Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއއ. މާޅޮހު ބަނދަރު

މާޅޮހު ބަނދަރު ތަރައްގީކުރުމުގައި ގޮންޖެހުންތަކެއް އެބަ ހުރި: އާޒިމް

17 އޯގަސްޓު 2021 | އަންގާރަ 09:10

ރަށް ކައިރީގައި އޮތް އާނުގަނޑުގެ ސަބަބުން ޕްލޭނަށް ބަދަލުގެންނަން ޖެހުނު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 17 އޯގަސްޓު 2021 | އަންގާރަ 09:10
އއ. މާޅޮހު ބަނދަރުމަތި

އއ. މާޅޮހު ބަނދަރުމަތި

އއ. މާޅޮހު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ރަށާ ކައިރީގައި އާނުގަނޑުތަކެއް އޮތުން ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އއ. މާޅޮހު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތަކީ މިދިޔަ 2020 ވަނަ އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެމްޓީސީސީން އއ. އަދި އދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރާ ދަތުރުގައި ސީއީއޯ އާދަމް އާޒިމް ވަނީ މާޅޮހު ބަނދަރުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލައްވާފައެވެ.

Advertisement - newsAdvertisement

މި މަސައްކަތް ނިންމަވައިލެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ހިއްސާކުރައްވައި އާޒިމް ވިދާޅުވީ މާޅޮހު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަނދަރު ސަރަހައްދުގައި އާނުގަނޑެއް އޮތުން ކަމަށެވެ. އެހެންކަމުން މި މަސައްކަތް ފެށިފަހުން ޕްރޮޖެކްޓުގެ ކޮންސެޕްޓް ތިން ފަހަރެއްގެ މަތިން ބަދަލުކުރަން ޖެހުނު ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ހާލަތާއެކު މަސައްކަތް ކުރިއަށްގެންދިއުމަށް ބޭނުންވާ ބައެއް ސާމާނު ގެންދިއުމަށް ދަތިވި ކަމަށް އާޒިމް ވިދާޅުވިއެވެ. މިއާއެކު މަސައްކަތް ވަރަށް ބޮޑަށް މަޑުޖެހިލި ކަމަށާއި، އެހެންނަމަވެސް ދެން މި މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ޖޫން ހިސާބުގައި މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މާޅޮހު ކައުންސިލްގެ ނާއިބުރައީސް ފަޒީލް އަހުމަދު ވިދާޅުވީ މިހާރު އޮތް ބަނދަރު ކުޑަކަމުން ގިނަ ދަތިތަކެއް ދިމާވާ ކަމަށެވެ. ރަށަށް މުދާ ބޭލުމުގައި ދިމާވާ ދަތިތަކާއި، އެ ރަށަކީ ފުދޭވަރަކަށް ކަންނެލީގެ މަސްވެރިކަން ކުރާ މީހުން ގިނަ ރަށަކަށް ވުމުން ކަންނެލި ދޯނިތަކަށް ބަނދަރާ ކައިރިކުރުމަށް ދަތިވާ ކަމަށް ކައުންސިލްގެ ނާއިބުރައީސް ވިދާޅުވިއެވެ. ބަނދަރުގެ މަސައްކަތް ނިމުމުން މި ކަންކަމަށް ހައްލު ލިބިގެންދާނެކަމަށް ނާއިބުރައީސް ފަޒީލް ވިދާޅުވިއެވެ.

މާޅޮހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 24،335 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 407 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 394 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 56 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 1970 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި، ރޭމްޕް ހެދުމާއި، ނެރު ބައްތި އަދި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 56.97 މިލިއަން ރުފިޔާއަށެވެ

އެމްޓީސީސީ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
29 ސެޕްޓެމްބަރު 2025

ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2025
ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި
26 ސެޕްޓެމްބަރު 2025

317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރު 2025
317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް