Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަންދޫ ބަނދަރުގެ މަސައްކަތް

މަންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ސެޕްޓެމްބަރު މަހު ފެށޭނެ: އާޒިމް

17 އޯގަސްޓު 2021 | އަންގާރަ 08:00

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2019 ވަނަ އަހަރު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 17 އޯގަސްޓު 2021 | އަންގާރަ 08:00
އެމްޓީސީސީން މަންދޫ ކައުންސިލާއެކު ބޭއްވި ބައްދަލުވުން

އެމްޓީސީސީން މަންދޫ ކައުންސިލާއެކު ބޭއްވި ބައްދަލުވުން

އދ. މަންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ސެޕްޓެމްބަރު މަހު ފަށައި، އެއް އަހަރުގެ ތެރޭގައި ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. 

487 މީހުންގެ އާބާދީއެއް އޮންނަ މަންދޫގައި ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 29 ޑިސެމްބަރު 2019 ގައެވެ. 

Advertisement - newsAdvertisement

މި މަސައްކަތް ހަވާލުކުރިތާ ދެ އަހަރު ވާން ގާތްވެފައިވާއިރު، މަންދޫގައި ބަނދަރު ތަރައްގީކުރަން ނިންމާފައިވާ ސަރަހައްދު އެމްޓީސީސީގެ ޓީމުން ވަނީ ބައްލަވައިލައްވާފައެވެ.

މި ސައިޓް ބައްލަވައިލެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާޒިމް ވިދާޅުވީ މަންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ނުފެށި ދިގުލައިގެންގޮސްފައި ވަނީ ބަނދަރު ތަރައްގީކުރާނެ ސަރަހައްދެއް ކަނޑަނޭޅިގެން ކަމަށެވެ. މިހާރު ނިންމާފައިވަނީ ރަށުގެ ހުޅަނގު ފަރާތުގައި ބަނދަރު ތަރައްގީކުރަން ކަމަށް އާޒިމް ވިދާޅުވިއެވެ. 

މި މަސައްކަތް ސެޕްޓެމްބަރު މަހު ފެށޭން ކަމަށާއި، މަސައްކަތް ފަށާތާ އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން މަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސައީދު ވިދާޅުވީ ބަނދަރެއް ނެތުމުން އެ ރަށުގެ ރައްޔިތުންނަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. މިވަގުތު ބޭނުންކުރަން އޮތީ ޖެޓީއަކަށް ވާއިރު ޖެޓީން ބަރު އެއްޗެހި ނުއުފުލޭ ކަމަށް ސައީދު ވިދާޅުވިއެވެ. މުދާ އުފުލުމުގައި ދިމާވާ ދަތިތަކަށް ހައްލު ލިބުމުގެ އިތުރުން ރަށަށް އުމްރާނީ އެހެނިހެން ތަރައްގީ އައުމަށް ވެސް މަގުފަހި ވެގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ އެމްޓީސީސީއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު އެމްޓީސީސީގެ ފަރާތުން އެ ރަށުގައި ޖެޓީއެއް އަޅާނެ ކަމަށް ސީއީއޯ އާޒިމް ވިދާޅުވި ކަމަށެވެ. މިއީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެއް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ. 

އދ. މަންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން 19،630 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި، 136 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 31 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 138.73 މީޓަރުގެ ޖެޓީއެއް ހެދުމާއި،580 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. 

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 32.28 މިލިއަން ރުފިޔާއަށެވެ

އެމްޓީސީސީ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
29 ސެޕްޓެމްބަރު 2025

ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2025
ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި
26 ސެޕްޓެމްބަރު 2025

317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރު 2025
317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް