Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައިޑްލައިންތައް ތަންފީޒު ކުރުން

މިހާރު އެކުލަވާލާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރާނަމަ ކޭސް އިތުރެއްނުވާނެ: އެޗްއީއޯސީ

ރައްކާތެރިވުމަށް ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރަން ޖެހޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 7 އޯގަސްޓު 2021 | ހޮނިހިރު 06:46
ކޮވިޑް-19ގެ ތިން ވަނަ ރާޅާއެކު ސަލާމަތީ ބާރުތަކުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ މަސައްކަތުގެ ތެރެއިން

ކޮވިޑް-19ގެ ތިން ވަނަ ރާޅާއެކު ސަލާމަތީ ބާރުތަކުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ މަސައްކަތުގެ ތެރެއިން

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިން ނަމަވެސް މިހާރު އެކުލަވާލާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރާނަމަ ކޭސްތައް އިތުރުވެގެންނުދާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ) ބުނެފިއެވެ.

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19ގެ ހާލަތު ރަނގަޅުވަމުންދާ މިންވަރަށް ބަލާ ލުއިތައް ދެމުންދާ ކަމަށެވެ. ނަމަވެސް ބަލިން ރައްކާތެރިވުމަށް ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރަން ޖެހޭނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އެގޮތުން އިޖްތިމާއީ ގައިދުރުކަމާއި، މާސްކް އެޅުންފަދަ ކަންކަންކަމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައިވެއެވެ. ޑރ.ނަޒްލާ ވިދާޅުވީ މިކަންކަން މޮނިޓަރ ކުރަމުންދާނެ ކަމަށާއި، ތަންފީޒީ އިދާރާތަކާއެކު ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އިންސްޕެކްޝަންގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ މިހާރު އެކުލަވާލާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ޚިދުމަތްދޭ މީހުންނާއި ޚިދުމަތް ހޯދާ މީހުން ވެސް މިފިޔަވަޅުތައް ތަންފީޒު ކުރަން ޖެހޭ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ތިންވަނަ ރާޅާއެކު ގިނަ ތަކުލީފުތަކެއް ހުރިހާ ރައްޔިތުންނަށް އުފުލަން ޖެހުނުކަން ފާހަގަކުރައްވައި ޑރ.ނަޒްލާ ވިދާޅުވީ އެހާލަތަށް ނުދިއުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މިހާރު ހަދާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ގިނަ މީހުން އަމަލުކޮށްފިނަމަ ކޭސްތައް އިތުރު ވެގެންނުދާނެ ކަމަށާއި، ވަކި ވަރެއްގައި ހިފެހެއްޓިފައި ހުންނާނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ނަމަވެސް ގައިޑްލައިންތަކާ އެއްގޮތަށް އަމަލުނުކޮށް ކަންކަން ދޫކޮށްލައިފިނަމަ ކޭސްތައް ކުއްލިއަކަށް އިތުރުވެގެންދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މީގެ ކުރިން ކަންކަން ހިނގާފައިވަނީ އެގޮތަށް ކަމަށާއި، ކޭސްތައް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކުން ގެއްލުން ލިބިގެންދަނީ ރައްޔިތުންނަށް ކަމަށެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)

އިތުރަށް ކިޔާލަން

23 އެޕްރީލު 2022

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެމަނިކުފާނު ނެތް ނަމަ މި ގައުމު އިދަޖެހޭނެކަން

23 އެޕްރީލު 2022
ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެމަނިކުފާނު ނެތް ނަމަ މި ގައުމު އިދަޖެހޭނެކަން
23 ފެބުރުއަރީ 2022

މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓްތަކާއި، ސިނާއީ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަމަލުކުރާނެގޮތް އާންމުކޮށްފި

23 ފެބުރުއަރީ 2022
މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓްތަކާއި، ސިނާއީ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަމަލުކުރާނެގޮތް އާންމުކޮށްފި
23 ފެބުރުއަރީ 2022

އެއްރަށުން އަނެއް ރަށަށް ދާއިރު، ވެކްސިން ފުރިހަމަ ނުވާނަމަ ޓެސްޓް ހަދަންޖެހޭނެ

23 ފެބުރުއަރީ 2022
އެއްރަށުން އަނެއް ރަށަށް ދާއިރު، ވެކްސިން ފުރިހަމަ ނުވާނަމަ ޓެސްޓް ހަދަންޖެހޭނެ
23 ފެބުރުއަރީ 2022

ކޮވިޑް-19 އާއި ގުޅިގެން ރަށްރަށް މޮނިޓަރިންގ ޙާލަތަށް ގެނައުމުގެ އުޞޫލަށް ބަދަލު ގެނެސްފި

23 ފެބުރުއަރީ 2022
ކޮވިޑް-19 އާއި ގުޅިގެން ރަށްރަށް މޮނިޓަރިންގ ޙާލަތަށް ގެނައުމުގެ އުޞޫލަށް ބަދަލު ގެނެސްފި
12 ފެބުރުއަރީ 2022

މާލެ ސަރަހައްދުން ނަގާ ސާމްޕަލްތަކުގެ އަދަދު މަދުވެ، ކޭހުގެ އަދަދު ދަށްވެއްޖެ

12 ފެބުރުއަރީ 2022
މާލެ ސަރަހައްދުން ނަގާ ސާމްޕަލްތަކުގެ އަދަދު މަދުވެ، ކޭހުގެ އަދަދު ދަށްވެއްޖެ
11 ފެބުރުއަރީ 2022

އިތުރު 1406 މީހުން ޕޮޒިޓިވްވެއްޖެ

11 ފެބުރުއަރީ 2022
އިތުރު 1406 މީހުން ޕޮޒިޓިވްވެއްޖެ
07 ފެބުރުއަރީ 2022

އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދު 60ށް

07 ފެބުރުއަރީ 2022
އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދު 60ށް
06 ފެބުރުއަރީ 2022

ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ދޮޅުލައްކައަށް އަރައިފި

06 ފެބުރުއަރީ 2022
ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ދޮޅުލައްކައަށް އަރައިފި
26 ޖެނުއަރީ 2022

ބުދަ ދުވަހު 2805 މީހުން ބަލިން ރަނގަޅުވެއްޖެ

26 ޖެނުއަރީ 2022
ބުދަ ދުވަހު 2805 މީހުން ބަލިން ރަނގަޅުވެއްޖެ
25 ޖެނުއަރީ 2022

ރެކޯޑް އަދަދަކާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 120،000ށް

25 ޖެނުއަރީ 2022
ރެކޯޑް އަދަދަކާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 120،000ށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު