Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބޫސްޓާ ޑޯޒް

ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް އަދި ޖަހަން ޖެހޭނެ: ހެލްތް މިނިސްޓަރު

ދުނިޔޭގެ ނިސްބަތުން ބެލި ނަމަވެސް ރާއްޖެއަކީ ވެކްސިން ޖެހި ގައުމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ގައުމަކަށްވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 22 އޯގަސްޓު 2021 | އާދީއްތަ 08:02
ހެލްތް މިނިސްޓަރު ނަސީމް އިންޓަވިއު ދެއްވަނީ

ހެލްތް މިނިސްޓަރު ނަސީމް އިންޓަވިއު ދެއްވަނީ

ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް އަދި ޖަހަން ޖެހޭނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް 112،000 (އެއްލައްކަ ބާރަ ހާސް) ޑޯޒްގެ އެސްޓްރަޒެނެކާ ކޮވިޑް-19 ވެކްސިން ހަދިޔާކޮށްފައިވާއިރު ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތް މިނިސްޓަރު ވިދާޅުވީ ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަން ޖެހޭނެ ކަމަށާއި އެ ހުރިހާ ކަންތައްތަކަށް ބަލާއިރު މި ވެކްސިން އަކީ ލިބުނު ރަނގަޅު އެއްޗެއް ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ ކޮވިޑުގެ ހާލަތު ފެށުނީއްސުރެން ކަންތައްތައް ވަރަށް ގާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ބައްލަވަމުން ގެންދަވާ ކަމަށާއި އެކަމުގެ ސަބަބުން ކާމިޔާބީތައް ލިބެމުންދާ ކަމަށެވެ. ދުނިޔޭގެ ނިސްބަތުން ބެލި ނަމަވެސް ރާއްޖެއަކީ ވެކްސިން ޖެހި ގައުމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ގައުމަކަށްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވައި މިނިސްޓަރު ނަސީމް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ރަޝިއާއިން ގަންނަން ނިންމާފައިވާ ސްޕަޓްނިކް ވީ ވެކްސިންގެ ނުގަތުމަށް ސަރުކާރުން ނިންމާފައިވާއިރު މިނިސްޓަރު ނަސީމް ވިދާޅުވީ ބޭނުން ޖެހިއްޖެ ހާލަތެއްގައި އަންނަ އަހަރުގެ ތެރޭގައި ގެންނާނެ ކަމަށެވެ. ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ސަރުކާރުން ސްޕަޓްނިކް ވީ ވެކްސިން ގަތުމަށް ނިންމާފައިވާ ނިންމުން އަނބުރާ ގެންދަވާފައިވާ ކަމަށާއި، މިވަގުތު ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ރައްކާ ކުރެވިފައިވާ ކަމަށެވެ. އަދި މި ކަމާ ގުޅޭ ގޮތުން ދެގައުމުގެ ދެމެދުގައި މަޝްވަރާތަކެއް ކުރެވިފައިވީ ނަމަވެސް، ވެކްސިން ގަތުމަށް ފައިސާގެ މުއާމަލާތެއް ކޮށްފައި ނުވާ ކަމަށެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅިގެން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެފައިވަނީ ސްޕަޓްނިކްވީ ވެކްސިން ގެނައުމުގެ އެއްބަސްވުމުގައި ސޮއި ނުކުރާ ކަމަށެވެ. މި ވެކްސިނަކީ ރާއްޖޭގައި ޖެހުމަށް ހުއްދަ ދީފައިވާ ވެކްސިނެކެވެ. އަދި މިއީ ޑަބްލިއުއެޗްއޯގެ އިމަރޖެންސީ ހުއްދައިގެ ދަށުން 66 ގައުމެއްގައި ބޭނުން ކުރަމުން އަންނަ ވެކްސިނެކެވެ.

ކޮވިޑުން ދިފާއުވުމަށް ވެކްސިން ހޯދުމަށް ކުރި މަސައްކަތުގެ ދަށުން، ސިންގަޕޫރުގެ އެސްޓްރަޒެނިކާ ކުންފުނިން ގެންނަން ފައިސާ ދެއްކި ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ވަނީ ރާއްޖެއަށް ލިބިފައެވެ. މިއާއެކު ރާއްޖޭގެ އާބާދީއަށް ބޭނުންވާ ވަރަށް ވެކްސިން ކަށަވަރު ކުރެވިފައިވާތީ މި މަހުގެ ނިޔަލަށް ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތައަށް ވެކްސިން ޖަހާ ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.

ރަޝިއާގެ ސްޕަޓްނިކް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ މެއި މަހުގެ 12 ވަނަ ދުވަހުއެވެ. މި ވެކްސިން ޖެހުމުގެ ހުއްދަ ދެވޭނީ އުމުރުން 18 އަހަރުން މަތީ މީހުންނަށް ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ. މިއީ ރާއްޖޭގައި ކޮވިޑް 19 ހާލަތުގައި ބޭނުން ކުރުމަށް ހުއްދަ ދީފައިވާ ހަތަރު ވަނަ ވެކްސިނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރީދޫ ހުންޖެހިފައި ތިބި މީހުންނަން އިންޖެކްޝަން ޖަހަންވީ: ރިފާއު

ރީދޫ ހުންޖެހިފައި ތިބި މީހުންނަން އިންޖެކްޝަން ޖަހަންވީ: ރިފާއު

31 އޮކްޓޯބަރު 2017
އަދީބު އަވަހާރަ ކޮށްލަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނިކޮށް، ޝައްކު އުފެދޭ އިންޖެކްޝަނެއް ޖަހަން އުޅުނު: އާއިލާ

އަދީބު އަވަހާރަ ކޮށްލަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނިކޮށް، ޝައްކު އުފެދޭ އިންޖެކްޝަނެއް ޖަހަން އުޅުނު: އާއިލާ

15 އޮކްޓޯބަރު 2017
ކްރިމިނަލް ކޯޓަށް އައީ "އީދެއް"، ބަންދުގެ މުއްދަތު ޖަހަން ނުޖެހުނު ފުރަތަމަ ދުވަސް!

ކްރިމިނަލް ކޯޓަށް އައީ "އީދެއް"، ބަންދުގެ މުއްދަތު ޖަހަން ނުޖެހުނު ފުރަތަމަ ދުވަސް!

02 ސެޕްޓެމްބަރު 2017
ގިނަ ފުލުހުން މަގުމައްޗަށް ނިކުމެ މީހުންގެ މޫނަށް ޕެޕަ ސްޕްރޭ ޖަހަން ލަނދުގަނޭ: އީސަ

ގިނަ ފުލުހުން މަގުމައްޗަށް ނިކުމެ މީހުންގެ މޫނަށް ޕެޕަ ސްޕްރޭ ޖަހަން ލަނދުގަނޭ: އީސަ

04 އޯގަސްޓު 2017
ރައްޔިތުން މަޑުންތިބޭ ނަމަ ސަލާންޖަހަން ޖެހޭ ދަރަޖައަށް ހިނގައިދާނެ: އާޒިމް

ރައްޔިތުން މަޑުންތިބޭ ނަމަ ސަލާންޖަހަން ޖެހޭ ދަރަޖައަށް ހިނގައިދާނެ: އާޒިމް

22 ޖުލައި 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު