Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފެންޓަސީ ޕްރިމިއާ ލީގު

ލިވަޕޫލް ސަޕޯޓަރުންގެ ފެންޓަސީ ޕްރިމިއާ ލީގަށް އެއްލައްކަ ރުފިޔާ

ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 އޯގަސްޓު 2021 | ބުރާސްފަތި 07:28
ޑެނިއަލް އެގާ ލިވަޕޫލުގެ ސަޕޯޓަރުންނާ ބައްދަލުކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން

ޑެނިއަލް އެގާ ލިވަޕޫލުގެ ސަޕޯޓަރުންނާ ބައްދަލުކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން

ދިވެހި ލިވަޕޫލް ސަޕޯޓަރުންގެ ޖަމުއިއްޔާ ކަމަށްވާ "އޯއެލްއެސްސީ މޯލްޑިވްސް" އިން ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފެންޓަސީ ޕްރިމިއާ ލީގުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

އެހެން އަގުބޮޑު ލީގުތަކާ ޚިލާފަށް މިއީ ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭ ގޮތަށް، ހުރިހާ ދިވެހީންނަށް ހުޅުވާލެވިގެން ކުރިއަށް ދާ ލީގެއް ކަމަށް އޯއެލްއެސްސީ މޯލްޑިވްސްއިން މައުލޫމާތުދެއެވެ.

މި ފަހަރުގެ ފެންޓަސީ ލީގަށް އޯއެލްއެސްސީ މޯލްޑިވްސްއިން އަގުބޮޑު އިނާމުތަކެއް ކަނޑައަޅާފައިވާއިރު، މުޅި މުބާރާތުން އެއްވަނައަށްދާ މީހަކަށް 50،000 (ފަންސާސް ހާސް) ރުފިޔާ ވަނީ ހުށަހަޅާފައެވެ. އަދި ދެވަނައަށްދާ މީހަކަށް 25،000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ތިންވަނައަށްދާ މީހަކަށް ވަނީ 12،500 (ބާރަހާސް ފައްސަތޭކަ) ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައެވެ. މީގެ އިތުރުން ކޮންމެ މަހަކުވެސް، އެ މަހެއްގެ އެއްވަނައަށް އަންނަ މީހަކަށް 1،250 (އެއްހާސް ދުއިސައްތަ ފަންސާސް) ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.

މި މުބާރާތަކީ އޯއެލްއެސްސީ އާއި ކޭބަލް ޝޮޕް ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގެ ގަވާއިދާއި އިތުރު މައުލޫމާތު އޯއެލްއެސްސީގެ ޕޭޖުން ލިބެން ހުންނާނެ ކަމަށް އެ ޖަމުއިއްޔާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން މިދިޔަ ސީޒަނެކޭ އެއްގޮތަށް މި ފަހަރުވެސް އޯއެލްއެސްސީ މެންބަރުންނަށް ހާއްސަކޮށްގެން ނަތީޖާ ދިމާކުރުމުގެ މުބާރަތެއްވެސް ކުރިއަށްގެންދާނެ ކަމަށާއި، އަދި މުބާރާތް ކުރިއަށްގެންދާނީ ރާއްޖޭގެ ޑިވެލޮޕަރުންތަކެއް އުފައްދާފައިވާ "ގޯލްއާ އެޕް" އާ ގުޅިގެން ކަމަށްވެސް އޯއެލްއެސްސީ މޯލްޑިވްސްއިން މައުލޫމާތުދެއެވެ. އެގޮތުން ކޮންމެ މެޗެއްގެވެސް ރަނގަޅު ނަތީޖާ ދިމާކޮށްގެން ހޮވޭ ނަސީބުވެރިއަކަށް ޕިއްޒާ ބޯނާއިން ޕިއްޒާއެއް ލިބޭނެ ކަމަށްވެސް އޯއެލްއެސްސީ މޯލްޑިވްސްއިން މައުލޫމާތުދެއެވެ. އަދި މުޅި ސީޒަނުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ މީހަކަށްވެސް އިނާމެއް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތުދެއެވެ.

އޯއެލްއެސްސީ މޯލްޑިވްސްއިން އަގުބޮޑު ފެންޓަސީ ޕްރިމިއާ ލީގެއް ބާއްވާއިރު، އޯއެލްއެސްސީގެ ރާއްޖޭގެ ގޮފި ރަޖިސްޓާ ކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. ލިވަޕޫލުގެ އިތުރުން ރަސްމީކޮށް ރާއްޖޭގައިވެސް ރަޖިސްޓްރީކޮށްގެން ކުރިއަށްގެންދާ އޯއެލްއެސްސީން އަންނަނީ ކުޅިވަރާއި އެހެނިހެން ގޮތްގޮތުންވެސް ރާއްޖޭގައި ހަރަކާތްތަށް ހިންގަމުންނެވެ.

އެގޮތުން މިދިޔަ އަހަރުގެ ކުރީކޮޅު އޯއެލްއެސްސީ މޯލްޑިވްސްގެ ދައުވަތަކަށް ލިވަޕޫލުގެ ކުރީގެ ވައިސް ކެޕްޓަން ޑެނިއަލް އެގާ ވަނީ ރާއްޖެ އައިސް ލިވަޕޫލުގެ ސަޕޯޓަރުންނާ ބައްދަލުކޮށްފައެވެ. މިއީ ރާއްޖޭގެ ސަޕޯޓާސް ކުލަބަކުން އިސްވެ ބޭރުގެ ކުޅުންތެރިޔަކު ގެނެސްގެން ބޭއްވި ފުރަތަމަ އިވެންޓެވެ.

މީގެ އިތުރުންވެސް އޯއެލްއެސްސީ މޯލްޑިވްސްއިން އަންނަނީ މުޅި ރާއްޖޭގައި ލިވަޕޫލް ޕްރޮމޯޓުކޮށް، ސަޕޯޓަރުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން އެކި ކަހަލަ ހަފުލާތަކާއި، މުބާރާތްތަށް ބޭއްވުމުގެ އިތުރަށް، މުޖުތަމައުއަށް ފާއިދާހުރި އެކިކަންކަމުގައި ބައިވެރިވެ އެހީތެރިވަމުންނެވެ.

އޯއެލްއެސްސީ މޯލްޑިވްސް

އިތުރަށް ކިޔާލަން

24 ޖުލައި 2022

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީވުމުގެ ހަރަކާތެއް އޯއެލްއެސްސީން ފަށައިފި

24 ޖުލައި 2022
ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީވުމުގެ ހަރަކާތެއް އޯއެލްއެސްސީން ފަށައިފި
04 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް

04 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު