Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭ ސިޓީ ކައުންސިލްގެ މޭޔަރު

މޭޔަރު މުއިއްޒުއަށް ސަރުކާރުގެ މުއައްސަސާތައް ކަމަކު ނުދިޔަ!

18 އޯގަސްޓު 2021 | ބުދަ 07:13

ގިނަ މުއައްސަސާތަކުން ޖެއްސުން ކުރާކަމަށް ތުހުތަމު ކުރެއްވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 އޯގަސްޓު 2021 | ބުދަ 07:13
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ސަރުކާރުގެ މުއައްސަސާތައް ކަމުނުދާކަން ހާމަވެއްޖެއެވެ.

މަގާމަށް ހޮވިވަޑައިގަތުމަށްފަހު މުއިއްޒު ގެންދަވަނީ މާލޭ ސިޓީގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދެއްވުމަށް މަސައްކަތްތައް ކުރައްވަމުންނެވެ. މި މަސައްކަތްތައް ކޮށްދެއްވުމަށްޓަކައި ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ޚިޔާލުތައް ވެސް ގެންދަވަނީ ހޯއްދަވަމުންނެވެ. އަދި އެ ޚިޔާލުތައް ހޯއްދެވުމަށްފަހު ސަރުކާރުގެ އެކި މުއައްސަސާތަކާއެކު މަޝްވަރާ ބައްދަލުވުންތައް ގެންދަވަނީ ބާއްވަމުންނެވެ. އެހެންނަމަވެސް މިފަދަ ބައްދަލުވުންތައް ބޭއްވުމަށްފަހު، މުއިއްޒުގެ ވާހަކައިން ހާމަވެގެންދާ އެއްކަމެއް އެބައޮތެވެ. އެއީ ސަރުކާރުގެ މުއައްސަސާތައް އެމަނިކުފާނަށް ކަމުނުދާ ކަމެކެވެ.

Advertisement - newsAdvertisement

ދާދިފަހުން އެމަނިކުފާނު ވަނީ ގިނަ މުއައްސަސާތަކުން ޖެއްސުން ކުރާކަމަށް ތުހުތަމުކޮށް އެގޮތަށް އެކަން ނުކުރުމަށް އިލްތިމާސްކޮށްފައެވެ. ގިނަ މުއްސަސާތަކާއެކު މަސައްކަތް ކުރެއްވުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަށް މުއިއްޒު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ސަރުކާރުގެ ގިނަ މުއައްސަސާތަކާ މިހާރު ވަނީ މައްސަލަ ޖެހިފައެވެ. އެގޮތުން ގުޅީފަޅުގެ ބިމުގެ މައްސަލާގައި ޕްލޭނިންގ މިނިސްޓްރީއާ ދެބަސް ވެފައިވާއިރު، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ދޫކޮށްފައިވާ ބިމެއް މާލެ ސިޓީ ކައުންސިލުން ހުސްކުރި މައްސަލާގައި ވެސް ސްޓެލްކޯ އިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި އެތަނުގައި ހުރި ބައެއް ސާމާނުތައް ގެއްލިފައިވާއިރު ފެންސުތައް ނަގައިގެން ގެންދިޔަކަމުގެ ތުހުމަތު ވެސް ސިޓީ ކައުންސިލްގެ މައްޗަށް ކުރެވި، އެ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

މީގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއެކު ބޭއްވި ބައްދަލުވުމަށްފަހު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ގޭގެއަށް އަރާ ކުނި ނަގާނެ ކަމަށް ވިދާޅުވެ މުއިއްޒު ވަނީ ވާހަކަދައްކަވާފައެވެ. މާލޭގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ގޭބިސީތަކުން ކުނި ނެގުމަށާއި، މާލޭގެ އާންމު ތަންތަނުން ކުނި ނެގުމަށް ކުރަމުންދާ މަސައްކަތް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އޮޅިވަޑައިގެންފައިވާ ކަމަށާއި، ގޭބީސީތަކުން ކުނި ނެގުމުގެ އިންތިޒާމަށް ބަދަލެއް ގެންނަން މަޝްވަރާ ނުކުރެވޭ ކަމަށް މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވަނީ ވިދާޅުވެފައެވެ.

މާލޭ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު އުތުރު ސެގްމަންޓްގެ އަމަލީ މަސައްކަތް ފެށުމަށް އަންގާރަ ދުވަހު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ގުޅިގެން ބޭއްވި ހަފްލާގައި ވެސް މުއިއްޒު ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރައްވާފައެވެ. އެގޮތުން މުއިއްޒު ވިދާޅުވީ ސަރުކާރުން އެކި ކުންފުނިތައް މެދުވެރިކޮށް "ޖެއްސުން ކުރުމަށް" މަސައްކަތް ކުރާ ކަމަށެވެ. އަދި ހަފްލާ އިން ވެސް އެކަން ފެނިގެންދާނެ ކަމަށެވެ. ސިޓީ ކައުންސިލްގެ އެއްވެސް ލޯގޯއެއް ހަފްލާގައި ނެތްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ހަފްލާގައި ވާހަކަދެއްކުމުގެ ފުރުސަތަކަށް އެދިވަޑައިގެން އާދޭސް ދަންނަވަން ޖެހިވަޑައިގަތް ކަމަށެވެ.

މުއިއްޒުގެ މި ވާހަކަތަކަށް ރައްދުދެއްވައި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލިމަނިކު (މޫކޭ) ވިދާޅުވީ އާރްޑީސީން އެގޮތަށް މަސައްކަތް ނުކުރާ ކަމަށެވެ. އަދި ސިޓީ ކައުންސިލާއެކު އެއްބާރުލުން ދީގެން މަސައްކަތް ކުރިއަށް ގެންދެވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އާރްޑީސީގެ އަމާޒަކީ ސިޓީ ކައުންސިލަށް ޖެއްސުން ކުރުން ނޫންކަން ފާހަގަކުރައްވައި މޫކޭ ވިދާޅުވީ ކުންފުނީގެ ބޭނުމަކީ ރައްޔިތުންނަށް އަވަސް، ފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުން ކަމުގައެވެ.

މޫކޭ މިހެން ވިދާޅުވެފައިވާއިރު ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރުގެ މުއައްސަސާތައް ބަދުނާމުވާ ގޮތަށް ވާހަކަ ދައްކަވަމުންނެވެ.

މާލޭ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

28 މާރިޗު 2026

މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް

28 މާރިޗު 2026
މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް
16 މާރިޗު 2026

ކެޓްޝެލްޓަރ އަށް ބުޅާތައް ނުގެންގޮސް މިނިސްޓްރީން އާއްމުންނަށް އިންޒާރެއް: އަނިޔާ ކުރާނަމަ ނުވަތަ މަރާނަމަ، ޖަލަށްލައި ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނަން

16 މާރިޗު 2026
ކެޓްޝެލްޓަރ އަށް ބުޅާތައް ނުގެންގޮސް މިނިސްޓްރީން އާއްމުންނަށް އިންޒާރެއް: އަނިޔާ ކުރާނަމަ ނުވަތަ މަރާނަމަ، ޖަލަށްލައި ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނަން
10 މާރިޗު 2026

މެޖޯރިޓީ ނެތުމުން ކަންކަން ނުކުރެވޭ، މި އިންތިހާބުގައި މާލޭ ކައުންސިލް މެޖޯރިޓީ ހޯދައި ތަރައްގީ ނެރެދޭނެ: ރައީސް ސޯލިހު

10 މާރިޗު 2026
މެޖޯރިޓީ ނެތުމުން ކަންކަން ނުކުރެވޭ، މި އިންތިހާބުގައި މާލޭ ކައުންސިލް މެޖޯރިޓީ ހޯދައި ތަރައްގީ ނެރެދޭނެ: ރައީސް ސޯލިހު
10 މާރިޗު 2026

މޭޔަރ ކަމަށް އިތުރު ދައުރަކަށް އާޒިމް ހޮވިއްޖެ ނަމަ އުމުރުން ދުވަސްވީ މީހުން ޕާކުތަކަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދޭނެ ނިޒާމެއް ޤާއިމްކުރަނީ

10 މާރިޗު 2026
މޭޔަރ ކަމަށް އިތުރު ދައުރަކަށް އާޒިމް ހޮވިއްޖެ ނަމަ އުމުރުން ދުވަސްވީ މީހުން ޕާކުތަކަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދޭނެ ނިޒާމެއް ޤާއިމްކުރަނީ
09 މާރިޗު 2026

ހައުސިން މިނިސްޓަރު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މަސައްކަތް ކުޑަ އިމާރާތަކަށް ބަދަލުކުރެއްވުމުން، މޭޔަރު މުއިއްޒު ވަނީ ޖާގަ ކުޑަކަމުގެ ޝަކުވާ ކުރައްވާފަ: ރައީސް ސޯލިހް

09 މާރިޗު 2026
ހައުސިން މިނިސްޓަރު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މަސައްކަތް ކުޑަ އިމާރާތަކަށް ބަދަލުކުރެއްވުމުން، މޭޔަރު މުއިއްޒު ވަނީ ޖާގަ ކުޑަކަމުގެ ޝަކުވާ ކުރައްވާފަ: ރައީސް ސޯލިހް
08 މާރިޗު 2026

ސިނަމާލޭ ފްލެޓްގައި އުޅޭ ރައްޔިތުންނަށް އޮޅޭ ގޮތަށް ދައްކަވާ ވާހަކަ އާޒިމް ސާފުކޮށްދެއްވައިފި

08 މާރިޗު 2026
ސިނަމާލޭ ފްލެޓްގައި އުޅޭ ރައްޔިތުންނަށް އޮޅޭ ގޮތަށް ދައްކަވާ ވާހަކަ އާޒިމް ސާފުކޮށްދެއްވައިފި
03 މާރިޗު 2026

މާލޭގެ ވާހަކަ ދައްކަވާއިރު، މިހާރުގެ ރައީސް، މޭޔަރުކަމުގައި ހުންނެވިއިރު ހެއްދެވި އެކްޝަން ޕްލޭނަށް ވީ ގޮތެއް ބަލާލުން ކީއްތޯ؟

03 މާރިޗު 2026
މާލޭގެ ވާހަކަ ދައްކަވާއިރު، މިހާރުގެ ރައީސް، މޭޔަރުކަމުގައި ހުންނެވިއިރު ހެއްދެވި އެކްޝަން ޕްލޭނަށް ވީ ގޮތެއް ބަލާލުން ކީއްތޯ؟
28 ފެބުރުއަރީ 2026

ރައީސް މުއިއްޒު ދެއްވި ތަރާވީސް: އެއް ވާހަކައެއް ދެއްކެވީ ދެގޮތަކަށް!

28 ފެބުރުއަރީ 2026
ރައީސް މުއިއްޒު ދެއްވި ތަރާވީސް: އެއް ވާހަކައެއް ދެއްކެވީ ދެގޮތަކަށް!
26 ފެބުރުއަރީ 2026

މާލޭގެ މަގުތަކުގައި ނަންބޯޑު ހަރުކުރުމާ ގުޅޭ ގޮތުން ޑެޕިއުޓީ މޭޔަރ އަރީޝް އާ ހަވާލާދީ ފަތުރަމުންދަނީ ދޮގު ހަބަރެއް: މާލެ ސިޓީ ކައުންސިލް

26 ފެބުރުއަރީ 2026
މާލޭގެ މަގުތަކުގައި ނަންބޯޑު ހަރުކުރުމާ ގުޅޭ ގޮތުން ޑެޕިއުޓީ މޭޔަރ އަރީޝް އާ ހަވާލާދީ ފަތުރަމުންދަނީ ދޮގު ހަބަރެއް: މާލެ ސިޓީ ކައުންސިލް
26 ފެބުރުއަރީ 2026

މުއިއްޒުބޭއެވެ. މި ރޯދަމަހު ލޮލަށް ބޮލަށް ގޮވަން ނުހަދާށެވެ!

26 ފެބުރުއަރީ 2026
މުއިއްޒުބޭއެވެ. މި ރޯދަމަހު ލޮލަށް ބޮލަށް ގޮވަން ނުހަދާށެވެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް