Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހައުސިންގ ޔުނިޓް އެޅުން

ތ. ވިލުފުށީގައި ނުނިމި ހުރި ހައުސިންގ ޔުނިޓްތައް ނިންމުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި

މި މަޝްރޫއަކީ ނޫމަޑި ކުންފުނިން 2011 ގައި ފަށާފައިވާއިރު މަޝްރޫއެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 23 އޯގަސްޓު 2021 | ހޯމަ 03:28
ތ. ވިލިފުށީ ހައުސިންގ ޔުނިޓްތައް ނިންމުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރަނީ

ތ. ވިލިފުށީ ހައުސިންގ ޔުނިޓްތައް ނިންމުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރަނީ

ތ. ވިލުފުށީގައި ނުނިމި ހުރި 36 ހައުސިންގ ޔުނިޓް ނިންމުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ މި މަޝްރޫއަކީ ނޫމަޑި ކުންފުނިން 2011 ގައި ފަށާފައިވާ މަޝްރޫއެއް ކަމަށެވެ. އެހެންނަމަވެސް 2014 ގައި މަޝްރޫއުގެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި މި މަޝްރޫއުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 200 ހައުސިންގ ޔުނިޓްގެ ތެރެއިން އިމާރާތް ކުރަން ފަށާފައިވަނީ 64 ހައުސިންގ ޔުނިޓްގެ މަސައްކަތް ކަމަށެވެ.

Advertisement - newsAdvertisement

މި މަޝްރޫއަށް ޚަރަދު ކުރަނީ 2021 ވަނަ އަހަރު ޕީއެސްއައިޕީ ބަޖެޓުން ކަމަށާއި މި މަސައްކަތް 240 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މި ކޮންޓްރެކްޓްގެ އަގަކީ 82،138،268.57 ރުފިޔާއެވެ. އޮގަސްޓް 19 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު ވިޝާން ނަސީމެވެ. އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މުހައްމަދެވެ.

ޕްލޭނިންގ މިނިސްޓްރީން މި މަސައްކަތް އަމީން ކޮންޓްރަކްޝަނާ ހަވާލުކޮށްފައިވާއިރު ކުރީގެ މިނިސްޓަރ އޮފް ހައުސިންގ އާރބަން އެންޑް ޑިވެލޮޕްމަންޓް އާތިފާ ޝަކޫރު ވަނީ މިކަމާ ގުޅިގެން މަޖިލީހަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފައެވެ. ވިލުފުށީ ހައުސިން ޔުނިޓްގެ ފަރުމާއާ ގުޅޭގޮތުން ރައްޔިތުންގެ ޝަކުވާތައް ހުރުމުން އެކަމަށް ހައްލެއް ހޯއްދަވައިދެއްވިދާނެތޯ، މެމްބަރު އަފީފް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އާތިފާ ވިދާޅުވީ ވިލުފުށީ ހައުސިން ޔުނިޓްތައް ފަރުމާކުރުމުގައި ބޭނުންކުރަމުން އަންނަނީ، ސަރުކާރުގެ އެހެން ހައުސިންގ މަޝްރޫއުތަކުގައި ވެސް ބޭނުންކުރަމުން އަންނަ ފަރުމާ ކަމަށެވެ. އަދި އެ ފަރުމާއާ ގުޅޭގޮތުން ވިލުފުށީ ރައްޔިތުންގެ ފަރާތުން އެއްވެސް ޝަކުވާއެއް މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް މި ވަގުތު ފަރުމާއަށް ބަދަލުގެނައުމަކީ އެކަމަށް ހޭދަވެގެންދާނެ ޚަރަދަށް ބަލާއިރު ކުރެވޭނެ ކަމެއް ނޫން ކަމަށް އާތިފާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ފަރުމާތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ޝަކުވާ ހުރިނަމަ ނުވަތަ ފަރުމާ ބަދަލުކުރަން އެދޭނަމަ ކުރިއަށް ހުރި ހައުސިންގ މަޝްރޫއުތަކުގައި ފަރުމާއަށް ބަދަލު ގެނެވިދާނެ ކަމަށް އާތިފާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު