Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓްރެޜަރީ ބިލާއި ބޮންޑު ވިއްކުން

ޓްރެޜަރީ ބިލާއި ބޮންޑު ވިއްކުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

މި ބަދަލާއެކު މަރުކަޒީ ބޭންކުގެ މަނިޓަރީ ޕޮލިސީ ތަންފީޒްކުރުމުގައި މަރުކަޒީ ބޭންކަށާއި، އަދި ދައުލަތުގެ މާލީ ސިޔާސަތު ތަންފީޒުކުރުމަށް ފަސޭހަވެގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 އޯގަސްޓު 2021 | ހޯމަ 07:44
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ޓްރެޜަރީ ބިލާއި ބޮންޑު ވިއްކުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ ބައިނަލްއަޤުވާމީ ހަމަތަކާއި، ވާރލްޑް ބޭންކު އަދި އައި.އެމް.އެފް ފަދަ މާލީ އިދާރާތަކުގެ ލަފާގެ މަތިން ދަރަނި ބެލެހެއްޓުމުގެ އިދާރީ އޮނިގަނޑު ހަރުދަނާ ކުރުމުގެ ގޮތުން ދަރަނި ނެގުމުގެ އެންމެހާ އިދާރީ ކަންކަން އެއްފުރާޅެއްގެ ދަށަށް ގެނައުމުގެ މަސައްކަތުގެ ތެރެއިން ދައުލަތުގެ ޓްރެޜަރީ ބިލާއި ބޮންޑް ރަށްވެހިބާޒާރަށް ވިއްކުމުގެ އިދާރީ މަސައްކަތް އެ މިނިސްޓްރީއަށް ބަދަލުކުރެވިފައިވާ ކަމަށެވެ. ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ފައިސާ ޗާޕްކުރުމުގެ ބަދަލުގައި، ރަށްވެހިބާޒާރު ތަރައްޤީކުރުމަށާއި، ދަރަނީގެ ޕޯޓްފޯލިއޯ ސިންދަފާތުކުރުމަށް، ޓްރެޜަރީ ބިލާއި ބޮންޑް ފުރަތަމަ ތަޢާރަފް ކުރެވުނީ 10 ސެޕްޓެމްބަރ 2006 ގައެވެ. މިކަން ކުރުމަށް އެ މިނިސްޓްރީގައި އެކަށީގެންވާ ވަސީލަތާއި އަދި ފަންނު ނެތުމުން، ރާއްޖޭގެ މަރުކަޒީ ބޭންކުގެ ފުރިހަމަ އެއްބާރުލުމާއެކު އެޖެންސީ އެޤްރީމަންޓެއްގެ ދަށުން ދައުލަތުގެ ޓްރެޜަރީ ބިލާއި ބޮންޑް ރަށްވެހިބާޒާރަށް މިހާތަނަށް ވިއްކައިދީފައިވަނީ އެ މިނިސްޓްރީގެ ފިސްކަލް އޭޖެންޓެއްގެ ހައިސިއްޔަތުން މަރުކަޒީ ބޭންކުންނެވެ.

ދައުލަތުގެ ސެކިޔުރިޓީސް ވިއްކުމުގެ އިދާރީ މަސައްކަތް ކުރިން މަރުކަޒީ ބޭންކުން ކުރި ނަމަވެސް، މި ސެކިޔުރިޓީސްއާ ގުޅުންހުރި ދަރަންޏާއި، ދައުލަތުގެ ޖުމްލަ ދަރަނި ރިކޯޑްކޮށް ބެލެހެއްޓަމުގެ އެންމެހާ މަސައްކަތް އަބަދުވެސް ކުރަމުން ދަނީ އެ މިނިސްޓްރީން ކަމަށް ވަނީ ބުނެފައެވެ. ދައުލަތުގެ ދަރަނި ބަލަހައްޓާ ނިޒާމު ހަރުދަނާކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން، ރަށްވެހިބާޒާރަށް ޓްރެޜަރީ ބިލާއި ބޮންޑު ވިއްކުމުގެ ވަސީލަތްތަކާއި ފަންނު މަރުކަޒީ ބޭންކާއި، ބައިނަލްއަޤުވާމީ އިދާރާތަކުގެ އެހީތެރިކަމާއެކު އެ މިނިސްޓްރީގައި ބިނާކުރެވި، މަރުކަޒީ ބޭންކާ ހަވާލުކޮށްގެން ކުރަމުން ދިޔަ އިދާރީ މަސައްކަތް މިހާރު ފިނޭންސް މިނިސްޓްރީއަށް ބަދަލު ކުރެވިފައިވާ ކަމަށާއި ޓްރެޜަރީ ބިލާއި ބޮންޑު ވިއްކުމުގެ އަމަލީ މަސައްކަތްތަކަށް ގެނެވުނު ހެޔޮ ބަދަލާއެކު، މިނިސްޓްރީ އާއި ދައުލަތުގެ ޓްރެޜަރީ ބިލާއި ބޮންޑު ފަދަ ތަކެތި ގަންނަ ފަރާތްތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށް ރަށްވެހިބާޒާރު ފުޅާކޮށް ތަރައްޤީކުރުމަށް ފަސޭހަވެގެން ދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީން އިތުރަށް ބުނީ މި ބަދަލާއެކު މަރުކަޒީ ބޭންކުގެ މަނިޓަރީ ޕޮލިސީ ތަންފީޒްކުރުމުގައި މަރުކަޒީ ބޭންކަށާއި، އަދި ދައުލަތުގެ މާލީ ސިޔާސަތު ތަންފީޒުކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. ދައުލަތުގެ ޓްރެޜަރީ ބިލާއި ބޮންޑު ވިއްކުމުގެ އިދާރީ މަސައްކަތް މި މިނިސްޓްރީއަށް ބަދަލުކުރެވުނު ނަމަވެސް، މިފަދަ ކަންކަމުގައި މަރުކަޒީ ބޭންކާއި މިނިސްޓްރީން އަބަދުވެސް މަސައްކަތްކުރާނީ އެއް މިސްރާބަކަށް ދިއުމަށް، އެކީގައި ކަމަށެވެ. އެގޮތުން ރަށްވެހިބާޒާރަށް ވިއްކާ މިފަދަ ދައުލަތުގެ ސެކިއުރިޓީތަކުގެ ރެގިއުލޭޓަރ އަކީ ކުރިއެކޭ ވެސް އެއްގޮތަށް މަރުކަޒީ ބޭންކެވެ. އަދި ސަރުކާރުގެ ބޭންކަރގެ ހައިސިއްޔަތުން މި ސެކިއުރިޓީތަކުގެ ސެޓްލްމަންޓް ވެސް ހިންގާނީ މަރުކަޒީ ބޭންކުންނެވެ.

މާލީ ރަށްވެހިބާޒާރު އިތުރަށް ހަރުދަނާ ކުރުމަށް މަރުކަޒީ ބޭންކާއެކު ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރެވެމުންދާ ކަމަށާއި އޭގެ ތެރޭގައި ރަށްވެހިބާޒާރަށް އައު ޓްރެޜަރީ ސެކިއުރިޓީތައް ތައާރަފް ކުރުމާއި، ސެކިއުރިޓީ ވިއްކުމުގެ ކަންކަން ހަރުދަނާ ކުރުމަށް އިންފްރާސްޓަރަކްޗަރ ބިނާ ކުރުމާއި ޤާނޫނީ އޮނިގަނޑު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ފިނޭންސް މިނިސްޓްރީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
25 ނޮވެމްބަރު 2025

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
13 ނޮވެމްބަރު 2025

ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!

13 ނޮވެމްބަރު 2025
ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!
06 ނޮވެމްބަރު 2025

ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި

06 ނޮވެމްބަރު 2025
ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި
05 ނޮވެމްބަރު 2025

މުއިއްޒު ބޭނުންވާ އަމިއްލަ ކުންފުނިތަކަކަށް ޕޮރޮޖެކްޓްތައް ބަހާލުން ބުރާސްފަތި ދުވަހު

05 ނޮވެމްބަރު 2025
މުއިއްޒު ބޭނުންވާ އަމިއްލަ ކުންފުނިތަކަކަށް ޕޮރޮޖެކްޓްތައް ބަހާލުން ބުރާސްފަތި ދުވަހު
05 ނޮވެމްބަރު 2025

ފަޒުލްގެ ކުންފުނިން ލޯންޗު ގަތުމަށް ސަރުކާރުން އިއުލާނު ކޮށްފި

05 ނޮވެމްބަރު 2025
ފަޒުލްގެ ކުންފުނިން ލޯންޗު ގަތުމަށް ސަރުކާރުން އިއުލާނު ކޮށްފި
30 އޮކްޓޯބަރު 2025

މި އަހަރުގެ ބަޖެޓަށް 7.7 ބިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް

30 އޮކްޓޯބަރު 2025
މި އަހަރުގެ ބަޖެޓަށް 7.7 ބިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު