Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެމްކޯ

އަމިއްލަ އުޅަނދުގައި ކުނި އުކުމުގެ ފުރުސަތު ވެމްކޯއިން ނުދޭކަމުގެ ޝަކުވާއެއް ނުލިބޭ - އާދަމް

19 އޯގަސްޓު 2021 | ބުރާސްފަތި 13:29

މައްސަލައެއް ދިމާވާނަމަ ޝަކުވާ ހުށަހެޅުއްވުމަށް އެދިވަޑައިގެންނެވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 19 އޯގަސްޓު 2021 | ބުރާސްފަތި 13:29
ތިލަފުއްޓަށް ކުނި އުފުލުމަށް ވެމްކޯއިން ބޭނުންކުރާ ބާޖެއް

ތިލަފުއްޓަށް ކުނި އުފުލުމަށް ވެމްކޯއިން ބޭނުންކުރާ ބާޖެއް

އަމިއްލަ އުޅަނދުގައި ކުނި އުކުމުގެ ފުރުސަތު ވެމްކޯއިން ނުދޭކަމުގެ ޝަކުވާއެއް އެ ކޯޕަރޭޝަނަށް ލިބިފައި ނުވާ ކަމަަށް ބުނެފިއެވެ.

އަމިއްލަ ކުންފުނިތަކުން ކުންފުނީގެ އުޅަނދުގައި ކުނި އުކާލަން ދިޔުމުން އެ ފުރުސަތު ވެމްކޯއިން ނުދޭކަމުގެ ޝަކުވާ ބައެއް ކުންފުނިތަކުން އަންނަނީ ކުރަމުންނެވެ. އަދި ކުނި އުކާލުމަށް ރަޖިސްޓްރީ ކުރުމަށް ފުރުސަތު ނުދޭ ކަަމަށް ބައެއް ކުންފުނިތަކުން ވަނީ ބުނެފައެވެ. މިކަމާ ގުލޭ ގޮތުން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވީ، އެފަދަ ޝަކުވާއެއް އެ ކޯޕަރޭޝަންގެ މެނޭޖްމެންޓަށް ލިބިފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

އާދަމް ވިދާޅުވީ، ހުރިހާ ވެހިކަލެއްވެސް ރަޖިސްޓްރީވާން ވަކި އުސޫލެއް އޮންނަ ކަމަށެވެ. ވެމްކޯއަށް ކުނި އުކާލަން އަންނަ އުޅަނދުތަކުން ރަޖިސްޓްރީ ގެންނަން މަޖުބޫރުވަނީވެސް ދިމާވެދާނެ މައްސަލަތަކަށް ބަލާފައި ކަމަށް އާދަމް ވިދާޅުވިއެެވެ. އިތުރަށް ތަފްސީލް ކޮށްދެއްވަމުން އާދަމް ވިދާޅުވީ، ރަޖިސްޓްރީ ގެންނަން ޖެހެނީ، އަތޮޅުތެރެއަށް ރަޖިސްޓަރީ ކޮށްފައި ހުންނަ ބައެއް އުޅަނދުތައްވެސް މާލޭގައި ދުވާތީ ކަމަށާއި، އަދި ބައެއް އުޅަނދުގެ ރަޖިސްޓްރީގައި، 10 ޓަން އިނދެފައި، ލޮރީ ބޭރުގައި 7 ޓަނު ޖަހާފައިވެސް ހުންނަ ކަމަށެވެ. ހަމައެއާއެކު 25 ޓަނުގެ ލޮރީ 3 ޓަނަށް ރެޖިސްޓަރީ ކުރެވިފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތަށް އެކަން އޮތުމުން ވެމްކޯއަށް ގެއްލުންވާކަން ފާހަގަކުރެއްވިއެވެ. އަދި ދައުލަތުގެ ކޯޕަރޭޝަނެއްގެ ގޮތުގައި މަސައްކަތްކުރާއިރު ބަލަން ޖެހޭ ބެލުންތައް ހުންނަ ކަމަށް ވިދާޅުވިއެވެ.

ވެމްކޯގައި ރަޖިސްޓްރީ ނުކޮށް ކުނި ވައްދަންޏާ ގެއްލުންވާކަން ފާހަގަކުރައްވަމުން އާދަމް ވިދާޅުވީ، އެހެންނަމަވެސް މިހާތަނަށް ކުންޏާއެކު އަންނަ އުޅަނދެއް ފޮނުވާލާފައި ނުވާނެ ކަމަށެވެ. ކުންޏާއެކު އަންނަ ވެހިކަލްތަކުގެ ތެރެއިން އީޕީއޭއިން ވެހިކަލެއްގެ މައްސަލައެއް ހުރި ކަމަށް ބުނެފައިވާނަމަ އެ ވެހިކަލަކަށް ފިޔަވަޅުއަޅާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ބައެއް ފަހަރަށް އޮޑް ސައިޒްގެ އެއްޗެއް ރަޖިސްޓްރީ ކުރަން ހުށަހަޅައިގެން ބައެއް މުވައްޒަފުންނަށް އޮޅުމެއް އަރާފާނެ ކަމަށާޢި އެހެންނަމަވެސް އެކަންވެސް ހައްލު ކުރައްވާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ސްޓޭންޑަރޑް ސައިޒްތަކެއް ހުންނަ ކަމަށާއި، ދޭތެރެ މެދަށް އަންނަ ސައިޒެއްގެ ވެހިކަލެއްނަމަ އޮޅިގެން ރަޖިސްޓްރީ ނުވާނެ ކަމަށް ބުނެފައި ހުރެދާނެކަމަށް އާދަމް ވިދާޅުވިއެވެެ. އެފަދަ މައްސަލައެއް ދިމާވާނަމަ ޝަކުވާ ހުށަހެޅުއްވުމަށްވެސް އާދަމް އެދިވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް