Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ ފަރުމާކޮށްގެން އެއްލައްކަ ރުފިޔާ

މިއީ ލޯގޯ ފަރުމާކުރުން އާންމުންނަށް ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 އޯގަސްޓު 2021 | ބުރާސްފަތި 07:58
މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފޭން އެވޯޑް ޓްރޮފީ

މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފޭން އެވޯޑް ޓްރޮފީ

ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ ފަރުމާކޮށްގެން އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އިފް މޯލްޑިވްސް (އެފްއޭއެމް) އިން ބުދަ ދުވަހު ވަނީ ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ ފަރުމާކުރަން ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައެވެ. އެފްއޭއެމުން މައުލޫމާތުދޭ ގޮތުން ލޯގޯ ފަރުމާކުރުމުގެ މުބާރާތް ކުރިއަށްދާނީ އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއީ ރާއްޖޭގެ އެންމެ ބޮޑު ލީގުގެ ލޯގޯ ފަރުމާކުރުން މުބާރާތެއް މެދުވެރިކޮށް އާންމުންނަށް ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރެވެ. ބުދަ ދުވަހުގެރޭ އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ވަނީ މިއީ ރާއްޖޭގައި ހަރަކާތްތެރިވާ އާޓް އާއި ޑިޒައިނަށް ޝައުގުވެރިވާ މީހުންނަށް އޮތް ރަނގަޅު ފުރުސަތެއް ކަމަށް ވިދާޅުވެފައެވެ.

ލޯގޯ ފަރުމާކޮށްގެން އެއްވަނައަށްދާ މީހަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭއިރު، އެ މީހަކާއެކު ހާއްސަ އެއްބަސްވުމެއް ހަދާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ލޯގޯގެ ކޮޕީރައިޓްސް އެފްއޭއެމަށް ލިބޭ ގޮތަށް ސޮއިކުރާނެއެވެ.

ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ ފަރުމާކުރުމުގެ ފުރުސަތު ހުޅުވާލިއިރު، ފުރަތަމަ ޑިވިޝަނުގެ ނަން ދިވެހި ޕްރިމިއާ ލީގުގެ ނަަމަށް ރީބްރޭންޑް ކޮށް، މިހާރު ބޭނުންކުރަމުން އަންނަ ލޯގޯ ދައްކާލީ 2015 ވަނަ އަހަރުއެވެ. ފުރަތަމަ ދެ އަހަރު އުރީދޫން ލީގު ސްޕޮންސާކުރުމާއެކު ބޭނުންކުރި ނަމަކީ އުރީދޫ ދިވެހި ޕްރިމިއާ ލީގެވެ. އެކަމަކު 2018 ވަނަ އަހަރު ދިރާގުން ލީގުގެ ސްޕޮންސާ ނެގުމާއެކު، މިހާތަނަށް ބޭނުންކުރަމުން އަންނަ ނަމަކީ ދިރާގު ދިވެހި ޕްރިމިއާ ލީގެވެ.

ދިވެހި ޕްރިމިއާ ލީގަށް އައު ލޯގޯއެއް ހަދާއިރު، ދާދި ފަހުން އެފްއޭއެމުން ވަނީ މުޅި ރާއްޖެއިން ޕްރިމިއާ ލީގުގައި ވާދަކުރެވޭނެ ފޯމެޓް ދައްކާލާފައެވެ. އެފްއޭއެމުން އިއުލާންކުރި އައު ފޯމެޓުގައިވާ ގޮތުން ދިވެހި ޕްރިމިއާ ލީގު 2023-2024 ވަނަ އަހަރުގެ ސީޒަން ފަށާނީ މިހާރުވެސް ލީގުގައި ހިމެނޭ އަށް ޓީމާއެކުއެވެ. އޭގެ އިތުރުން ދެން ހިމެނޭނީ ހަތަރު ޒޯނުގެ ޗެމްޕިއަނުންނެވެ. އެހެންކަމުން އައު ފޯމެޓާއެކު ދިވެހި ޕްރިމިއާ ލީގުގައި 12 ޓީމު ފެނިގެންދާނެއެވެ.

ދިވެހި ޕްރިމިއާ ލީގުފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި
10 ނޮވެމްބަރު 2025

ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި

10 ނޮވެމްބަރު 2025
 ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި
09 ނޮވެމްބަރު 2025

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް
08 ނޮވެމްބަރު 2025

ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

08 ނޮވެމްބަރު 2025
ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު