Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަބްރަހަމް ރޯމާއަށް ބަދަލުވުން

ޗެލްސީ ދޫކޮށް އަބްރަހަމް ރޯމާއަށް

17 އޯގަސްޓު 2021 | އަންގާރަ 18:25

އަބްރަހަމް ވަނީ ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 އޯގަސްޓު 2021 | އަންގާރަ 18:25
ރޯމާއާ ގުޅުނު އިންގްލެންޑުގެ ޒުވާން ފޯވާޑް ޓެމީ އަބްރަހަމް

ރޯމާއާ ގުޅުނު އިންގްލެންޑުގެ ޒުވާން ފޯވާޑް ޓެމީ އަބްރަހަމް

ޗެލްސީއަށް ކުޅެމުން އައި އިންގްލެންޑުގެ ޒުވާން ފޯވާޑް ޓެމީ އަބްރަހަމް އިޓަލީގެ ރޯމާއަށް ބަދަލުވެއްޖެއެވެ.

އުމުރުން 23 އަހަރުގެ އަބްރަހަމް ރޯމާއަށް ބަދަލުވީ 40 މިލިޔަން ޔޫރޯގެ ފީއަކަށެވެ. އޭނާ ވަނީ ރޯމާއާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ.

ރޯމާއަށް ސޮއިކުރުމަށްފަހު އަބްރަހަމް ބުނީ އެ ޓީމަކީ ބޮޑެތި ޓްރޮފީތައް ކާމިޔާބުކުރެވޭ ފެންވަރުގެ ޓީމެއް ކަމަށެވެ. އަދި ޗެލްސީގައި އޭނާއަށް އެ މުބާރާތްތަކުގެ ތަޖުރިބާ ހޯދިފައިވާ ކަމަށާއި، އެހެންކަމުން އެ ތަޖުރިބާގެ ބޭނުންހިފައި، ރޯމާއާއެކު އެ ކާމިޔާބީތައް ހޯދަން މަސައްކަތްކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އުމުރުން އެންމެ ހަތް އަހަރުގެ ޗެލްސީއާ ގުޅުނު އަބްރަހަމް އެ ޓީމު ދޫކޮށްލިއިރު، މީގެ ކުރިން އޭނާ ވަނީ ލޯނު އުސޫލުން ބްރިސްޓަލް ސިޓީ އާއި، ސްވަންސީ ސިޓީ އަދި އެސްޓަން ވިލާއަށްވެސް ކުޅެފައެވެ. އަދި ޗެލްސީގައި ހޭދަކުރި މުއްދަތުގައި އޭނާ ވަނީ އެ ޓީމަށް 82 މެޗު ކުޅެދީ 30 ލަނޑު ޖަހާފައެވެ. މީގެ އިތުރުން އަބްރަހަމް ވަނީ ޗެލްސީއާއެކު މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕުވެސް ކާމިޔާބުކޮށްފައެވެ.

އިންގްލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމުން އަބްރަހަމް ޖާގަ ހޯދާފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން މިހާތަނަށް އިންގްލެންޑުގެ ގައުމީ ޓީމަށް އަބްރަހަމް ހަ މެޗު ކުޅެދީފައިވާއިރު، އޭނާ ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

ރޯމާއިން އަބްރަހަމުގެ ސޮއި ހޯދިއިރު، އެ ޓީމު ކުޅެމުން އައި ބޮސްނިއާގެ ފޯވާޑް އެޑިން ޒެކޯ ދާދި ފަހުން ވަނީ އިޓަލީގެ ޗެމްޕިއަން އިންޓަ މިލާނަށް ބަދަލުވެފައެވެ. މި ސީޒަނަށް ރޯމާ ނުކުންނާނީ ޗެލްސީގެ ކުރީގެ ކޯޗު ޖޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުންނެވެ.

ޓެމީ އަބްރަހަމްރޯމާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

07 ޖޫން 2025

ރޯމާގެ ކޯޗަކަށް ގަސްޕެރީނީ ހަމަޖައްސައިފި

07 ޖޫން 2025
ރޯމާގެ ކޯޗަކަށް ގަސްޕެރީނީ ހަމަޖައްސައިފި
03 ފެބުރުއަރީ 2025

ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

03 ފެބުރުއަރީ 2025
ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި
23 ޑިސެމްބަރު 2024

ޕާމާ އަތުން ރޯމާ އަށް ފަސް ލަނޑުގެ މޮޅެއް

23 ޑިސެމްބަރު 2024
ޕާމާ އަތުން ރޯމާ އަށް ފަސް ލަނޑުގެ މޮޅެއް
27 އޯގަސްޓު 2024

ލުކާކޫ ނަޕޯލީ އަށް ބަދަލުވުން ކުރިއަށް ދާނެ، ކުރިއަށް ދަނީ ލިޔެ ކިޔުންތަކުގެ މަސައްކަތް

27 އޯގަސްޓު 2024
ލުކާކޫ ނަޕޯލީ އަށް ބަދަލުވުން ކުރިއަށް ދާނެ، ކުރިއަށް ދަނީ ލިޔެ ކިޔުންތަކުގެ މަސައްކަތް
26 އޯގަސްޓު 2024

އެމްޕޮލީ އަތުން ރޯމާ ބަލިވެއްޖެ

26 އޯގަސްޓު 2024
އެމްޕޮލީ އަތުން ރޯމާ ބަލިވެއްޖެ
06 މެއި 2024

ރޯމާ އާއި ޔުވެންޓަސް ބައްދަލުކުރި މެޗު އެއްވަރު

06 މެއި 2024
ރޯމާ އާއި ޔުވެންޓަސް ބައްދަލުކުރި މެޗު އެއްވަރު
15 ޖެނުއަރީ 2024

އޭސީ މިލާނުން ރޯމާ ބަލިކޮށްފި

15 ޖެނުއަރީ 2024
އޭސީ މިލާނުން ރޯމާ ބަލިކޮށްފި
31 ޑިސެމްބަރު 2023

ރޯމާ ބަލިކޮށް، ޔުވެންޓަސް އިން ދެ ޕޮއިންޓަށް ފަރަގު ކުޑަކޮށްފި

31 ޑިސެމްބަރު 2023
ރޯމާ ބަލިކޮށް، ޔުވެންޓަސް އިން ދެ ޕޮއިންޓަށް ފަރަގު ކުޑަކޮށްފި
25 ޑިސެމްބަރު 2023

ރޯމާ އިން ނަޕޯލީ ބަލިކޮށްފި

25 ޑިސެމްބަރު 2023
ރޯމާ އިން ނަޕޯލީ ބަލިކޮށްފި
27 އޮކްޓޯބަރު 2023

ޔޫރޮޕާ ލީގުގައި ލުކަކޫ އަށް ހުއްޓުމެއް ނެތް، ރޯމާ މޮޅު

27 އޮކްޓޯބަރު 2023
ޔޫރޮޕާ ލީގުގައި ލުކަކޫ އަށް ހުއްޓުމެއް ނެތް، ރޯމާ މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް