Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ފިލިޕީންސްގެ ހާލަތު

ފިލިޕީންސްގައި ކޮވިޑް ޖެހޭ މީހުންނާއި ބަލި ޖެހިގެން މަރުވާ މީހުން ރިކޯޑް މިންވަރަކަށް މައްޗަށް

21 އޯގަސްޓު 2021 | ހޮނިހިރު 01:18

ހާލަތު ގޯސްވާން ފަށާފައިވަނީ ކެޕިޓަލް ސިޓީ ހިމެނޭ ސަރަހައްދުގައި ފިޔަވަޅުތަކަށް ލުއި ދީފައިވަނިކޮށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 އޯގަސްޓު 2021 | ހޮނިހިރު 01:18
ފިލިޕީންސް

ފިލިޕީންސް

ފިލިޕީންސްގައި ކޮވިޑް ޖެހޭ މީހުންނާއި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ރިކޯޑް މިންވަރަކަށް މައްޗަށް އުފުލިއްޖެއެވެ.

އެގައުމުގައި ކޮވިޑްގެ ހާލަތު ގޯސްވާން ފަށާފައިވަނީ އިގްތިސާދީ ހަރަކާތްތަކަށް ޖާގަ ދިނުމުގެގޮތުން ކެޕިޓަލް ސިޓީ ހިމެނޭ ސަރަހައްދުގައި ކޮވިޑު ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ކޮންމެސްވަރެއްގެ ލުޔެއް ދީފައިވަނިކޮށެވެ.

އެގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ހުކުރު ދުވަހު އެގައުމުގައި 17،231 މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި 317 މީހުން ވަނީ މަރުވެފައެވެ. މިއީ ފާއިތުވި ހަތަރު މަހު އެގައުމުގައި މިބަލީގައި އެއްދުވަހާ މިހާ ގިނަ މީހުން މަރުވި ފުރަތަމަ ފަހަރެވެ. މިއާއެކު އެގައުމުގައި ކޮވިޑް ޖެހުނު މީހުންގެ 1.8 އިންސައްތަ މީހުން ވަނީ މަރުވެފައެވެ. އޮގަސްޓް މަހު ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އިންސައްތަ ހުރީ 1.5 އިންސައްތައިގައެވެ. ޖުލައި މަހު މަރުވާ ރޭޓް ހުރީ 1.9 އިންސައްތައިގައެވެ.

ފިލިޕީންސްގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 1.8 މިލިއަނަށް އަރާއިރު މަރުވި މީހުންގެ އަދަދު ހުރީ 31،198ގައެވެ. ފިލިޕީންސްއަކީ އޭޝިޔާގެ ގައުމުތަކުގެ ތެރެއިން ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު އެންމެ މަތިން ރިޕޯޓްކުރަމުން އަންނަ ގައުމެވެ.

ހެލްތު މިނިސްޓްރީން ވަނީ ކުރިޔަށް އޮތްތަނުގައިވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާނެތީ އަވަހަށް ވެކްސިން ޖެހުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ހެލްތު މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަވަހަށް ޓެސްޓް ކުރުމުންނާއި ބަލީގެ އަލާމާތެއް ފެންނަނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމުގެ ސަބަބުން ބަލި ކުރީބައިގައި ދެނެގަތުމަށް ފަސޭހަވާނެ ކަމަށެވެ. އެހެންކަމުން ގޭގެއާއި ބޮޑެތި އާބާދީތައް އަދި މަސައްކަތްކުރާ ތަންތަނުގައި ވައިރަސް ފެތުރޭ މިންވަރު މަދުކުރެވިގެންދާނެކަމަށް ވަނީ ބުނެފައެވެ.

އެގައުމުގައި މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 123،251 ކޭހެއް އަންނަނީ ރިޕޯޓްކުރަމުންނެވެ. އަދި ޓެސްޓް ކުރާ ސާމްޕަލްތަކުގެ 26 އިންސައްތަ އަންނަނީ ޕޮޒިޓިވްވަމުންނެވެ.

ކޮވިޑްގެ ބަލި މީހުންނާއިގެން ހޮސްޕިޓަލްތައް ފުރެމުންދާއިރު އައިސީޔޫތަކުގެ 73 އިންސައްތަ މިހާރު ވަނީ ފުރިފައެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ހުރި އެނދުގެ 61 އިންސައްތަ ވަނީ ފުރިފައިކަމަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވަނީ ބުރާސްފަތި ދުވަހު އެގައުމުގެ ކެޕިޓަލް ސިޓީ ސަރަހައްދުގައި ހިމެނޭ 16 އަވަށެއްގައި ފިޔަވަޅުތަކަށް ލުއި ދިނުމުގެ ހުއްދަ ދީފައެވެ. ފިޔަވަޅުތަކަށް ލުއި ދީފައިމިވަނީ އިގްތިސާދީ ހަރަކާތްތައް އަލުން ހިންގުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

05 މާރިޗު 2017

ފިލިޕީންސްގައި ރަހީނުކޮށް ބޯ ބުރިކޮށްލި ޖަރުމަނު މީހާގެ ހަށިގަނޑު ހޯދައިފި

05 މާރިޗު 2017
ފިލިޕީންސްގައި ރަހީނުކޮށް ބޯ ބުރިކޮށްލި ޖަރުމަނު މީހާގެ ހަށިގަނޑު ހޯދައިފި
03 މާރިޗު 2017

ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި

03 މާރިޗު 2017
ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ފިލިޕީންސްގައި ޖަރުމަނު ރައްޔިތަކު ރަހީނުކޮށް ބޯ ކަނޑާލައިފި

28 ފެބުރުއަރީ 2017
ފިލިޕީންސްގައި ޖަރުމަނު ރައްޔިތަކު ރަހީނުކޮށް ބޯ ކަނޑާލައިފި
22 ފެބުރުއަރީ 2017

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން
20 ފެބުރުއަރީ 2017

ފިލިޕީންސްގައި ހިނގި ބަސް އެކްސިޑެންޓެއްގައި 15 މަރު

20 ފެބުރުއަރީ 2017
ފިލިޕީންސްގައި ހިނގި ބަސް އެކްސިޑެންޓެއްގައި 15 މަރު
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

02 ފެބުރުއަރީ 2017
ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް