Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލޮކަޓެއްލީ ޔުވެންޓަސްއަށް ބަދަލުވުން

ޔޫރޯގައި ވިދާލި ލޮކަޓެއްލީ ޔުވެންޓަސްއަށް

19 އޯގަސްޓު 2021 | ބުރާސްފަތި 05:53

2023 ވަނަ އަހަރު ލޮކަޓެއްލީގެ އެއްބަސްވުން ދާއިމީކުރެވޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 19 އޯގަސްޓު 2021 | ބުރާސްފަތި 05:53
ޔުވެންޓަސްއާ ގުޅުނު އިޓަލީގެ މިޑްފީލްޑަރު މަނުއެލް ލޮކަޓެއްލީ

ޔުވެންޓަސްއާ ގުޅުނު އިޓަލީގެ މިޑްފީލްޑަރު މަނުއެލް ލޮކަޓެއްލީ

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވިދާލި އިޓަލީގެ މިޑްފީލްޑަރު މަނުއެލް ލޮކަޓެއްލީ ޔުވެންޓަސްއަށް ބަދަލުވެއްޖެއެވެ.

ސަސުއޯލޯއަށް ކުޅެމުން އައި އުމުރުން 23 އަހަރުގެ ލޮކަޓެއްލީ ޔުވެންޓަސްއާ ގުޅުނީ ދެ އަހަރުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު މި އެއްބަސްްވުމުގެ ދަށުން ޔުވެންޓަސްއިން ބޭނުންނަމަ 2023 ވަނަ އަހަރު 37.5 މިލިޔަން ޔޫރޯ ޚަރަދުކުރުމަށްފަހު ތިން އަހަރަށް ލޮކަޓެއްލީގެ އެއްބަސްވުން ދާއިމީކުރެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފަހަރުގެ ޔޫރޯގެ ޗެމްޕިއަންކަން އިޓަލީން ހޯދިއިރު، ލޮކަޓެއްލީ އަކީ އެ ޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރިއެކެވެ. އެގޮތުން ޔޫރޯގައި ކުޅުނު ފަސް މެޗުގައި ލޮކަޓެއްލީ ވަނީ ދެ ލަނޑު ޖަހާފައެވެ. އަދި ވަނީ އިންގްލެންޑާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގައިވެސް ކުޅެފައެވެ.

ޔުވެންޓަސްއިން ލޮކަޓެއްލީގެ ސޮއި ހޯދިއިރު، އޭނާ ހޯދުމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ކުލަބު ކަމަށްވާ އާސެނަލާއި ލިވަޕޫލުން މަސައްކަތްކުރަމުން އައި ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ސަސުއޯލޯގެ ލޯނު އެއްބަސްވުމެއްގެ ދަށުން ލޮކަޓެއްލީ ޔުވެންޓަސްއާ ގުޅުނުއިރު، އޭނާ އެންމެ ފުރަތަމަ ސަސުއޯލޯއާ ގުޅުނީ 2018 ވަނަ އަހަރު އޭސީ މިލާނުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު އޭގެ އަނެއް ސީޒަނުގައި ސަސުއޯލޯއިން ވަނީ ލޮކަޓެއްލީގެ އެއްބަސްވުން އާކޮށްފައެވެ.

ކުލަބު ކެރިއަރުގައި ލޮކަޓެއްލީއަށް މިހާތަނަށް ހޯދުނު ހަމައެކަނި ކާމިޔާބީއަކީ މިލާނާއެކު 2016 ވަނަ އަހަރުގެ އިޓާލިއަން ސުޕަ ކަޕެވެ. އަދި މިލާނުގައި ހޭދަކުރި މުއްދަތުގައި އެ ޓީމަށް ލޮކަޓެއްލީ 63 މެޗު ކުޅެދީފައިވާއިރު، އޭނާ ވަނީ ސަސުއޯލޯގައި ހޭދަކުރި ތިން ސީޒަނުގައި އެ ޓީމަށް 68 މެޗު ކުޅެދީފައެވެ.

މަނުއެލް ލޮކަޓެއްލީޔުވެންޓަސް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

02 ޖުލައި 2025

ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް

02 ޖުލައި 2025
ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
12 ޑިސެމްބަރު 2024

ޔުވެންޓަސް އަތުން ބަލިވެ، ސިޓީ އަށް ޕްރެޝަރު

12 ޑިސެމްބަރު 2024
ޔުވެންޓަސް އަތުން ބަލިވެ، ސިޓީ އަށް ޕްރެޝަރު
08 އޮކްޓޯބަރު 2024

ޔުވެންޓަސް އިން ބޭނުން ވަނީ ޕޮގްބާގެ އެއްބަސްވުން އުވާލަން

08 އޮކްޓޯބަރު 2024
ޔުވެންޓަސް އިން ބޭނުން ވަނީ ޕޮގްބާގެ އެއްބަސްވުން އުވާލަން
07 އޮކްޓޯބަރު 2024

ޕޮގްބާއާ މެދު ގޮތެއް ނިންމާނީ ކުލަބުން: މޮޓާ

07 އޮކްޓޯބަރު 2024
ޕޮގްބާއާ މެދު ގޮތެއް ނިންމާނީ ކުލަބުން: މޮޓާ
27 އޯގަސްޓު 2024

ދެ ވަނަ މެޗުން ވެސް ޔުވެންޓަސް މޮޅުވެއްޖެ

27 އޯގަސްޓު 2024
ދެ ވަނަ މެޗުން ވެސް ޔުވެންޓަސް މޮޅުވެއްޖެ
22 މެއި 2024

ޔުވެންޓަސްގެ ކޯޗުކަމާ މޮޓާ ހަވާލުވުން ގާތް

22 މެއި 2024
ޔުވެންޓަސްގެ ކޯޗުކަމާ މޮޓާ ހަވާލުވުން ގާތް
20 މެއި 2024

ގޮތެއް ނިންމުމަށް، މޮޓާ ބޮލޮގްނާގެ ވެރިންނާ ބައްދަލުކުރަނީ

20 މެއި 2024
ގޮތެއް ނިންމުމަށް، މޮޓާ ބޮލޮގްނާގެ ވެރިންނާ ބައްދަލުކުރަނީ
18 މެއި 2024

ވަގުތީ ކޯޗަކު ހަމަޖައްސައި، ޔުވެންޓަސް އިން ދާއިމީ ކޯޗަކަށް މޮޓާ ގެންނަން މަސައްކަތްކުރަނީ

18 މެއި 2024
ވަގުތީ ކޯޗަކު ހަމަޖައްސައި، ޔުވެންޓަސް އިން ދާއިމީ ކޯޗަކަށް މޮޓާ ގެންނަން މަސައްކަތްކުރަނީ
18 މެއި 2024

ޔުވެންޓަސްގެ ކޯޗުކަމުން އަލެގްރީ ވަކިކޮށްފި

18 މެއި 2024
ޔުވެންޓަސްގެ ކޯޗުކަމުން އަލެގްރީ ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް