Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތަށް ލިބުނު އާމްދަނީ

ޖުލައި 29ގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ

ލޯނު ރިޕޭމެންޓްގެ ގޮތުގައި 626.9 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 8 އޯގަސްޓު 2021 | އާދީއްތަ 16:02
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

ޖުލައި 29ގެ ނިޔަލަށް ދައުލަތަަށް އާމްދަނީގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސުން އާންމުކުރާ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި 29ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު 9.9 ބިލިއަން ރުފިޔާ އަކީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު 8.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.2 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މި އަހަރު ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބިފައި ވަނީ 7.5 ބިލިއަން ރުފިޔާއެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ޓެކުހުން ލިބުނު 6.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މި އަހަރުގެ މި މުއްދަތުގައި ދައުލަތަށް ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން 2.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ފާއިތުވި އަހަރުގެ މި މުއްދަތުގައި ޓެކްސް ނޫން އެހެނިހެން ގޮތް ގޮތުން ދައުލަތަށް ލިބިފައި ވަނީ 2.2 ބިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ރިސީޕްޓްގެ ގޮތުގައި 5.3 މިލިއަން ރުފިޔާ ލިބުނު އިރު، މި އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ރިސީޕްޓްގެ ގޮތުގައި ލިބިފައި ވަނީ 9 މިލިއަން ރުފިޔާއެވެ. އަދި މި އަހަރު ގްރާންޓްސްގެ ގޮތުގައި 87.2 މިލިއަން ރުފިޔާ ލިބުނު އިރު، ފާއިތުވި އަހަރު ގްރާންޓްސްގެ ގޮތުގައި 475.3 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މި އަހަރުގެ މިހާތަނަށް ސަރުކާރުން 15.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެއީ ރިކަރެންޓް އެކްސްޕެންޑިޗަރގެ ގޮތުގައި 11.6 ބިލިއަން ރުފިޔާ އާއި ކެޕިޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި 3.6 ބިލިއަން ރުފިޔާއެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ސަރުކާރުން ވަނީ ރިކަރެންޓް އެކްސްޕެންޑިޗަރގެ ގޮތުގައި 10.8 ބިލިއަން ރުފިޔާ އާއި ކެޕިޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި 4.8 ބިލިއަން ރުފިޔާ ހިމެނޭގޮތުން ޖުމްލަ 15.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ލޯނު ރިޕޭމެންޓްގެ ގޮތުުގައި މި އަހަރުގެ މިހާތަނަށް 626.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.6 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
25 ނޮވެމްބަރު 2025

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
13 ނޮވެމްބަރު 2025

ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!

13 ނޮވެމްބަރު 2025
ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!
06 ނޮވެމްބަރު 2025

ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި

06 ނޮވެމްބަރު 2025
ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި
05 ނޮވެމްބަރު 2025

މުއިއްޒު ބޭނުންވާ އަމިއްލަ ކުންފުނިތަކަކަށް ޕޮރޮޖެކްޓްތައް ބަހާލުން ބުރާސްފަތި ދުވަހު

05 ނޮވެމްބަރު 2025
މުއިއްޒު ބޭނުންވާ އަމިއްލަ ކުންފުނިތަކަކަށް ޕޮރޮޖެކްޓްތައް ބަހާލުން ބުރާސްފަތި ދުވަހު
05 ނޮވެމްބަރު 2025

ފަޒުލްގެ ކުންފުނިން ލޯންޗު ގަތުމަށް ސަރުކާރުން އިއުލާނު ކޮށްފި

05 ނޮވެމްބަރު 2025
ފަޒުލްގެ ކުންފުނިން ލޯންޗު ގަތުމަށް ސަރުކާރުން އިއުލާނު ކޮށްފި
30 އޮކްޓޯބަރު 2025

މި އަހަރުގެ ބަޖެޓަށް 7.7 ބިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް

30 އޮކްޓޯބަރު 2025
މި އަހަރުގެ ބަޖެޓަށް 7.7 ބިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު