Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޟްވާނު ގެއްލުވާލިތާ 7 އަހަރު

ރިޟްވާނުގެ މައްސަލައަށް އިންސާފު ނުލިބި 7 އަހަރު

8 އޯގަސްޓު 2021 | އާދީއްތަ 14:24

ހައްގު ބޭނުން ކުރުމުގައި ވަކި ހަމަތަކަކާއި އުސޫލުތަކެއް ހުންނަންޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 އޯގަސްޓު 2021 | އާދީއްތަ 14:24
ރަހީނުކޮށް މަރާލާފައިވާ ނޫސްވެރިޔާ އަޙުމަދު ރިޟްވާނު

ރަހީނުކޮށް މަރާލާފައިވާ ނޫސްވެރިޔާ އަޙުމަދު ރިޟްވާނު

ރަހީނުކޮށް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާނު ގެއްލުވާލިތާ 7 އަހަރު ފުރުމާ ގުޅިގެން އާއިލާގެ ފަރާތުން ރިޟްވާނުގެ ހަނދާނުގައި ޚާއްސަ ހަފްލާއެއް ކުރިއަށް ގެންގޮސްފިއެވެ.

ދައުލަތުގެ ބައެއް ވެރިންނާއި، މަޖިލިސް މެމްބަރުންގެ އިތުރުން، ރިޟްވާނުގެ އާއިލާއާއި ގާތް ރައްޓެހިން ބައިވެރިވި މި ހަފްލާ ކުރިއަށް ގެންދިޔައީ އާދީއްތަ ދުވަހު ޖޭޒް ކެފޭގައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރިޟްވާނުގެ ދައްތަ ފަޒްނާ ބުނީ، މި މައްސަލައިގައި ހެކިބަސް ދޭން ތިބި މީހުންނަށްވެސް އެކިކަހަލަ ގޮންޖެހުންތައް ހުރުމުން އެމީހުން ހެކިބަސް ދޭން ޖެހިލުންވާ ކަމަށެވެ. އަދި ހަނު ހުރުމުގެ ހައްގަކީ ޤާނޫނުގެ ދަށުން ލިބިދޭ ހައްގެއް ނަމަވެސް، އެ ހައްގު ބޭނުން ކުރުމުގައި ވަކި ހަމަތަކަކާއި އުސޫލުތަކެއް ހުންނަންޖެހޭކަން އޭނާ ފާހަގަކުރިއެވެ.

Advertisement - newsAdvertisement

ފަޒްނާ އެހެން ވިދާޅުވެފައިވާއިރު، ރިޟްވާނުގެ މައްސަލައިގައި ތަކުރާރުކޮށް މަރު ކޮމިޝަނުން ސުވާލު ކުރުމުންވެސް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ހަނު ހުންނެވުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔާފައެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރ މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވީ، ރިޟްވާނު ގެއްލުވާލިތާ 7 އަހަރުވެފައިވާއިރު، މި މައްސަލައަށް އަދިވެސް އިންސާފު ލިބިފައިނުވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި މި މައްސަލާގައި އިންސާފު ހޯދައިދިނުމަށް ރިޟްވާނުގެ އާއިލާއިން ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގައި އެފަދައިން ހިނގަމުންދާ ނޭއްގާނީ އެތައް ކަމެއް ތިލަވަމުންދާ ކަމަށެވެ.

ވައްޑެ ވިދާޅުވީ، މީގެ ކުރިން ހައްޔަރު ކޮށްފާނެ ކަމުގެ ބިރު އޮންނައިރު، ހައްޔަރުކުރަން އަންނާނީ ދައުލަތުގެ މުވައްޒަފެއްކަން ޔަގީން ކުރެވޭ ކަމަށެވެ. ނަމަވެސް މިއަދު އެފަދަ ކަމެއް ހިނގާނީ އަދި ހަމަލާއެއް އަމާޒުވާނީ ކާކުގެ ފަރާތުންކަން އަންދާޒާވެސް ނުކުރެވޭކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙުމޫދާއި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ ރިޟްވާނުގެ ބައެއް ހަނދާންތައް ހިއްސާ ކުރައްވައި، މި މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެގޮތުން އިންތިގެ ވާހަކައިގައި ވަނީ މި މައްސަލަ އެންމެ ރަނގަޅަށް ތަހުގީގު ކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމުކަމަށް ވިދާޅުވެފައެވެ.

ރިޟްވާން މަރާލުމުގައި ދީނީ ހަރުކަށި މީހުން ހިމެނޭ ކަމަށާއި އެކަމުގައި ފުލުހުންގެ ބައިވެރިވުން ހިމެނޭކަމަށް މަރު ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުއެވެ. މި މައްސަލައަށް 7 އަހަރު ވެފައިވާއިރު، އެކަމަށް އިންސާފު ހޯދައިދީ, މި ނުބައި އަމަލުތަކުގައި ބައިވެރިވި މީހުން ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް އަދިވެސް އާއިލާއިން ދަނީ ގޮވާލަމުންނެވެ.

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންމަރު ކޮމިޝަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

22 މެއި 2024

މަރު ކޮމިޝަންގެ ހޯދުންތައް އާންމުކުރާނެކަމަށް ރައީސް އޮފީހުން ބުނެފި

22 މެއި 2024
މަރު ކޮމިޝަންގެ ހޯދުންތައް އާންމުކުރާނެކަމަށް ރައީސް އޮފީހުން ބުނެފި
14 މެއި 2024

ބައެއް މައުލޫމާތު އުނިކުރުމަށްފަހު ރިޕޯޓްތައް އާންމުކުރާނެކަމަށް މަރު ކޮމިޝަނުން ބުނެފި

14 މެއި 2024
ބައެއް މައުލޫމާތު އުނިކުރުމަށްފަހު ރިޕޯޓްތައް އާންމުކުރާނެކަމަށް މަރު ކޮމިޝަނުން ބުނެފި
14 މެއި 2024

މަރު ކޮމިޝަންގެ ހޯދުންތައް އާންމުނުކުރުމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް އަންގައިފި

14 މެއި 2024
މަރު ކޮމިޝަންގެ ހޯދުންތައް އާންމުނުކުރުމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް އަންގައިފި
28 ނޮވެމްބަރު 2023

ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކުގެ ތަހުގީގީ ރިޕޯޓުތައް އާންމުކުރުމަށް ގޮވާލައިފި

28 ނޮވެމްބަރު 2023
ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކުގެ ތަހުގީގީ ރިޕޯޓުތައް އާންމުކުރުމަށް ގޮވާލައިފި
22 ނޮވެމްބަރު 2023

އިސޫ އާއި މުއާޒްގެ މައްސަލަ ވެސް ކޯޓުން ބޭރުކޮށްލައިފި

22 ނޮވެމްބަރު 2023
އިސޫ އާއި މުއާޒްގެ މައްސަލަ ވެސް ކޯޓުން ބޭރުކޮށްލައިފި
22 ޖޫން 2023

ޔާމީނާއި ރިލުވާންގެ މައްސަލަ: އަހަނދު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި

22 ޖޫން 2023
ޔާމީނާއި ރިލުވާންގެ މައްސަލަ: އަހަނދު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި
16 ޑިސެމްބަރު 2022

ރިޟްވާންގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހުން ދޫކޮށްލުމުގައި ބައިވެރިވި ފަނޑިޔާރުންނާއި ސިޔާސީ މީހުންގެ ނަން ކޮމިޝަންގެ ރިޕޯޓުގައި ހިމެނޭ

16 ޑިސެމްބަރު 2022
ރިޟްވާންގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހުން ދޫކޮށްލުމުގައި ބައިވެރިވި ފަނޑިޔާރުންނާއި ސިޔާސީ މީހުންގެ ނަން ކޮމިޝަންގެ ރިޕޯޓުގައި ހިމެނޭ
16 ޑިސެމްބަރު 2022

ރިޟްވާންގެ މަރު ފުލުހުންނަށް ހުއްޓުވެން އޮތް - ރިޕޯޓް

16 ޑިސެމްބަރު 2022
ރިޟްވާންގެ މަރު ފުލުހުންނަށް ހުއްޓުވެން އޮތް - ރިޕޯޓް
16 ޑިސެމްބަރު 2022

"ރިޕޯޓުގައި ހިމެނޭ ކަންކަމާއި ގުޅިގެން ފިޔަވަޅުތައް އަޅާނެ"

16 ޑިސެމްބަރު 2022
"ރިޕޯޓުގައި ހިމެނޭ ކަންކަމާއި ގުޅިގެން ފިޔަވަޅުތައް އަޅާނެ"
16 ޑިސެމްބަރު 2022

ރިޟްވާނުގެ މަރުގެ މައްސަލަ: ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ރައީސް ޔާމީނާއެކު ރަސްމީ ހަރަކާތްތަކުގައި

16 ޑިސެމްބަރު 2022
ރިޟްވާނުގެ މަރުގެ މައްސަލަ: ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ރައީސް ޔާމީނާއެކު ރަސްމީ ހަރަކާތްތަކުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް