Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ރޯމާ ބަލިކޮށް، ޔުވެންޓަސް އިން ދެ ޕޮއިންޓަށް ފަރަގު ކުޑަކޮށްފި

ޔުވެންޓަސް ދެ ވަނައިގައި އޮތީ 18 މެޗުން 43 ޕޮއިންޓު ހޯދައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 ޑިސެމްބަރު 2023 | އާދީއްތަ 08:06
މެޗުގައި ލަނޑު ޖެހުމަށްފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

އިޓާލިއަން ލީގުގައު ރޯމާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޔުވެންޓަސް އިން އެއް ވަނައިގައި އޮތް އިންޓަރ މިލާންއާ ދެމެދު ފަރަގު ކުޑަކޮށްފި އެވެ.

ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗަށް ނުކުތްއިރު، ޔުވެންޓަސްއާ އިންޓަރ މިލާންއާ ދެެމެދު ފަސް ޕޮއިންޓުގެ ފަރަގު އޮތެވެ. މެޗުން މޮޅުވެ ފަރަގު ކުޑަ ކުރަންް ލިބުނު ފުރުސަތުގެ ބޭނުން ހިފައި ޔުވެންޓަސް އިން ވަނީ ދެ ޕޮއިންޓަށް ފަރަގު ކުޑަކޮށްފަ އެވެ. އެއީ ލީގުގައި އިންޓަރ މިލާން އިން ކުޅުނު މެޗު އެއްވަރުވުމުންނެވެ.

މެޗުގައި ޔުވެންޓަސް އިން ރަނގަޅަށް ކުޅުނުއިރު، އެ ޓީމުން ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އެޑްރިއަން ރާބިއޮޓް އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޑޫސާން ވްލަހޮވިޗް އެވެ. މެޗުގައި ޔުވެންޓަސް އިން ދެ ވަނަ ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެ ލަނޑު ބަަލައި ނުގަތުމަށެވެ.

މޮޅާއެކު ޔުވެންޓަސް ދެ ވަނައިގައި އޮތީ 18 މެޗުން 43 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އިންޓަރ މިލާން އަށް ލިބެނީ 45 ޕޮއިންޓެވެ.

އިޓާލިއަން ލީގުޔުވެންޓަސްރޯމާ

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
02 ޖުލައި 2025

ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް

02 ޖުލައި 2025
ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް
07 ޖޫން 2025

ރޯމާގެ ކޯޗަކަށް ގަސްޕެރީނީ ހަމަޖައްސައިފި

07 ޖޫން 2025
ރޯމާގެ ކޯޗަކަށް ގަސްޕެރީނީ ހަމަޖައްސައިފި
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
16 ފެބުރުއަރީ 2025

ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ

16 ފެބުރުއަރީ 2025
ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު