Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19 ވެކްސިން

ނިއުމަތުގެ ބޭނުން ހިފަން ދިވެހިންނަށް ނޭނގުނީބާ؟

ސަރުކާރުން ވަނީ ގައުމުގެ އާބާދީއަށް ބޭނުންވާ ވަރަށް ވެކްސިން ހޯދާފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 14 އޯގަސްޓު 2021 | ހޮނިހިރު 03:15
ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިނޭޝަން ޕްރޮގްރާމް

ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިނޭޝަން ޕްރޮގްރާމް

މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ގެނުވި ކޮވިޑް-19 ގެ ވަބާގައި ދިވެހީން ހޭދަކުރި ދުވަސްތައް ނިމުމަކަށް އަންނަން އޮތީ ވެކްސިންގެ ބޭނުން ހިފައިގެންނެވެ.

ސައިންޓިސްޓުން އެތައް ތަހުލީލުތަކެއްކޮށް ވަގުތުތަކެއް މި ވެކްސިން އުފެއްދުމަށް ހޭދަކޮށްފައިވެއެވެ. އަދި މިއީ މިވަގުތަށް ބަލާއިރު ކޮވިޑްގެ ވަބާއިން އަރައިގަތުމަށް އޮތް ހަމައެކަނި ވަސީލަތެވެ.

ދުނިޔޭގެ އެހެން ގައުމުތަކާއި ޚިލާފަށް ދިވެހި ސަރުކާރުން ވަނީ ރާއްޖޭގައި ދިރިއުޅޭ އެންމެންއަށް ވެކްސިން ކަށަވަރުކޮށްދީފައެވެ. ރާއްޖެއަށްވުރެ އެތައް ގޮތަކުން ކުރިއަރާފައިވާ ގައުމުތައް ފަހަތަށް ޖައްސާލުމަށްފަހު ދިވެހި ސަރުކާރުން ރައްޔިތުންނަށް ވެކްސިން ކަށަވަރުކޮށްދިނުމުން އެކަމަށް ދެކޮޅުހަދާ ބަޔަކު ދިރިއުޅޭކަން ވެސް ގަބޫލުކުރަން ޖެހެއެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ ލިބުނު ކޮވިޑް ވެކްސިނަކީ އިންޑިއާގެ ސެރުމް އިންސްޓިޓިއުޓްގެ ކޮވެޝީލްޑް ވެކްސިނެވެ. މި ވެކްސިން ރާއްޖެ ގެނައުމާއިއެކު ބައެއް މީހުން ވެކްސިން ނުޖަހާން ދެކޮޅު ހެދީ މިއީ އިންޑިއާގެ ވެކްސިނެކޭ ބުނެފައެވެ. އޭރު އެ މީހުން ވެކްސިން ޖަހާން ދެކޮޅު ހެދީ ވެކްސިންގެ ކޮލިޓީއާ މެދު ސުވާލު އުފައްދާފައެވެ. އެކަމަކު އެ ވެކްސިނަކީ ދުނިޔޭގެ ސިއްހަތާ ބެހޭ މައި ޖަމިއްޔާއިން އެޕްރޫވަލް ދިން ވެކްސިނެކެވެ.

އެ ވެކްސިނަށްފަހު ޗައިނާގެ ސިނޮފަރމް ވެކްސިން ރާއްޖެއަށް ގެނައެވެ. އެ ވެކްސިންގެ ކޮލިޓީއާމެދު ވެސް ބައެއް މީހުން ވަނީ ސުވާލު އުފައްދައިފައެވެ. އެކަމަކު އެ ވެކްސިނަކީވެސް ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުން ބޭނުން ކުރަމުން އައި ވެކްސިނެކެވެ.

އެންމެ ފަހުން ރާއްޖެއަށް ލިބުނު ވެކްސިނަކީ އެމެރިކާގެ ފައިޒާ ވެކްސިނެވެ. މި ވެކްސިންގެ ކޮލިޓީއާ މެދު ހަމަޔަގީނުންވެސް ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. އެހެންކަމުން މިހާރު އިވޭ އަޑަކީ ދީނުގައި ވެކްސިން ޖެހުން އެއީ އޮންނަ ކަމެއް ނޫން ކަމަށް ދެކެވޭ ވާހަކަތަކުގެ އަޑެވެ.

އިސްލާމް ދީނުގައި ވެކްސިން ޖެހުން އެއީ އޮންނަ ކަމެއް ނޫން ކަމަކަށް އެނގޭނެ އެއްވެސް ހެއްކެއް ނެތެވެ. އޭގެ ބަދަލުގައި އިސްލާމް ދީނުގައި ތިމާގެ ސިއްހަތާއި މެދު ރައްކާތެރިވުމަށް އަންގަވާފައިވެއެވެ.

ބައެއް މީހުން ވެކްސިން ނުޖަހަނީ ޖެހެން ހުރި ބައްޔެއް ޖެހޭނެ ކަމަށް ބުނެއެވެ. އެއީ ވެސް ގޯސް ވިސްނުމެކެވެ. ތިމާގެ ގަޔަށް ކޮވިޑްގެ ވައިރެސް އެރުމާއިއެކު ތިމާގެ އާއިލާ މީހުންނާއި، އެކުވެރިންވެސް އެ ބަލީގެ ނުރައްކަލަށް އެބަ ހުށަހެޅެއެވެ.

ވެކްސިންގެ ބޭނުން ހިފަން މިލިބުނު ވަގުތުގައި ވެކްސިންގެ ބޭނުން ހިފައިގެން ނޫން ގޮތަކަށް ދިވެހީންނަށް ކުރިން ދިރިއުޅެމުން އައި ދިރިއުޅުމަށް ބަދަލުވެވޭކަށް ނެތެވެ. އޭގެ ބަދަލުގައި ލިބިފައި މިވާ ނިއުމަތަށް ފުރަގަސްދޭންވީ ހެއްޔެވެ. ނޫނެކެވެ. ލިބުނު ނިއުމަތަށް ޝުކުރުކޮށް އޭގެ ބޭނުން ހިފާށެވެ.  

ކޮވިޑް-19ކޮވިޑް-19 ވެކްސިން

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު