Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަޅުރަށްތަކުގެ ދަފްތަރު އެކުލަވާލުން

ފަޅުރަށްތަކުގެ ދަފްތަރެއް އެކުލަވާލެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށް ރައީސް ވިދާޅުވެއްޖެ

19 އޯގަސްޓު 2021 | ބުރާސްފަތި 03:37

އަތޮޅުގެ ތަރައްޤީއަށް ކުރިޔަށްގެންދަވާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 އޯގަސްޓު 2021 | ބުރާސްފަތި 03:37
ރައީސް ޞާލިހު ތ. އަތޮޅު ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވުން

ރައީސް ޞާލިހު ތ. އަތޮޅު ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވުން

މިހާރު ސަރުކާރުން ކުރަން ވިސްނާފައިވާ މަސައްކަތަކީ ފަޅުރަށްތަކުގެ ފުރިހަމަ ދަފްތަރެއް އެކުލަވާލުންކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވޭމަންޑޫއަށް ވަޑައިގެން އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ތ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށާއި، މަސްވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ވިސްނުން ގެންގުޅުއްވާކަމުގައެވެ. އަދި، ފަޅު ރަށްތަކުގެ މައްސަލައިގައި އެމަނިކުފާނު ވިދާޅުވީ މިހާރު ސަރުކާރުން ކުރަން ވިސްނާފައިވާ މަސައްކަތަކީ ފަޅުރަށްތަކުގެ ފުރިހަމަ ދަފްތަރެއް އެކުލަވާލުންކަމުގައެވެ.

ކައުންސިލްގެ އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތަކާއެކު ވެސް ރާއްޖޭގެ ތަރައްޤީގެ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ކޮޅުމަޑުލު އަތޮޅު ކައުންސިލުގެ ފަރާތުން ވަނީ ޝުކުރުއަދާކުރައްވާފައެވެެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ތ. އަތޮޅުގެ 7 ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ކައުންސިލްތަކުން ރަށްތައް ތަރައްޤީކުރުމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބަލައި އެކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްކަމުގައި ވިދާޅުވެފައެވެ.

ތ. އަތޮޅު ކައުންސިލުން ވަނީ އަތޮޅުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި އަތޮޅުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ތ. އަތޮޅުގައި އިޤްތިޞާދީ ހަރާކާތްތައް ފަތުރުވެރިކަމުގެ ދާއިރާއިންނާއި ސިނާޢީ އެކިއެކި މަސައްކަތްތައް ސަރުކާރު މެދުވެރިކޮށް އިތުރުކުރެވޭނެ މަގު ފަހިކޮށްދެއްވުމަށް ވަނީ ދަންނަވާފައެވެ. އަދި، އަތޮޅުގައި ހިމެނޭ ފަޅު ރަށްތަކުގެ ބެލެނިވެރި ފަރާތެއް ކަނޑައަޅުއްވައިދެއްވުމަށާއި، އަތޮޅުގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ބޭންކިންގ ނިޒާމެއް ޤާއިމުކުރުމަށް ތ. އަތޮޅުން ޝައުޤުވެރިވާކަން އަތޮޅު ކައުންސިލްގެ ރައީސް ވަނީ ހާމަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަތޮޅުގެ ތަރައްޤީއަށް ކުރިޔަށްގެންދަވާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި، އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ތ. އަތޮޅު ހޮސްޕިޓަލަށާއި، ވޭމަންޑޫ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ހާލަތު ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ވޭމަންޑޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ހަތަރުވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ވޭމަންޑޫތ. ވޭމަންޑޫރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުތ އަތޮޅު

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2025

އިޚުލާސްތެރިކަމެއް ހުރިއްޔާ ފުރަތަމަ ފިޔަވަޅު އަޅަންވީ ކުރިން ގޯސް ހަދާފައި ތިބި މި ސަރުކާރުގެ ވެރިންނަށް: ޝަމްހީދު

07 އޮކްޓޯބަރު 2025
އިޚުލާސްތެރިކަމެއް ހުރިއްޔާ ފުރަތަމަ ފިޔަވަޅު އަޅަންވީ ކުރިން ގޯސް ހަދާފައި ތިބި މި ސަރުކާރުގެ ވެރިންނަށް: ޝަމްހީދު
27 ސެޕްޓެމްބަރު 2025

ފްލެޓްތަކުގެ ކުލި ކުޑަކޮށް، ޑައުންޕޭމަންޓް އުނިކޮށްދިނުމަށް ފަހި ޔޫނިއަންގެ ފަރާތުން ރައީސް މުޢިއްޒަށް ގޮވާލައިފި

27 ސެޕްޓެމްބަރު 2025
ފްލެޓްތަކުގެ ކުލި ކުޑަކޮށް، ޑައުންޕޭމަންޓް އުނިކޮށްދިނުމަށް ފަހި ޔޫނިއަންގެ ފަރާތުން ރައީސް މުޢިއްޒަށް ގޮވާލައިފި
26 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ކިނބިދޫއަށް ވަޑައިގެންނެވުން: ކޮންމެ ފަހަރަކު ވެސް ދެއްވަނީ ކޯޒްވޭގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން

26 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ކިނބިދޫއަށް ވަޑައިގެންނެވުން: ކޮންމެ ފަހަރަކު ވެސް ދެއްވަނީ ކޯޒްވޭގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
03 އޯގަސްޓު 2025

މާލެއިން ފުރައިގެން ތ. ވޭމަންޑޫ އަށް ދަތުރު ކުރަމުން ދިޔަ ''އަލްމަޖްރާ'' ދޯނި ދިއްގިރި ކައިރިން ފަރަށް އަރައިފި

03 އޯގަސްޓު 2025
މާލެއިން ފުރައިގެން ތ. ވޭމަންޑޫ އަށް ދަތުރު ކުރަމުން ދިޔަ ''އަލްމަޖްރާ'' ދޯނި ދިއްގިރި ކައިރިން ފަރަށް އަރައިފި
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
15 ސެޕްޓެމްބަރު 2023

ދެ ސްކޫލެއްގެ އައު އިމާރާތުގެ ނުނިމި ހުރި މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކޮށްފި

15 ސެޕްޓެމްބަރު 2023
ދެ ސްކޫލެއްގެ އައު އިމާރާތުގެ ނުނިމި ހުރި މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކޮށްފި
28 އޯގަސްޓު 2023

ގާދިއްފުއްޓާއި މަޑިފުށީގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސް ފާހަގަކޮށްދެއްވައިފި

28 އޯގަސްޓު 2023
ގާދިއްފުއްޓާއި މަޑިފުށީގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސް ފާހަގަކޮށްދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް