Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާއިން ލަންކާއަށް އޮކްސިޖަން ފޯރުކޮށްދިނުން

އިންޑާއިން ލަންކާއަށް އޮކްސިޖަން ފޯރުކޮށްދެނީ

އޮކްސިޖަން ފުޅިތަކާއެކު އިންޑިއާގެ ބޯޓު 22 އޮގަސްޓުގައި ކޮލަމްބޯއަށް ދާނެ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 20 އޯގަސްޓު 2021 | ހުކުރު 17:25
ފަސް ކޮންޓެއިނަރުގެ ލިކުއިޑް މެޑިކަލް އޮކްސިޖަން ގެންދާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނޭ

ފަސް ކޮންޓެއިނަރުގެ ލިކުއިޑް މެޑިކަލް އޮކްސިޖަން ގެންދާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނޭ

ސްރީލަންކާގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު އިންޑިއާއިން ލަންކާއަށް އޮކްސިޖަން ފޯރުކޮށްދިނުމަށްޓަކައި އިންޑިއާގެ އަސްކަރީ ބޯޓު "ޝަކްތީ" ކޮލަމްބޯއަށް ދިއުމަށް ދަތުރު ފަށައިފިއެވެ.

ބުރާސްފަތި ދުވަހުގެ ވަގުތެއްގައި މި ބޯޓު ފުރާފައިވާއިރު, ފަސް ކޮންޓެއިނަރު ލިކުއިޑް މެޑިކަލް އޮކްސިޖަން ގެންދާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ލަންކާގެ ކޮވިޑްގެ ހާލަތު ގޯސްވުމާއެކު އޮކްސިޖަން ފޯރު ކޮށްދިނުމަށް އެގައުމުން އެދިފައިވާއިރު އޮކްސިޖަން ފުޅިތަކާއެކު އިންޑިއާގެ ބޯޓު 22 އޮގަސްޓުގައި ކޮލަމްބޯއަށް ދާނެކަމަށް އިންޑިއާއިން ބުނެއެވެ.

މީގެ އިތުރުންް އިތުރު 140 ޓަނުގެ ލިކުއިޑް މެޑިކަލް އޮކްސިޖަން ޗެންނާއީއިން ކޮލަމްބޯއަށް ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު, އެ ޝިޕްމަންޓު މި ހަފުތާގެ ތެރޭގައި ލިބޭނެ ކަމަށް ވަނީ ބުނެފައެވެ. މީގެ ކުރިންވެސް އިންޑިއާއިން ވަނީ ކޮވިޑާ ގުޅިގެން ދިމާވި އެކިއެކި ކަންކަމުގައި އެކި ގޮތްގޮތުން އެގައުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ލަންކާގެ ހާލަތު ގޯސްވަމުން އަންނައިރު މިކަމާ ގުޅިގެން އެގައުމުގެ ސިއްހީ ޚިދުމަތްތެރިންނާއި ސިޔާސީ އިސް މީހުންގެ އިތުރުން ވިޔަފާރިވެރިން ވެސް ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެ ގައުމު ލޮކްޑައުން ކުރުމަށް ގޮވާލާފައެވެ.

ލަންކާގެ ހެލްތު މިނިސްޓަރު ކެހެލިޔާ ރަމްބުކްވެލާ ވަނީ ހުކުރު ދުވަހުގެ ރޭ 10:00ން ފެށިގެން 10 ދުވަހުގެ މުއްދަތަށް މުޅި ލަންކާ ލޮކްޑައުން ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެ ޓްވީޓު ކުރައްވާފައެވެ.

ލަންކާގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުން އަންނައިރު, ފާއިތުވި ބުދަ ދުވަހު މި ބަލީގައި ރިކޯޑު އަދަދަކަށް އެގައުމުން ވަނީ މީހުން ވަނީ މަރުވެފައެެވެ. އެދުވަހު 187 މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެގައުމުން މިހާތަނަށް 373,165 މީހަކަށް ކޮވިޑް ޖެހިގެން ވަނީ ރިޕޯޓު ކޮށްފައެވެ. އަދި ޖުމްލަ 6,790 މީހުން މި ބަލީގައި ވަނީ މަރުވެފައެވެ. ލަންކާގެ ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު, ޑޮލަރުގެ ތާށިކަން ބޮޑުވެ ތަކެތީގެ އަގު ވަނީ ބޮޑުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮޅިގަނޑުގައި ލަންކާއަށް ބޮޑެތި ގެއްލުންތަކެއް!

ކޮޅިގަނޑުގައި ލަންކާއަށް ބޮޑެތި ގެއްލުންތަކެއް!

30 ނޮވެމްބަރު 2017
ގެއްލިގެން ހޯދަމުންދާ އާޖެންޓީނާގެ ސަބްމެރިން: އޮކްސިޖަން ހުސްވެދާނެކަމުގެ ބިރު ހީވެއްޖެ

ގެއްލިގެން ހޯދަމުންދާ އާޖެންޓީނާގެ ސަބްމެރިން: އޮކްސިޖަން ހުސްވެދާނެކަމުގެ ބިރު ހީވެއްޖެ

22 ނޮވެމްބަރު 2017
ލަންކާއަށް ފުލުފުލުގައި ނޭވީތައް ޒިޔާރަތްކުރަނީ!

ލަންކާއަށް ފުލުފުލުގައި ނޭވީތައް ޒިޔާރަތްކުރަނީ!

14 ނޮވެމްބަރު 2017
ލަންކާއަށް ވަރަށް އަވަހަށް ތެޔޮ ފޮނުވާނަން: މޯދީ

ލަންކާއަށް ވަރަށް އަވަހަށް ތެޔޮ ފޮނުވާނަން: މޯދީ

09 ނޮވެމްބަރު 2017
ލަންކާއަށް ތެލުގެ ތާށިކަން ކުރިމަތިވެއްޖެ

ލަންކާއަށް ތެލުގެ ތާށިކަން ކުރިމަތިވެއްޖެ

04 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު