ކުރިއަށްދާނެ ކަމަށެވެ. މި މަހުގެ 21 ވަނަ ދުވަހު ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ފަށާފައިވާއިރު އަންނަ މަހުގެ 10 ވަނަ ދުވަހު މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް