Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ވޭމަންޑޫ ކައުންސިލަރުންނާ ބައްދަލުކުރުން

ރައީސްގެ ތ. އަތޮޅު ދަތުރުފުޅު: ވޭމަންޑޫ ކައުންސިލުން އެދިލެއްވި ބައެއް މަޝްރޫޢުތައް ބަޖެޓުގައި ހިމަނުއްވައިގެން ކުރިޔަށްގެންދަވާނަން - ރައީސް

19 އޯގަސްޓު 2021 | ބުރާސްފަތި 02:26

ކައުންސިލްތަކަށް ޤާނޫނުން ލިބިފައިވާ ބާރުތަކުގެ ބޭނުން ހިފައިގެން ކުރިޔަށްދިޔުމަށް ރައީސް އެދިވަޑައިގެންނެވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 އޯގަސްޓު 2021 | ބުރާސްފަތި 02:26
ރައީސް ޞާލިހު ތ. ވޭމަންޑޫ ކައުންސިލް މެންބަރުންނާއި ބައްދަލުކުރެއްވުން

ރައީސް ޞާލިހު ތ. ވޭމަންޑޫ ކައުންސިލް މެންބަރުންނާއި ބައްދަލުކުރެއްވުން

ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލުން އެދިލެއްވި ކަންކަމުގެ ތެރެއިން އަންނަ އަހަރަށް ބަޖެޓްކޮށްގެން ބައެއް މަޝްރޫޢުތައް ކުރިޔަށްގެންދަވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވޭމަންޑޫއަށް ވަޑައިގެން އެރަށު ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ވާހަކަފުޅުދައްކަވަމުންނެވެ.

ވޭމަންޑޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށާއި، ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި، ކުނި މެނޭޖްކުރުމާއި، ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، ބިން ހިއްކުމާއި، ބައެއް އިދާރާތަކުގެ ޖާގައިގެ ދަތިކަމާއި، އައިސް ޕްލާންޓް ޤާއިމުކުރުމާއި، މަގު ބައްތި ޖެހުންފަދަ ކަންކަން ހިމެނެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދާ ގޮތްތަކާއި ރަށުގެ ތަރައްޤީއަށާއި އަންހެނުން ބާރުވެރި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން އެބޭފުޅުން ވަނީ ވޭމަންޑޫގައި ހިންގާ ޕްރީސްކޫލްގެ ވަޞީލަތްތައް މަދުކަމާއި، އިޖްތިމާޢީ ކަންކަން ކުރިއެރުވުމަށް ބޭނުންވާ ޕާކާއި، އައުޓްޑޯ ޖިމް ފަދަ ވަޞީލަތްތައް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެސް ވޭމަންޑޫ ޒުވާނުންގެ ގުޅުމުގެ ފަރާތުން އެރަށު ޒުވާނުންގެ ކަންބޮޑުވުންތައް ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެބޭފުޅުން ފާހަގަކުރެއްވީ އެރަށުގައި ކުޅިވަރު ވަޞީލަތްތައް ފުރިހަމަޔަކަށް ނެތް މައްސަލައެވެ. އަދި، ސްކޫލް ނިންމާ ކުދިންނަށް ވޮކޭޝަނަލް ޓްރެއިނިންގ ދޭނެ ތަނެއް ޤާއިމުކޮށްދިނުމަށް ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މިގޮތުން އަންނަ އަހަރަށް ބަޖެޓްކޮށްގެން ކައުންސިލުން އެދިލެއްވި ބައެއް މަޝްރޫޢުތައް ކުރިޔަށްގެންދަވާނެކަމަށާއި، ކައުންސިލްތަކަށް ޤާނޫނުން ލިބިފައިވާ ބާރުތަކުގެ ބޭނުން ހިފައިގެން ކުރިޔަށްދިޔުމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އެބޭފުޅުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާ އެކު މަޝްވަރާކޮށްގެން އެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ވޭމަންޑޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ހަތަރުވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ

ވޭމަންޑޫތ. ވޭމަންޑޫރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުތ އަތޮޅު

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2025

އިޚުލާސްތެރިކަމެއް ހުރިއްޔާ ފުރަތަމަ ފިޔަވަޅު އަޅަންވީ ކުރިން ގޯސް ހަދާފައި ތިބި މި ސަރުކާރުގެ ވެރިންނަށް: ޝަމްހީދު

07 އޮކްޓޯބަރު 2025
އިޚުލާސްތެރިކަމެއް ހުރިއްޔާ ފުރަތަމަ ފިޔަވަޅު އަޅަންވީ ކުރިން ގޯސް ހަދާފައި ތިބި މި ސަރުކާރުގެ ވެރިންނަށް: ޝަމްހީދު
27 ސެޕްޓެމްބަރު 2025

ފްލެޓްތަކުގެ ކުލި ކުޑަކޮށް، ޑައުންޕޭމަންޓް އުނިކޮށްދިނުމަށް ފަހި ޔޫނިއަންގެ ފަރާތުން ރައީސް މުޢިއްޒަށް ގޮވާލައިފި

27 ސެޕްޓެމްބަރު 2025
ފްލެޓްތަކުގެ ކުލި ކުޑަކޮށް، ޑައުންޕޭމަންޓް އުނިކޮށްދިނުމަށް ފަހި ޔޫނިއަންގެ ފަރާތުން ރައީސް މުޢިއްޒަށް ގޮވާލައިފި
26 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ކިނބިދޫއަށް ވަޑައިގެންނެވުން: ކޮންމެ ފަހަރަކު ވެސް ދެއްވަނީ ކޯޒްވޭގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން

26 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ކިނބިދޫއަށް ވަޑައިގެންނެވުން: ކޮންމެ ފަހަރަކު ވެސް ދެއްވަނީ ކޯޒްވޭގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
03 އޯގަސްޓު 2025

މާލެއިން ފުރައިގެން ތ. ވޭމަންޑޫ އަށް ދަތުރު ކުރަމުން ދިޔަ ''އަލްމަޖްރާ'' ދޯނި ދިއްގިރި ކައިރިން ފަރަށް އަރައިފި

03 އޯގަސްޓު 2025
މާލެއިން ފުރައިގެން ތ. ވޭމަންޑޫ އަށް ދަތުރު ކުރަމުން ދިޔަ ''އަލްމަޖްރާ'' ދޯނި ދިއްގިރި ކައިރިން ފަރަށް އަރައިފި
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
15 ސެޕްޓެމްބަރު 2023

ދެ ސްކޫލެއްގެ އައު އިމާރާތުގެ ނުނިމި ހުރި މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކޮށްފި

15 ސެޕްޓެމްބަރު 2023
ދެ ސްކޫލެއްގެ އައު އިމާރާތުގެ ނުނިމި ހުރި މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކޮށްފި
28 އޯގަސްޓު 2023

ގާދިއްފުއްޓާއި މަޑިފުށީގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސް ފާހަގަކޮށްދެއްވައިފި

28 އޯގަސްޓު 2023
ގާދިއްފުއްޓާއި މަޑިފުށީގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސް ފާހަގަކޮށްދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް