Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީގެ އެތެރޭގެ ކޯޅުން

"މިއަދު އަޅުގަނޑު އެމްޑީޕީގެ މެމްބަރަކަށް ވެސް ނުވަނީތޯއޭ"

ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ހިފެހެއްޓުމަށް މަސައްކަތް ކުރައްވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 އޯގަސްޓު 2021 | ބުދަ 16:22
އެމްޑީޕީގެ ޕީޖީ ލީޑަރު ކަމުގައި ރައީސް ހުންނެވިއިރު އެމްޑީޕީން ކުރިއަށް ގެންދިޔަ ޙަރަކާތެއްގެ ތެރެއިން

އެމްޑީޕީގެ ޕީޖީ ލީޑަރު ކަމުގައި ރައީސް ހުންނެވިއިރު އެމްޑީޕީން ކުރިއަށް ގެންދިޔަ ޙަރަކާތެއްގެ ތެރެއިން

ރައީސް ސޯލިޙަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މެމްބަރެއްކަމާއިމެދުވެސް ޝައްކު އުފެދިފައިވާކަމަށް އެމްޑީޕީ ތެރޭގައި ދެކެވެމުންދާ ވާހަކައަށް އެމަނިކުފާނު ރައްދު ދެއްވައިފިއެވެ.

ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިޙު ވިދާޅުވީ، އެމަނިކުފާނަކީ ފެށުނީއްސުރެ އެމްޑީޕީގެ މެމްބަރެއް ކަމަށާއި، މިއަދުވެސް ހުންނެވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އެމްޑީޕީ އުފެއްދުމަށް ސޮއި ކުރެއްވި ފުރަތަމަ 40 މީހުންގެ ތެރެއިން ދެވަނައަށް ސޮއި ކުރެއްވީ އެމަނިކުފާނުކަން ރައީސް ސޯލިޙު ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސީ މަސައްކަތްޕުޅު ފެށިގެން އައީ އެމްޑީޕީން ކަމަށާއި، އެމަނިކުފާނު ދެމިހުންނަވާނީވެސް އެމްޑީޕީގައި ކަމަށެވެ. އަދި 2008ން ފެށިގެން ރައްޔިތުން ހޮވަމުން އައިސްފައިވަނީ ކޯލިޝަން ސަރުކާރެއް ކަމަށާއި، މިއަދުވެސް އޮތީ ކޯލިޝަން ސަރުކާރެއް ކަމަށެވެ. ވުމާއެކު އެމަނިކުފާނުވެސް ވެރިކަން ކުރައްވާނީ ކޯލިޝަން ސަރުކާރާއެކު ކަމަށް އެމަނިިކުފާނު ވިދާޅުވިއެވެ. އަދި މަޝްވަރާ ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަމުގައި ކޯލިޝަނާ މަޝްވަރާ ކުރައްވާނެ ކަމަށާއި، އެއީ ނުފޫޒެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ މިވަގުތު އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ޕާޓީ ބައިބައިވިޔަ ނުދިނުމަށް އަޅުއްވަން ޖެހިވަޑައިގަންނަވާ ހުރިހާ ފިޔަވަޅެއްވެސް އެމަނިކުފާނު އަޅުއްވާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އެގޮތުން ޕާޓީގެ އެތެރޭގައި ބައިބައިވުން އުފެދޭ ފަދަ ކަމެއް އައުމުން އެކަމެއް ޙައްލު ކުރައްވާނެކަން ފާހަގަ ކުރައްވައި ރައީސް ވަނީ ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީފް ދެއްކެވި ވާހަކައަށް ރައްދު ދެއްވާފައެވެ. އެގޮތުން ރައީސް ސޯލިޙު ނިސްބަތްވެވަޑައިގަންނަވާ ޕާޓީވެސް އޮޅިވަޑައިގެންފައިވާކަމަށް ދޭހަވާ މޭރުމަކުން މެމްބަރު އަފީފް ވާހަކަ ދައްކަވާފައިވާއިރު، ރައީސް ވިދާޅުވީ، އެފަދަ ވާހަކައެއް ދެއްކެވުމުން އެކަމުގެ ހަގީގަތް ބައްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، އެކަމާ ގުޅޭގޮތުން އެމްޑީޕީގެ ޗެއަރޕަރސަން ޙަސަން ލަތީފާއި، ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށްވެސް ގުޅުއްވި ކަމަށެވެ. އަދި މެމްބަރު އަފީފް ދެއްކެވި ވާހަކަތަކުގެ ހަގީގަތް ބައްލަވައިދެއްވުމަށް އެދިވަޑައިގަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ އެފަދަ ކަންކަން ޕާޓީގެ ތެރެއިން ވިޔަދީގެން ނުވާނެކަން ފާހަގަ ކުރައްވައި، ޕާޓީގެ ތެރޭގައި މައްސަލަތައް އުފެދޭ ގޮތްގޮތަށް ސީނިއަރ ލެވެލްގެ ބޭފުޅުން އަމަލު ކުރެއްވުން ރަނގަޅު ނޫންކަމަށް ވިދާޅުވެފައެވެ. އަދި މިއަދު އެމަނިކުފާނު އެމްޑީޕީ މެމްބަރަކަށްވެސް ނުވަނީތޯ ސުވާލު ކުރެއްވިކަން ރައީސްގެ ވާހަަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ރައީސް ވަނީ އެމްޑީޕީގެ އެތެރޭގެ ހަމަޖެހުން ޤާއިމުކޮށް، ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ހިފެހެއްޓުމަށް ކުރައްވަން ޖެހިވަޑައިގަތް ކޮންމެ ކަމެއް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައީސް ސޯލިހުރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު