Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބްލޮކް ވެރިން ހޮވުމުގެ އިންތިޚާބު

މާލޭގެ ބްލޮކް ވެރިން ހޮވުމުގެ އިންތިޚާބު އޮކްޓޯބަރު 30 ގައި

ބްލޮކް ވެރިޔާކަމަށް ކުރިމަތިލާ މީހުންގެ ފޯމް ސެޕްޓެމްބަރު 16ގެ 14:00 އާ ހަމައަށް ބަލައިގަތުމަށް ހަމަޖެހިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 އޯގަސްޓު 2021 | ހޮނިހިރު 01:56
މާލެސިޓީ

މާލެސިޓީ

މާލެ ސިޓީގެ ކޮންމެ ބްލޮކަކަށް އެ ބްލޮކެއްގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ވެރިއަކު ކަނޑައަޅައި ސިޓީ ކައުންސިލާއެކު މަސައްކަތްކުރުމަށް، ބްލޮކް ވެރިން ހޮވުމަށް ބާއްވާ އިންތިޚާބު އަންނަ އޮކްޓޫބަރ މަހުގެ 30 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

ބްލޮކް ވެރިޔާކަމަށް ކުރިމަތި ލުމުގެ ޝަރުތުތަކުގެ ތެރޭގައި މީލާދީ ގޮތުން 18 ފުރިފައިވުމާއި، ކުރިމަތިލާ ބްލޮކްގައި ދިރިއުޅޭ މީހެއްކަމަށް ވުމާއި، ވައްކަން، ޓެކުން، ފޭރުން ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން ހިމެނެއެވެ. މީގެ އިތުރުން އެއްވެސް މީހަކަށް އަދި ކުޑަކުއްޖަކަށް ޖިންސީ، ޖިސްމާނީ ހާނީއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތުވެފައި ނުވުމާ، އެފަދަ މައްސަލައެއްގެ ތަހުގީގުގައި ބަންދުކުރެވިފައިވާ މީހެއްކަމުގައި ނުވުމާއި، ތަހުގީގުކުރެވެމުންދާ މީހެއްކަމުގައި ނުވުމާއި، ބަޔާންކޮށްފައިވާ ޖިންސީ ކުށްތައް ފިޔަވައި އެހެން ޖިނާޢީ ކުށެއް ސާބިތުވެފައި ވާނަމަ ހުކުމް  ތަންފީޒުކުރެވުނުތާ 3 އަހަރުވެފައިވުމާ، އިންތިޚާބުކުރެވޭ އެހެން އެއްވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުމާ، މުސްތަގިއްލު މުވައްސަސާއެއްގެ ނުވަތަ ސިޔާސީ މަގާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން ހިމެނެއެވެ.

Advertisement - newsAdvertisement

ބްލޮކް ވެރިޔާކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ބްލޮކް ވެރިޔާކަމަށް އެދޭ ފޯމާއި، މުއްދަތު ހަމަނުވާ އައިޑީ ކާޑްގެ ކޮޕީހިމެނެއެވެ. މީގެ އިތުރުން ކުރިމަތިލާ ބްލޮކަށް ނިސްބަތްވާ 10 މީހަކު ސޮއިކޮށްފައިވާ ލިޔުންވެސް ހުށަހަޅަންޖެހެއެވެ.

ބްލޮކް ވެރިޔާކަމަށް ކުރިމަތިލާ މީހުންގެ ފޯމް ބަލައިގަންނަން ފަށާފައިވަނީ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު 10:00 ގައެވެ. އަންނަ ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ފޯމު ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ފޯމް ބަލައިގަންނާނީ ސިޓީ ކައުންސިލްގެ މައި އިދާރާ، އެމް.ޑަބްލިޔޫ.އެސް.ސީ ކަސްޓަމަރ ސަރވިސް ބިލްޑިންގް ތިންވަނަ ފަންގިފިލާއާއި ހަތަރުވަނަ ފަންގިފިލާއިން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. ބްލޮކް ވެރިން އައްޔަންކުރުމުގެ އިންތިޚާބުގައި ވޯޓް ފޮށިތައް ބަހައްޓާނީ ހުޅުމާލެ، ހެންވޭރު، ގަލޮޅު، މައްޗަންގޮޅި، މާފަންނު އަދި ވިލިމާލޭގައެވެ.

ބްލޮކް ވެރިޔާގެ މަސްއޫލުލިއްޔަތު ތަކުގެތެރޭގައި ބުލޮކުގައި ދިރިއުޅޭ އެންމެންގެ ދިރިއުޅުމުގެ ހާލަތު އެނގުން، އަދި ކައުންސިލުން އެދިއްޖެ ކޮންމެ ފަހަރަކު އެ މައުލޫމާތު ހިއްސާކުރުމާއި، ބުލޮކުގައި މީހުން ދިރިއުޅެމުންދާ ތަންތަނުގެ ފުރިހަމަމައުލޫމާތު އެނގުމާއި، ބުލޮކުގައި ދިރިއުޅޭ މީހުންނަށް ދިމާވާ މައްސަލަތައް ހޯދައި އެކަން  ހައްލު ކުރުމަށް އެކަމުގެ މައުލޫމާތާއި، އެކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަން  ކައުންސިލަށް ހުށަހެޅުން ހިމެނެއެވެ.

އަދި ބުލޮކުގައި ދިރިއުޅޭ މީހުންގެ މައުލޫމާތު ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ކައުންސިލާއި ހިއްސާކުރުމާއި، ބުލޮކުގައި ދިރިއުޅޭ މީހުންގެ ތަރައްގީއާއި ކުރިއެރުމަށް ކައުންސިލުން ހަވާލުކުރާ މަސައްކަތްކުރުމާއި، ކައުންސިލުން ކުރިއަށް ގެންދަން ބޭނުންވާ ޚިޔާލު ހޯދުމުގެ ސަރވޭތައް ކުރުމުގައި އިސްވެ އެފަދަ ކަންކަމުގައި ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށް ދިނުން ހިމެނެއެވެ.

މީގެ އިތުރުން ބުލޮކުގައި ދިރިއުޅޭ މީހުންގެ ލާބައާއި މަންފާއަށް މޭޔަރާއި ކައުންސިލަރުން އެދޭ ކަންކަމުގައި އެހީތެރިވެދިނުމާއި، މާލޭ ސިޓީގެ ތަރައްގީއަށް ކައުންސިލުން ކުރާ ކަންކަމުގައި ބުލޮކުގެ ބައިވެރިވުން ފޯރުކޮށްދިނުމުގައި އިސްވެ މަސައްކަތްކުރުމާއި، ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމުގައި ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ބުލޮކުގައި އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ އެކަމުގައި ކައުންސިލަށް އެހީތެރިކަން ދިނުމަކީވެސް ބްލޮކްވެރިޔާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭކަންކަމެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު