Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެއި 6 ކޮމިޓީގެ ބައްދަލުވުން

ހަރުކަށި ފިކުރާ ގުޅޭ ޚާއްސަ ޕްރޮގްރާމްތަކެއް އިސްލާމިކް މިނިސްޓްރީން ހިންގަނީ

241 ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ރެކޮމެންޑޭޝަންތަކާ ގުޅިގެން ފިޔަވަޅު އަޅާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 އޯގަސްޓު 2021 | ބުދަ 17:17
އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީ

ހަރުކަށި ފިކުރަށް ހޭލުންތެރިކަން އިތުރު ކުރުމާ ގުޅޭ ޚާއްސަ ޕްރޮގްރާމްތަކެއް އިސްލާމިކް މިނިސްޓްރީން ހިންގުމަށް ނިންމާފައިވާކަމަށް މެއި 6 ކޮމިޓީގެ މުޤައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެެރޭ އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޢަފީފް ވިދާޅުވީ، ކޮމިޓީގެ އެންމެ މުހިންމު މަސައްކަތަކީ, ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ބެއްލެވުމަށްފަހު އެ މައުލޫމާތުތައް ޤައުމީ މަޖިލީހާ ހިއްސާ ކުރެއްވުން ކަމަށެވެ. އެގޮތުން ނިމިދިޔަ ހަފްތާގައި ފުލުހުންނާ ބައްދަލު ކުރައްވައި، ތަހުގީގު ގޮސްފައިވާ ހިސާބު އޮޅުންފިލުވާފައިވާނެ ކަމަށާއި, އަދި އެ މައުލޫމާތުތައް ޤައުމީ މަޖިލީހާވެސް ހިއްސާ ކުރައްވާފައިވާނެކަން ޢަފީފް ފާހަގަ ކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، 241 ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ރެކޮމެންޑޭޝަންތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީއާވެސް ބައްދަލު ކުރައްވައި، ހަރުކަށި ފިކުރަށް މީހުން ލެނބެމުންދާ ދިއުން ހުއްޓުވުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް އޮޅުންފިލުވާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ. ބުދަ ދުވަހު އޮތް މި ބައްދަލު ކުރެއްވުމުގައި އިސްލާމިކް މިނިސްޓަރ ޑރ އަޙުމަދު ޒާހިރު ޙުސައިންވެސް ބައިވެރިވެވަޑައިގެންކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

ޢަފީފް ވިދާޅުވީ، އިސްލާމް ދީނުގައި ވަކި އުސޫލުތަކެއް އޮންނައިރު ވަކި މީހަކީ މަރަންޖެހޭ މީހެއްކަމަށް ދޭހަވާގޮތަށް ވާހަކަ ނުދެއްކޭނެކަން މި ބައްދަލުވުމުގައި މިނިސްޓްރީންވެސް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެކަންކަން ރައްޔިތުންނަށް އިތުރަށް ސާފު ކޮށްދިނުމަށް ޕްރޮގްރާމެއް ހިންގުމަށް މިނިސްޓްރީން ރާވާފައިވާކަމަށެވެ.

މެމްބަރު ވިދާޅުވީ، ބޮޑެތި ޖަރީމާތައް ހިންގާ މީހުން ޖަލަށް ލުމުން، ހަރުކަށި ފިކުރުގެ މީހުންނާ އެއްވެގެންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުންވެސް ހަރުކަށި ފިކުރު ފެތުރެމުންދާ ކަމަށެވެ. އަދި މިކަންކަން ހައްލު ކުރުމަށް އެމީހުން ރަނގަޅަށް މުޖުތަމައަށް ނެރުމާއި، ރިހެބިލިޓޭޓު ކުރުމުގެ މަސައްކަތް, ފުލުހުންގެ އިންޓެލިޖެންސްއާ ގުޅިގެން މިނިސްޓްރީން ކުރާނެކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި މިއީ ގޮންޖެހުންތަކެއް ހުރި ކަމެއްކަންވެސް, މިނިސްޓްރީއާ ހަވާލާދީ މެމްބަރު ވިދާޅުވިއެވެ.

ދީނުގެ ކަންކަން އޮންނަ ގޮތް ހާމަަކަން ބޮޑުކޮށް ރައްޔިތުންނަށް އެންގުމާއި ހޭލުންތެރިކަން އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ބަޖެޓުގެ ދަތިކަން އޮތްކަން މިނިސްޓްރީން މެއި 6 ކޮމިޓީއާ ވަނީ ހިއްސާކޮށްފައެވެ. އަދި ސްކޫލް ދައުރުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކަށްވެސް ޚާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް މަޝްވަރާ ކުރެވުނުކަން މެމްބަރު ފާހަގަ ކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، މި މަސައްކަތުގައި ބޭރުގެ އިލްމުވެރިންގެ އެހީވެސް ހޯއްދަވާނެ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއެމްޑީޕީ ޤައުމީ މަޖިލިސް

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްތިއުފާ ދެއްވައިފި
10 ނޮވެމްބަރު 2025

ރޭވުންތެރިކަމާއި އެކު އެމްޑީޕީގެ ބޮޑު އެއްވުމަށް ހުރަސް އަޅާ، އެއްވުމަށް ފުރުސަތު ނުދިނުމަށް ސަރުކާރުން މަސައްކަތް ކުރާތީ އެއްވުން ފަސްކޮށްފި

10 ނޮވެމްބަރު 2025
ރޭވުންތެރިކަމާއި އެކު އެމްޑީޕީގެ ބޮޑު އެއްވުމަށް ހުރަސް އަޅާ، އެއްވުމަށް ފުރުސަތު ނުދިނުމަށް ސަރުކާރުން މަސައްކަތް ކުރާތީ އެއްވުން ފަސްކޮށްފި
01 ސެޕްޓެމްބަރު 2025

މި ސަރުކާރުން ރާއްޖޭގެ ދުސްތޫރީ ނިޒާމް ހަލާކުކުރަމުން ގެންދާތީ ސިލްސިލާ ކޮށް މުޒާހަރާތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީން ގަރާރެއް ފާސްކޮށްފި

01 ސެޕްޓެމްބަރު 2025
މި ސަރުކާރުން ރާއްޖޭގެ ދުސްތޫރީ ނިޒާމް ހަލާކުކުރަމުން ގެންދާތީ ސިލްސިލާ ކޮށް މުޒާހަރާތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީން ގަރާރެއް ފާސްކޮށްފި
02 މެއި 2025

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ އާއްމު ރައްޔިތންގެ އަޑު ކަނޑުވާލުމަށް: ފައްޔާޒް

02 މެއި 2025
ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ އާއްމު ރައްޔިތންގެ އަޑު ކަނޑުވާލުމަށް: ފައްޔާޒް
02 އޮކްޓޯބަރު 2024

މާލީ ތަނަވަސްކަން ހޯދުމަށް އެމްޑީޕީން ރިއަލް އެސްޓޭޓުގެ ވިޔަފާރިއަށް ވަންނަން ނިންމައިފި

02 އޮކްޓޯބަރު 2024
މާލީ ތަނަވަސްކަން ހޯދުމަށް އެމްޑީޕީން ރިއަލް އެސްޓޭޓުގެ ވިޔަފާރިއަށް ވަންނަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު