Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
ފަންވަތް ކޮލަމް

ހޯމްސްޓޭ އަޔަސް މިގައުމުގައި ތިބޭނީ މުސްލިމް ދިވެހިންނެވެ.

މިއަހަރަކީ ފަތުރުވެރިކަން ފެށުނުތާ ފަންސާސް އަހަރު ފުރޭ އަހަރު

ރާއްޖެ އެމްވީ | 2 ޖެނުއަރީ 2022 | އާދީއްތަ 12:15
 ހޯމް ސްޓޭ ޓޫރިޒަމް ފެށުން

ހޯމް ސްޓޭ ޓޫރިޒަމް ފެށުން

މިފެށުނު ދެހާސް ބާވީސްވަނަ އަހަރަކީ ދިވެހިރާއްޖޭގެ އިގްތިސާދުގެ ރަންބިސްއަޅާ ކުކުޅަށް ފަންސާސް އަހަރު ފުރޭ އަހަރެވެ. ދިވެހި އިގްތިސާދުގެ ރަންބިސްއަޅާ ކުކުޅަކީ ޓޫރިޒަމެވެ. ފަތުރުވެރިކަމުގެ ސިނާއަތެވެ. އެ ކުކުޅުގެ އުމުރުންވެސް ޒުވާންކަމުގެ ދުވަސްތައް ފަހަނަޅައިގޮސް ދޮށީ އުމުރުގެ ދުވަސްތައް ގުނެން ފެށީއެވެ. ފާއިތުވީ އަހަރުތަކުގައި ދިވެހި އިގްތިސާދުގެ އެންމެ ފަލަ ލޭނާރުކަމުގައި މި ކުކުޅު ވަނީ ހިމެނިފައެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ޝިިޕިންގ ފަދަ ދާއިރާތައް ވަނީ މާބޮޑަށްވެސް ފަހަތަށް ސޮއްސާލައިގެން ގޮސްފައެވެ. އެހައިވެސް ކުކުޅުގެ ދުވެލި ބާރެވެ. ދެކުނު އޭޝިއާގެ އެންމެހައި ގައުމުތަކުގެ ތެރެއިން އުފެއްދުންތެރިކަމާއި ބޮލަކަށް ޖެހޭ ނިސްބަތް އެންމެ މަތީގައިވާ ގައުމަކީ ދިވެހިރާއްޖެއެވެ. ފަތުރުވެރިކަން މީގެ ފަންސާސް އަހަރު ކުރިން ދިވެހިރާއްޖެއަށް ތައާރަފުވެގެން އައިއިރު މިސަރަހައްދުގައި އާބާދީގެ ނިސްބަތުން ބޮލަކަށް ޖެހޭ މިންވަރު އެންމެ ކުޑަ ގައުމަކީ ދިވެހިރާއްޖެއެވެ.

ހުރިހައި ގޮތަކުން ދިވެހިރާއްޖެ ބަދަލުކޮށްލި އެއްޗަކީ ފަތުރުވެރިކަމުގެ ސިނާއަތް ކަމުގައިވާއިރު މި ސިނާއަތް މިގައުމަށް ތައާރަފު ކުރުމުގެ ޝުކުރު ހައްގުވަނީ ކާކަށް ބާވައެވެ. އޭރުގެ ސަރުކާރަށް ބާވައެވެ. ނުވަތަ ވިސްނުމާއި ހިކުމަތްތެރިކަމާއެކު މިކަމަށް ކުރިމަތިލި ދިވެހި ތިން ހަތަރު ޒުވާނުންނަށް ބާވައެވެ. ޔަގީންވާ ކަމަކީ ފަތުރުވެރިކަން ތައާރަފުވެފައި އޮތީ އޭރުގެ ރައީސް ނާސިރުގެ މާސްޓަރ ޕްލޭނެއްގެ ދަށުން ނޫންކަމެވެ. އެކަމަކު ރައީސް ނާސިރު ގެންގުޅުއްވީ ފަތުރުވެރިކަމަށް ފަހި ސިޔާސަތެކެވެ. އެކަމަށް ހިތްވަރު ދެއްވައި ސަރުކާރުގެ ފަރާތުން ދެވެން އޮތް އެންމެހައި ހިތްވަރަކާއި އެހީތެރިކަމެއް ނާސިރު ދެއްވިއެވެ. އެހެންވީމާ ފަތުރުވެރިކަން ދިވެހިރާއްޖޭގެ ގޮނޑުދޮށްތަކާ ހަމަޔަށް ގެނައުމުގެ ރީތިނަމާއި ޝުކުރު ހައްގުވަނީ އަޅުގަނޑުގެ ނަޒަރުގައި އެކަމަށް އިސްވެ ގުރުބާނީތަކެއް ވެފައިވާ ދިވެހި ތިން ހަތަރު ޒުވާނުންނަށެވެ. އޭގެ ތެރެއިން ވަކި މީހަކަށް ނޫނެވެ. ކެރަފާ އަހުމަދު ނަސީމާއި ކޮލި މުހައްމަދު އުމަރު މަނިކާއި ޗަމްޕާ ހުސައިން އަފީފު ޝާމިލްވާގޮތުންނެވެ.

މީގެ ފަންސާސް އަހަރު ކުރިން ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކުރި ޒަމާނުގައި އެކަމާ ދެކޮޅު ހެދި ބަޔަކުވެސް އުޅުނެވެ. އެއީ ކުރަން ހެޔޮނުވާނޭ ކަމެކޭ ބުނެ ވާހަކަ ދެއްކި މީހުންވެސް އުޅުނެވެ. ދޮން ފަރަންޖީން އައިސް ނިވާކަންކުޑަ ފޭރާމުގައި އުޅޭ މަންޒަރު ނުބަލާންވެގެން ރާއްޖެ ދޫކޮށް އެހެން ތަންތަނަށް ހިޖުރަކުރުންވެސް ހެވޭ ބުނި މީހުން އުޅުނެވެ. އެކަމަކު އެއަޑުތައް މަޑުމަޑުން ހިނދެމުން ހިނދެމުންގޮސް އެންމެފަހުން ނިވުނީއެވެ. ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވީ ވަން އައިލެންޑް ވަން ރިސޯޓު ފިކުރަށް ފައްތައިގެންނެވެ. އާއްމުންނާއި ފަތުރުވެރިން ވަކިކޮށް ބައިތިއްބައިގެންނެވެ. އެކަމަކު އެޒަމާން މިހާރު ފާއިތުވެގެން ހިނގާއްޖެއެވެ. ފަތުރުވެރިކަމަކީ މިހާރު މަސްގަނޑެކެވެ. އެމަސްގަނޑު ބޭނުންކޮށްގެން އެކި ނަންނަމުގައި މިހާރު ހެދިކާ އެބަ އުފައްދައެވެ. ސަފާރީ ވައްތަރަކާއި ގެސްޓަހައުސް ވައްތަރަކާއި ހޯމްސްޓޭ ވައްތަރަކާއި މިހެންގޮސް އަދިވެސް ކިތަންމެ ވައްތަރެއް އެބަފެނެއެވެ.

ފަތުރުވެރިކަމުގެ މަސްގަނޑުން އެންމެ ފަހުން އަލަށް އުފެއްދި ހެދިކާގެ ބާވަތަކީ ހޯމްސްޓޭއެވެ. މީގެ ސިފަޔާއި ބައްޓަމަށް ބަލައިފައި އޭގެ ރަހަ ނުބަލާން ގަދައަޅާ ބަޔަކުވެސް މިހާރު އެބަފެނެއެވެ. ބުނާތީ އިވެއެވެ. ތިޔަ އެއްޗެއްގެ ރަހަ ބެލުމަށްވުރެ ރަނގަޅުވާނީ ނުބެލުމެވެ. ދިވެހީންގެ ދީނާއި ދިވެހީންގެ ސަގާފަތު ތިޔައެއްޗެއްގެ ސަބަބުން ވީދި ހަލާކުވެ ނެތިގެން ހިނގައިދާނެއެވެ. މި އަޑުއަޑަށް ވިސްނައިލީމާ ހަނދާނަށް އަންނަނީ މީގެ ފަންސާސް އަހަރު ކުރީންވެސް ބަޔަކު ދެއްކި ވާހަކަތަކެވެ. އޭރުވެސް ބުނީ ހަމަ މިހެންނެވެ. ދިވެހިރާއްޖެވާ ސަލާމަތެއް ނުވާނެއެވެ. ދިވެހިވަންތަކަން އޮޔާގޮސް ނިމިދާނެއެވެ. އެކަމަކު މި ސިނާއަތަށް ފަންސާސް އަހަރު ފުރިގެން އެކަމުގެ އިހުތިފާލުތައް މިއަދު ފާހަގަކުރަމުންދާއިރު މިގައުމުގައި އަދިވެސް މިތިބީ ދިވެހީންނެވެ. ދިވެހީންނަކީ މުސްލިމުންނެވެ. އެ ހަގީގަތް ބަދަލެއް ނުވެއެވެ. އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހޯމްސްޓޭގެ އިގްތިސާދީ މަންފާ ފެންނާން ފެށީމާ މިއަޑުއަޑުވެސް މަޑުމަޑުން ހިނދިގެން ހިނގައިދާނެއެވެ.

އައު ކޮންމެ ކަމަކީ މިޒާތުގެ ކަމެކެވެ. އައު ކަންކަމަށް ބިރުގަތުމަކީ ބައެއް މީހުންގެ ކިބައިގައި ހުންނަ ސިފައެކެވެ. އައު ކަންކަން ތަޖުރިބާކުރަން ޖެހިލުންވުމަކީ އޮންނަ ކަމެކެވެ. ވަން އައިލެންޑް ވަން ރިސޯޓް ފިކުރަށް ފައްތައިގެން ދިވެހިރާއްޖޭގައި ފަތުރުވެރިކަން ފުޅާކުރަމުން އައި ދުވަސްވަރު ވެސް ބައެއް މީހުންނަށް ގަބޫލު ކުރެވުނީ މި ސިނާއަތުގެ މުގުލުގައި ތިބެންވާނީ ވަކި ބަޔަކު ކަމުގައެވެ. މިކަން ކުރުމުގެ ވިސްނުމާއި ކެރިކުޅަދާނަކަން ލިބިގެންވަނީ ހަމައެކަނި ވަކި ބަޔަކަށް ކަމުގައެވެ. މި ސިނާއަތުގެ ބައެއް މުއައްސިސުންވެސް މި ވިސްނުން އެއްދުވަސްވަރެއްގައި ގެންގުޅުއްވިއެވެ. އެހެންވީމަތާއެވެ. ހިކިކިރާއި ތެލުގެ ވިޔަފާރި ކުރެއްވި ބޭފުޅަކު މާލެއަތޮޅު ދެކުނު ބިތުން ބޮޑުފިނޮޅޭ ކިޔުނު ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރައްވާ ވާހަކަ ދެކެވުނު ތަނެއްގައި ހުންނަވައިފައި ކޮންމެވެސް މުއައްސިސަކު ވިދާޅުވި ކަމަށްވެއެވެ. އޭނާވެސް ރިސޯޓު ހަދަނީ ހެއްޔެވެ. ތިޔައީ އަދި ތިޔަހެން ކުރެވޭ ކަންކަމެއް ނޫނެވެ.

ކޮންމެއަކަސް އެއީ އޭރުގެ ވިސްނުމެވެ. މިދެންނެވި ވިޔަފާރިވެރިޔާ ރިސޯޓެއް ތަރައްގީ ކުރައްވައި އޭގެ ފަހުން އެ ސިލްސިލާޔަށް އިތުރު ބޮޅުތަކެއްވެސް ގަތައިލައްވައި މި ސިނާއަތަށް އައު ކަންކަން ތައާރަފު ކުރެއްވީމާ މިއަދު އެންމެންވެސް މިތިބީ އެކަން ބަލައިގެންނެވެ. މުގުރިހަޔާއި ރަތްހަނޑުލުގެ ބަތާއި ބަންކުބެޑު ނޫން އެހެން އެއްޗަކަށް ފަރިތަވެފައި ނެތް ރިސޯޓު މުވައްޒަފުންނަށް ފިނިކުރި ކޮޓަރިޔާއި ގެރި ރިހަޔާއި ކުކުޅު ރިހަޔާއި ސަޓަންޏާއި ލިބުނީ މިދެންނެވި ވިޔަފާރިވެރިޔާ އެކަންކަން ތައާރަފު ކުރެއްވުމުންނެވެ. މިކަމުން އެނގެނީ މި ސިނާއަތަށް އަލަށް ނިކުންނަ މީހުންގެ ފަރާތުންވެސް ސިނާއަތަށް ލިބިފައިވަނީ އިތުރު ދިރުމާއި ކުރިއެރުންކަމެވެ. ސިނާއަތަށް ގިނަ މީހުން ނިކުމެ ކުރާ ޚިދުމަތުގެ ފައިދާއޮތީ ޖުމްލަ ގޮތެއްގައި މުޅި ގައުމަށް ކަމެވެ. އަޅުގަނޑު ޔަގީންކުރާ ގޮތުގައި ހޯމްސްޓޭގެ ސަބަބުންވެސް ލިބޭނީ މިކަހަލަ ކުރިއެރުމެވެ. ފަތުރުވެރިކަމަށް އަންނާނީ އިތުރު ދިރުމެވެ. އަޅުގަނޑުމެންނަށް އޮތީ އެކަމަށް ފުރުސަތުދީގެން ތިބުމެވެ.

ޓޫރިޒަމް މިނިސްޓްރީފަތުރުވެރިން

ކޮމެންޓް

އިތުރަށް ކިޔާލަން

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

22 އޮކްޓޯބަރު 2024
ވ.އަތޮޅު ރިސޯޓެއްގެ މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެ

ވ.އަތޮޅު ރިސޯޓެއްގެ މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެ

21 އޮކްޓޯބަރު 2024
ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ސްނޯކްލިންނަށް ގޮސް އުޅެނިކޮށް މަރުވެއްޖެ

ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ސްނޯކްލިންނަށް ގޮސް އުޅެނިކޮށް މަރުވެއްޖެ

14 އޮކްޓޯބަރު 2024
ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި

ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި

06 މެއި 2024

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު