Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

މިގައުމުގައި އެންމެވަރުގަދަ ޢަސްކަރީ ގައުމީ ޚިދުމަތްތައް ކުރެއްވި 2 މަހާރަދުންގެ ޒިކުރާ ދިރުވުން

ޤައުމީ މި ދެބަތަލުން މަތިވެރިވި ދިވެހި ދެ އަޖުދާދުންނަށް މަތިމައްޗަށް ސާބަސް

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 10 މާރިޗު 2022 | ބުރާސްފަތި 14:07
އާކޯއްޓޭ ބުރުޒާއި މަތިގެ

އާކޯއްޓޭ ބުރުޒާއި މަތިގެ

އެއީ ދިވެހިރާއްޖޭގެ ރަސްކަމުގެ ވަލީ އަހުދުން (ކްރައުން ޕްރިންސުން)ނެވެ. ދުރުން އައި ބޭރު ބާޣީ ދުޝްމަނުން ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާތަކުގައި, ހިތާމަކުރުން ނޫން ގޮތެއް ނެތް ހާލަތުގައި، ގައުމަށްޓަކައި ވީހާލެއްވެވަޑައިގަތުމުގެ ގައުމީ ގުރުބާނީގައި އެތައް ވޭނެއް އަނިޔާއެއް ލިބިވަޑައިގެން ތުރާލާ ދުއްތުރާ ތަހައްމަލު ކުރައްވަންޖެހިވަޑައިގެންނެވި މަނިއްޕުޅުން ނުވަތަ ކަލަމިންޖާއިންނެވެ.

އުތުރުކަރައިގެ އެތަންމިތާނގައި އެންމެދަތި ހާލުކޮޅުގައި އުޅުއްވަންޖެހިވަޑައިގެންނެވި އަދި ސަލާމަތުން ގައުމަށް އެނބުރި ވަޑައިގެން އާދަޔާޚިލާފު ގިނަތަޖުރިބާއާއި އިތުރު އިލްމާއި އެތައް ހުނަރެއް ލިބިވަޑައިގެން ދިވެހި ސިންގާސަނާގައި ރެދަލިކުރެއްވި (ރާއްޖޭގެ ރަސްކަންކުރެއްވި) އެންމެ އަގުހުރި އެންމެ ވަރުގަދަ އަސްކަރީ ގައުމީ ޚިދުމަތްތައް ކުރެއްވި 2 މަހާރަދުންނެވެ.

ދިވެހިރާއްޖޭގެ ޝުޖާޢީ (އާރާއިބާރުގަދަ/ އަސްކަރީ ދިފާޢީ ޚިދުމަތްތައް ކުރެއްވި) މަހާރަދުން ކަމުގައިވި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (އައްވަލު) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން (1621-1648) (ބޮޑު  ރަސްގެފާނު) އެއީ، އަސްކަރީ ނުވަތަ ދިފާއީގޮތުން ދިވެހި ގަައުމަށް އެންމެ ވަރުގަދަ އެންމެ ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އަދި ކަމުގެ އިލްމާއި ހުނަރާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ މަހާރަދުންނެވެ.

ރާއްޖެއިން ބޭރުން، ރާއްޖޭގެ ދިފާއަށްޓަކައި އެޒަމާނަށް އެންމެ އެކަށޭނަ ބޮޑުބަޑިއާއި ހަތިޔާރު ހޯއްދެވުމާއި، ރާއްޖޭގެ ދިފާއަށްޓަކައި ވެރިރަށް ފުރަމާލޭގައި ދިފާއީ ބުރުޒުތައް ބިނާކުރެއްވުމާއި ފުރަމާލޭ ބޮޑުފާރަކީ އެރަދުންގެ ކޮމާންޑަރ އިން ޗީފް ކަމުގައި މުޅިން އަލަށް ކުރެވުނު ވަރަށް ބޮޑެތި ގައުމީ މަސައްކަތްތަކެކެވެ. އެހާތަނަށް މިރާއްޖޭގައި ކުރެވިފައި ނެތްވަރުގެ އެންމެ ވަރުގަދަ އަސްކަރީ އަދި ދިފާއީ ގައުމީ ޚިދުމަތްތަކެވެ.

އައްސުލްތާނުލް ޣާޒީ މުޙައްމަދު ޣިޔާޘުއްދީން ސިރީ ކުލަ ރަންމަނި މަހާރަދުން ( 1767 - 1773 ) ޙާޖީ ބަންޑާރައިން / ޝަހީދުކުޅަ ބަންޑާރައިންގެ އަގުހުރި ގައުމީ އަސްކަރީ ޚިދުމަތްތައް ތާރީޚުގައި ލިޔެވޭނީ ލިޔަންޖެހޭނީ ރަން އަކުރުންނެވެ.

އެއީ ރާއްޖޭގެ ދިފާއަށްޓަކައި ވެރިރަށް ފުރަމާލޭ އާކޯއްޓޭ ބުރުޒު ބިނާކުރެއްވި މަހާރަދުންނެވެ.

ބޭރުގެ އުދުވާނީ ހަމަލާތަކުން ދިވެހި ގައުމު ދިފާއު ކުރައްވައި، ދިވެހި ގައުމަށް ނަސްރާއި ނަސީބާއި ކާމިޔާބު ހޯއްދަވައިދެއްވި މަތިވެރިވި ދިވެހި މުޖާހިދެއް އަދި ގައުމީ ބަތަލެކެވެ.

ޤައުމީ މި ދެބަތަލުން މަތިވެރިވި ދިވެހި ދެ އަޖުދާދުންނަށް މަތިމައްޗަށް ސާބަހެވެ. ފަތިފައްޗަށް އަމުނައިގެން މަތިވެރި ޝުކުރާއި ވެދުން ބަރުތީލައެވެ. މި ޤައުމު ދެމިއޮތްހާ ޒަމާނެއްގައެވެ. އަބަދުގެ އަބަދަށެވެ.

މިކަންކަމުން ލިބޭ ގައުމީ ފިލާވަޅަކީ އަބަދަށް ގައުމަށް ނަސްރު ދިނުމުގެ ފިލާވަޅެވެ. ވަތަނިއްޔަތުގެ ދިފާއުގާ ޖާނު ދިނުމުގެ ފިލާވަޅެވެ.

މަހާރަދުން

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ ނަމޫނާ ޝަޚުސިއްޔަތު! - ދައުރު ފުރިހަމަކުރެއްވުމާއި އިޚުލާސްތެރިކަމުގެ ރެކޯޑު!

ގައުމީ ނަމޫނާ ޝަޚުސިއްޔަތު! - ދައުރު ފުރިހަމަކުރެއްވުމާއި އިޚުލާސްތެރިކަމުގެ ރެކޯޑު!

24 ޖުލައި 2023
މިއަހަރަކީ ރާއްޖޭގެ ގައުމީ މިނިވަންކަމުގެ ސައްތަ، އަލިމަސްޔޫބީލު، ރަންޔޫބީލު، ހިމެނޭ ތާރީޚީ އަހަރެއް!

މިއަހަރަކީ ރާއްޖޭގެ ގައުމީ މިނިވަންކަމުގެ ސައްތަ، އަލިމަސްޔޫބީލު، ރަންޔޫބީލު، ހިމެނޭ ތާރީޚީ އަހަރެއް!

04 ޖުލައި 2023
އޮނަރަބްލް ޢަބްދުﷲ ޖަމީލް ނޢޢވ، ހެޔޮލަފާ ގައުމީ މަތިވެރި ޝަޚުސިއްޔަތެއް

އޮނަރަބްލް ޢަބްދުﷲ ޖަމީލް ނޢޢވ، ހެޔޮލަފާ ގައުމީ މަތިވެރި ޝަޚުސިއްޔަތެއް

12 ޖޫން 2023
ހޯމްސްޓޭ އަޔަސް މިގައުމުގައި ތިބޭނީ މުސްލިމް ދިވެހިންނެވެ.

ހޯމްސްޓޭ އަޔަސް މިގައުމުގައި ތިބޭނީ މުސްލިމް ދިވެހިންނެވެ.

02 ޖެނުއަރީ 2022
ގައުމީ ދިދައަށް ދޭންވާ މަގާމުވެސް ހަނދުމަ ނެތުނީބާވައެވެ!

ގައުމީ ދިދައަށް ދޭންވާ މަގާމުވެސް ހަނދުމަ ނެތުނީބާވައެވެ!

15 އޯގަސްޓު 2021

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު