Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިޔާ ފްލެޓުގެ މަސައްކަތް

ފްލެޓުތަކުގެ މަސައްކަތްތައް އެއްކޮށް ނިންމަން ލޯނެއް ދޫކުރަން ފަށައިފި

ފިނިޝިން މަސައްކަތް ނިންމަން ގިނަ ބަޔަކަށް ދަތިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 12 އޯގަސްޓު 2021 | ބުރާސްފަތި 04:44
ހިޔާ ފްލެޓު

ހިޔާ ފްލެޓު

ހިޔާ މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށްޓަކައި، ބީއެމްއެލް މެދުވެރިކޮށް ލުއި ލޯނެއް ދޫކުރަން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް ވިދާޅުވީ ހިޔާ ފްލެޓުގެ މަސައްކަތްތައް ނިންމުމަށް މާލީ ގޮތުން ގިނަ ބަޔަކަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވިފައވާ ކަމަށެވެ. މިކަމަށް ހައްލެއް ހޯދައިދިނުމަށް ބީއެމްއެލް މެދުވެރިކޮށް ލޯނެއް ދޫކުރަން ފަށާފައިވާކަމަށާއި، މިހާރު އެ ލޯނަށް އެޕްލައި ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބީއެމްއެލް މެދުވެރިކޮށް އެ ފަރާތްތަކަށް އެ ފައިސާ ލިބިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ތިން މަސް ތެރޭގައި ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތްތައް ނުނިމޭނެ ކަމުގެ ޝަކުވާ ލިބިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިކަމާ ގުޅިގެން އެޗްޑީސީއާ ވާހަކަދައްކަވާފައިވާ ކަމަށާއި، މި ކުރެވުނު މަޝްވަރާތަކަށް ފަހު އެޗްޑީސީން ނިންމާފައިވަނީ މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ކުލި ނެގުން ފަސްކޮށްލަން ކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު ކުރިން އޮތް މުއްދަތަށްވުރެ އިތުރު ތިން މަސް އިތުރުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މި ތަނުން ކުލި ނަގާ މުއްދަތު ފަސްކުރުމުން ވެސް ދައުލަތުގެ ބަޖެޓުން ފައްސަތޭކަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ. މިހާރު ފްލެޓުތައް ދޫކުރާ ރޭޓުގައި ފްލެޓުތައް ދިނީމަ ދައުލަތުގެ ބަޖެޓުން ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރަންޖެހޭކަން މީގެ ކުރިން ހާމަކޮށްފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ހިޔާ ފްލެޓުތަކުގެ މަސައްކަތްތައް ނިމި، އެ ތަންތަނުގެ ތަޅުދަނޑި ފްލެޓު ލިބުނު ފަރާތްތަކާ ހަވާލުކޮށްފައިވާއިރު، މިހާރު ކުރިއަށްދަނީ އެ ތަންތަނުގެ ފިނިޝިން ކަންކަން ނިންމުމުގެ މަސައްކަތެވެ. ފިނިޝިން މަސައްކަތް ނިންމާ މުއްދަތުގައި އެތަނުން ކުއްޔެއް ނުނަގާނެއެވެ.

ހިޔާ ފްލެޓް

އިތުރަށް ކިޔާލަން

02 އޯގަސްޓު 2025

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް
12 ޑިސެމްބަރު 2024

ހިޔާ ޓަވަރު 5ން 16 އަހަރުގެ ކުއްޖަކު ވެއްޓި މަރުވެއްޖެ

12 ޑިސެމްބަރު 2024
ހިޔާ ޓަވަރު 5ން 16 އަހަރުގެ ކުއްޖަކު ވެއްޓި މަރުވެއްޖެ
12 އޮކްޓޯބަރު 2024

ހިޔާ ފްލެޓުން ހިޔަލެއް ނުވޭ، އެޗްޑީސީގެ ބަހެއް ނެތް!

12 އޮކްޓޯބަރު 2024
ހިޔާ ފްލެޓުން ހިޔަލެއް ނުވޭ، އެޗްޑީސީގެ ބަހެއް ނެތް!
17 މާރިޗު 2024

ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު

17 މާރިޗު 2024
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު
06 ޑިސެމްބަރު 2023

ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް

06 ޑިސެމްބަރު 2023
ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް
06 ޑިސެމްބަރު 2023

ހިޔާ ފްލެޓުތަކުގެ ކުލިން އެއްލައްކަ މައާފުކޮށްފި

06 ޑިސެމްބަރު 2023
ހިޔާ ފްލެޓުތަކުގެ ކުލިން އެއްލައްކަ މައާފުކޮށްފި
06 ޑިސެމްބަރު 2023

ރައީސް ޖެއްސެވި ހިސާބު ދިމައެއް ނުވޭ، ދެއްވާނެކަމަށް ވިދާޅުވި ދެ ލައްކަ ރުފިޔާއިން 89،400 ރުފިޔާ މަދުވޭ!

06 ޑިސެމްބަރު 2023
ރައީސް ޖެއްސެވި ހިސާބު ދިމައެއް ނުވޭ، ދެއްވާނެކަމަށް ވިދާޅުވި ދެ ލައްކަ ރުފިޔާއިން 89،400 ރުފިޔާ މަދުވޭ!
01 ޑިސެމްބަރު 2023

ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތަށް ޚަރަދުވި ފައިސާ ދޭނެކަމަށް ވިދާޅުވުމަކީ އަވާމެންދުރެއް؟

01 ޑިސެމްބަރު 2023
ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތަށް ޚަރަދުވި ފައިސާ ދޭނެކަމަށް ވިދާޅުވުމަކީ އަވާމެންދުރެއް؟
30 ނޮވެމްބަރު 2023

ހިޔާ ފުލެޓުތަކުގެ ވެރިން އުއްމީދުކޮށްގެން ތިބީ 5 އަހަރުގެ ފަހު ދުވަހު ފައިސާ ލިބޭނެކަމަކަށް ނޫން - ޔައުގޫބް

30 ނޮވެމްބަރު 2023
ހިޔާ ފުލެޓުތަކުގެ ވެރިން އުއްމީދުކޮށްގެން ތިބީ 5 އަހަރުގެ ފަހު ދުވަހު ފައިސާ ލިބޭނެކަމަކަށް ނޫން - ޔައުގޫބް
29 ނޮވެމްބަރު 2023

ހިޔާ ފްލެޓް ފިނިޝިންގ އަށް ދޭން ސަރުކާރުން ވައުދުވި ފައިސާ ދޭނެ ގޮތަކާއި ގުޅޭގޮތުން ވަޒީރާ ސުވާލު ކުރައްވަނީ

29 ނޮވެމްބަރު 2023
ހިޔާ ފްލެޓް ފިނިޝިންގ އަށް ދޭން ސަރުކާރުން ވައުދުވި ފައިސާ ދޭނެ ގޮތަކާއި ގުޅޭގޮތުން ވަޒީރާ ސުވާލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު