Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެސްޓްރަޒެނެކާ ވެކްސިން ޖެހުން

އެޕޮއިންޓްމަންޓާ ނުލައި އެސްޓްރަޒެނެކާ ވެކްސިން ޖެހޭނެ

ވެކްސިން އެޕޮއިންޓްމަންޓް ހަދާފައިވާ މީހުންނަށް އިސްކަންދޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 އޯގަސްޓު 2021 | ހޮނިހިރު 16:03
އެސްޓްރަޒެނެކާ ވެކްސިން- ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާ ފާއިތުވެފައިވާ މީހުން ދެވަނަ ޑޯޒް ޖެހުމަށްވެސް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައި

އެސްޓްރަޒެނެކާ ވެކްސިން- ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާ ފާއިތުވެފައިވާ މީހުން ދެވަނަ ޑޯޒް ޖެހުމަށްވެސް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައި

މާލެ ސަހައްދުގައި އެޕޮއިންޓްމަންޓާ ނުލައި އެސްޓްރަޒެނެކާ ވެކްސިން ޖެހޭނެކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ އެސްޓްރަޒެނެކާގެ ވެކްސިންޖެހުމަށް ޚާއްސަކޮށްފައިވާ މަރުކަޒުތަކުން އެޕޮއިންޓްމަންޓާއި ނުލައި ވެކްސިންޖެހޭނެކަމަށެވެ. މި ސެންޓަރުތަކުގެ ތެރޭގައި ހިމެނެނީ ސޯޝަލް ސެންޓަރ، ހުޅުމާލޭ ހޮސްޕިޓަލް, އަދި ވިލިމާލޭ ޔޫތު ސެންޓަރެވެ. މިގޮތަށް ބަދަލު ގެނައިކަމުގައި ވީނަމަވެސް، ވެކްސިން ޖެހުމަށް މިހާތަނަށް އެޕޮއިންޓްމަންޓް ހަދާފައިވާ މީހުންނަށް އިސްކަންދޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި 18 އަހަރު ފުރި ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައި ނުވާ މީހުން ފުރަތަމަ ޑޯޒް ޖެހުމަށާއި، ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާ ފާއިތުވެފައިވާ މީހުން ދެވަނަ ޑޯޒް ޖެހުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ސޯޝަލް ސެންޓަރުން ރޭގަނޑު 20:00ން ފެށިގެން 22:00ށް އެސްޓްރަޒެނެކާ ވެކްސިން ޖެހޭނެއެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުން ހެނދުނު 09:00ން ފެށިގެން މެންދުރު 12:00ށް ވެކްސިން ޖެހޭނެކަމަށް ބުނެފައިވާއިރު، ވިލިމާލޭ ޔޫތު ސެންޓަރުން ހެނދުނު 09:00ން ފެށިގެން މެންދުރު 12:00ށް ވެކްސިން އެސްޓްރަޒެނެކާ ވެކްސިން ޖެހޭނެކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

ވެކްސިން ނުޖަހާ މީހުންނަށް ބައެއް ޚިދުމަތްތައް ލިބިގަތުމުގައި ހުރަސްތަކެއް މިހާރު ވަނީ ކުރިމަތިކޮށްފައެވެ. އެގޮތުން ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަހުން, ވެކްސިން ނުޖަހައި ދަތުރުކުރާ ފަރާތްތަކުގެ ރިލީޒް ސާމްޕަލް ދެން ހިލޭ ހަދައި ނުދޭނެ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. އަދި ވެކްސިން ނުޖަހާ މީހުންނަށް އެތެރޭގެ އުދުހުންތަކުން ވެސް ދަތުރުނުކުރެވޭ ގޮތަށް ނިންމުމަށް ސަރުކާރުން މަޝްވަރާތައް ފަށާފައިވާއިރު، ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ތިބި މީހުންނަށް ކެފޭ ރެސްޓޯރެންޓުތަކުން ޚިދުމަތް ނުދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

10 މާރިޗު 2017
ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން
01 މާރިޗު 2017

ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު

01 މާރިޗު 2017
ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
20 ފެބުރުއަރީ 2017

އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ

20 ފެބުރުއަރީ 2017
އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު