Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީސީގެ މެންބަރުކަމަށް ބޭފުޅަކު އައްޔަނުކުރުން

އީސީގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ފޮނުއްވި 5 ނަން ދިރާސާކުރުމަށް ކޮމިޓީއަށް

16 އޯގަސްޓު 2021 | ހޯމަ 07:07

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަޤާމަށް މީހަކު އައްޔަން ކުރަން ޖެހޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 16 އޯގަސްޓު 2021 | ހޯމަ 07:07
އީސީގެ ކުރީގެ ރައީސް އަހްމަދު ޝަރީފް މަޤާމުން އިސްތިއުފާ ދެއްވީ ޖުލައި މަހުގެ 15 ވަނަ ދުވަހު

އީސީގެ ކުރީގެ ރައީސް އަހްމަދު ޝަރީފް މަޤާމުން އިސްތިއުފާ ދެއްވީ ޖުލައި މަހުގެ 15 ވަނަ ދުވަހު

ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ 5 ނަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް ފޮނުއްވި ސިޓީފުޅު މަޖިލީހަށް އިއްވާފައިވަނީ އަމީންއާންމެވެ. ރައީސް ފޮނުއްވާފައިވާ ފަސް ބޭފުޅުންނަކީ:

Advertisement - newsAdvertisement

1. މުހައްމަދު އާސިފް، ހ. އިރުވައި

2. ޝަހުލާ އިސްމާއިލް، ފިނިއުނިމާގެ، ޅ. ހިންނަވަރު

3. އަޒްލީމާ އަހުމަދު، ދަފްތަރު ނަންބަރު ރސ 94-341

4. އަހުމަދު މަންސޫރު، ވ. ރިވެތި

5. މަރިޔަމް ހަނީފާ ހާލިދު، އަނބުގަސްދޮށުގެ، ހއ. ކެލާ

ހުސްވެފައިވާ, އީސީގެ ރައީސްގެ މަޤާމަށް މީހަކު އައްޔަން ކުރެވޭނީ އިތުރު މެމްބަރަކު ލިބިގެންނެވެ. އީސީގެ ކުރީގެ ރައީސް އަހްމަދު ޝަރީފް މަޤާމުން އިސްތިއުފާ ދެއްވީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އިސްތިއުފާ ދެއްވަމުން ޝަރީފް ވިދާޅުވީ ވޭތުވެދިޔަ ތިން އިންތިޚާބުގައި ވެސް އިޚްލާސްތެރިކަމާއެކު މަސައްކަތް ކޮށްދެއްވުނު ކަމުގެ ހިތްހަމަ ޖެހުން ލިބިވަޑައިގަތް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމުގައި ދެމި ހުންނަވާނެ ކަމަށެވެ.

އިސްތިއުފާއާ ގުޅޭގޮތުން ރާއްޖެއެމްވީއަށް ޝަރީފް ވިދާޅުވީ، 3 އިންތިޚާބުގައި މަސައްކަތް ކުރެއްވުމުން އެއީ އިންތިޚާބުގެ ސައިކަލްއެއް ހަމަވީ ކަމަށެވެ. ކުރިން ވެސް ނިންމަވައިގެން ހުރީ ލޯކަލް ކައުސިން އިންތިޚާބަށް ފަހު އިސްތިއުފާ ދެއްވަން ކަމުގައި ޝަރީފް ވިދާޅުވިއެވެ. ދެން ބޭނުންވަނީ އިންތިޚާބުގެ ކަންކަން ރަނގަޅަށް ކުރާނެ އެހެން މީހަކަށް އެ ފުރުސަތު ދެއްވުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް އަދިވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އެހެން ދާއިރާއަކުން ފުރުސަތު ލިބިއްޖެނަމަ އެ ފުރުސަތުގެ ބޭނުން ހިފާނެ ކަމަށް ވިދާޅުވިއެވެ.

ޤާނޫނު ބުނާ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމު ހުސްވާތާ (ރަސްމީ ބަންދު ދުވަސް ނުހިމަނައި) 60 ދުވަހުގެ ތެރޭގައި އެ މަޤާމަށް މީހަކު އައްޔަން ކުރަން ޖެހެއެވެ. އެހެންނަމަވެސް މިނިވަން ދުވަހާއި ޢީދު ބަންދާ ދިމާކޮށް، ވަރަށް ގިނަ ދުވަސްތަކަކަށް ސަރުކާރު ބަންދުވެގެން ދިޔައެވެ. އެހެންކަމުން މި 60 ދުވަސް ވަނީ 90 ދުވަހަށް ދިގުލައިގެން ގޮސްފައެވެ.

އިލެކްޝަންސް ކޮމިޝަންރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް