Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނިޒާމު ބަދަލުކުރުން

ގުޅިފައިވާ ޕާޓީތަކުން އެކުލަވާލި މެނިފެސްޓޯގައި ބާރުލަމާނީ ނިޒާމު ގެންނަން ވައުދުވެފައެއް ނުވާނެ: މަބްރޫކް

23 އޯގަސްޓު 2021 | ހޯމަ 09:56

ރާއްޖޭގައި އޮންނާނެ ނިޒާމެއް ކަނޑައަޅާނީ ރައްޔިތުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 23 އޯގަސްޓު 2021 | ހޯމަ 09:56
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މަބްރޫކް އަޒީޒް

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މަބްރޫކް އަޒީޒް

ގުޅިފައިވާ ޕާޓީތަކުން އެކުލަވާލި މެނިފެސްޓޯގައި ބާރުލަމާނީ ނިޒާމު ގެންނަން ވައުދުވެފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ވާހަކަ އޮތީ އެމްޑީޕީން ފުރަތަމަ ތައްޔާރުކުރި ޖަޒީރާ މެނިފެސްޓޯގައި ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުން އެކުލަވާލި މެނިފެސްޓޯގައި އެކަން ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މަބްރޫކް މިހެން ވިދާޅުވީ ނިޒާމު ބަދަލުކުރުމަށް އެމްޑީޕީން ވީ ވައުދު ރައީސް ފުއްދަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ބުނެ އެމްޑީޕީގެ ބައެއް މެމްބަރުން ފެޓިޝަނެއް ހުށަހަޅަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

މަބްރޫކް ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މަރުހަބާ ވިދާޅުވާ ކަމެއް ކަމަށެވެ.

ރައީސް ޞާލިޙް މީގެ ކުރިން ވެސް ވިދާޅުވެފައިވަނީ ރާއްޖޭގައި އޮންނާނެ ނިޒާމެއް ކަނޑައަޅާނީ ރައްޔިތުން ކަމަށެވެ. މަބްރޫކް ވިދާޅުވީ ރައީސްގެ ހަމައެކަނި އަމާޒަކީ ވައުދުތައް ފުއްދެވުން ކަމަށެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށާފައިވާއިރު ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ވެރިކަން ކުރަން އެންމެ ރަނގަޅު ގޮތެއް ކަމަށް ދެކެނީ ބަރުލަމާނީ ނިޒާމް ކަމަށާއި، އެއީ އަބަދުވެސް އެކަން ގަބޫލުކުރައްވާ ގޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގެ ކޮންމެ ގައުމެއް ކަމުގައި ވިޔަސް ވެރިކަން ކުރަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށާއި، ދިވެހިރާއްޖޭގެ ތާރީޚަށް ބަލާލިކަމުގައި ވިޔަސް ބަރުލަމާނީ ނިޒާމަކީ ދިވެހީންނާ ބީރައްޓެހި ނިޒާމެއް ނޫން ކަމަށެވެ. ރާއްޖޭގައި ކުރިން ވެރިކަން ކުރަމުން ގެންދިޔައީ ބަރުލަމާނީ ނިޒާމަށް ކަމަށް ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ ނިޒާމަކީ ދިވެހިންގެ ތެރެއަށް މިފަހަކަށް އައިސް ލިބުނު ނިޒާމެއް ކަމަށެވެ.

ރައީސް ނަޝީދު ތަފާތު އެކި ބައްދަލުވުންތަކުގައި ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުގެ ވާހަކަ އަންނަނީ ދައްކަވަމުންނެވެ. އެކަމަކު، އައު ގާނޫނު އަސާސީ އެކުލަވާލިއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ރައީސް ޞާލިޙް ވިދާޅުވީ، ގާނޫނު އަސާސީ އެކުލަވާލިއިރުގައި ނިޒާމުގެ ވާހަކައަކީ ރައްޔިތުން ކައިރިއަށް ގޮސް ރައްޔިތުންގެ އަޑު އަހައިގެން ނިންމާފައި އޮތް ނިންމުމެއް ކަމަށާއި، ބަރުލަމާނީ ނިޒާމެއް ގެނައުމާ މެދުވެސް ގޮތެއް ނިންމާނީ ރައްޔިތުން ކަމަށެވެ.

ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެމަނިކުފާނުގެ ތާއީދު ލިބޭނީ ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވާ ކެނޑިްޑޭޓުންނަށް ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

04 މެއި 2017

ކައުންސިލް އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް ރައީސް މައުމޫން އެދިލައްވާ: ޔުމްނާ

04 މެއި 2017
ކައުންސިލް އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް ރައީސް މައުމޫން އެދިލައްވާ: ޔުމްނާ
03 މެއި 2017

އިދިކޮޅު ސިޔާސީ ޕާޓީތަކުން ބާއްވާ ބޮޑު ޖަލްސާ މިރޭ ގއ. ވިލިނގިލީގައި

03 މެއި 2017
އިދިކޮޅު ސިޔާސީ ޕާޓީތަކުން ބާއްވާ ބޮޑު ޖަލްސާ މިރޭ ގއ. ވިލިނގިލީގައި
26 އެޕްރީލު 2017

ގުޅިފައިވާ ޕާޓީތަކުން ރާއްޖޭގެ ހާލަތު އޮސްޓްރޭލިޔާ އެމްބެސެޑަރާ ހިއްސާކޮށްފި

26 އެޕްރީލު 2017
ގުޅިފައިވާ ޕާޓީތަކުން ރާއްޖޭގެ ހާލަތު އޮސްޓްރޭލިޔާ އެމްބެސެޑަރާ ހިއްސާކޮށްފި
19 އެޕްރީލު 2017

ގުޅިފައިވާ ޕާޓީަތކުން ބޭއްވި ކަންމަތީ ބައްދަލުވުން އިންޒާރެއް ނުދީ ރޫޅާލައިފި

19 އެޕްރީލު 2017
ގުޅިފައިވާ ޕާޓީަތކުން ބޭއްވި ކަންމަތީ ބައްދަލުވުން އިންޒާރެއް ނުދީ ރޫޅާލައިފި
17 އެޕްރީލު 2017

އިދިކޮޅު ޕާޓީތަކުން އިންޑިއަން ހައިކޮމިޝަނަރާ ބައްދަލުކޮށްފި

17 އެޕްރީލު 2017
އިދިކޮޅު ޕާޓީތަކުން އިންޑިއަން ހައިކޮމިޝަނަރާ ބައްދަލުކޮށްފި
09 އެޕްރީލު 2017

ގަވާއިދަށް ގެނައި އިސްލާހު ގާނޫނާ އަސާސީއާ ހިލާފު، އެޖެންޑާ ވެސް ނުކުރެވޭނެ: ގުޅިފައިވާ ޕާޓީތައް

09 އެޕްރީލު 2017
ގަވާއިދަށް ގެނައި އިސްލާހު ގާނޫނާ އަސާސީއާ ހިލާފު، އެޖެންޑާ ވެސް ނުކުރެވޭނެ: ގުޅިފައިވާ ޕާޓީތައް
30 މާރިޗު 2017

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތައް އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރަނީ

30 މާރިޗު 2017
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތައް އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރަނީ
28 މާރިޗު 2017

ރާއްޖެ ހަމަމަގަށް އެޅުވުމަށް ގުޅިފައިވާ ކޯލިޝަނެއް މުހިއްމު: ޗަންދްރިކާ

28 މާރިޗު 2017
ރާއްޖެ ހަމަމަގަށް އެޅުވުމަށް ގުޅިފައިވާ ކޯލިޝަނެއް މުހިއްމު: ޗަންދްރިކާ
24 މާރިޗު 2017

ސިޔާސީ ޕާޓީތަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި

24 މާރިޗު 2017
ސިޔާސީ ޕާޓީތަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި
22 މާރިޗު 2017

ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް

22 މާރިޗު 2017
ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް